އިޒްރޭލުގައި ހައްޔަރު ކުރި ޕާލަމެންޓު މެމްބަރު އުރުދުންއަށް ފޮނުވާލައިފި

އިޒްރޭލުގައި ހައްޔަރު ކުރި އުރުދުންގެ ޕާލަމެންޓް މެމްބަރު އިމާދް އަލް އަދްވާން. -- ފޮޓޯ: އެމްއެމް ނިއުސް

އިޒްރޭލުގައި ހައްޔަރު ކުރި އުރުދުންގެ ޕާލަމެންޓް މެމްބަރު އިމާދް އަލް އަދްވާން. -- ފޮޓޯ: އެމްއެމް ނިއުސް

ގުދުސް (މޭ 7) - ހުޅަނގު އައްސޭރިއަށް ހަތިޔާރާއި ރަން ވަގަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި އިޒްރޭލުން ހައްޔަރު ކުރި އުރުދުންގެ ޕާލަމެންޓު މެމްބަރު އުރުދުންއަށް ފޮނުވާލައިފި އެވެ.

އިމާދް އަދްވާން ހައްޔަރު ކުރީ އެޕްރީލް 22 ވަނަ ދުވަހު އުރުދުން އާއި ހުޅަނގު އައްސޭރިއާ ދެމެދު އޮންނަ ކިންގް ހުސެން ކްރޮސިން ހިސާބުންނެވެ. އެ ތަން ބަލަހައްޓަނީ އިޒްރޭލުންނެވެ.

އިޒްރޭލުގެ ސެކިއުރިޓީ ފައުޖުން ބުނީ އޭނާގެ ކާރުން 12 ރައިފަލް އާއި 194 ފިސްތޯލަ ފެނުނު ކަމަށެވެ. އިޒްރޭލުން އޭނާއާ ދެކޮޅަށް ދައުވާ ނުކޮށް، ނިންމީ އުރުދުންއާ ހަވާލުކުރުމަށެވެ.

އުރުދުންގެ ޕެޓްރާ ނިއުސް އެޖެންސީއިން ބުނީ އެ ގައުމުގެ ސްޓޭޓް ސެކިއުރިޓީ ކޯޓަށް އަދްވާން ހާޒިރުކޮށް ޝަރީއަތް ހިންގާނެ ކަމަށެވެ. އެ މައްސަލައިގައި ޝާމިލްވާ ކަމަށް ބެލެވޭ ބަޔަކު ވަނީ އިއުތިރާފުވެފަ އެވެ.

އިޒްރޭލުން އަދްވާން އުރުދުންއަށް ފޮނުވާލަން ނިންމުމާ އެކު އުރުދުންގެ ޕާލަމެންޓުން ނިންމީ ޕާލަމެންޓު މެމްބަރުންނަށް ލިބިދޭ ހާއްސަ ގާނޫނީ އިމްތިޔާޒް އޭނާއަށް ނުލިބޭ ގޮތް ހެދުމަށެވެ. އެއާއެކު، ތުހުމަތު ކުރެވޭ މައްސަލަތަކުގައި އޭނާއާ ދެކޮޅަށް ތަހުގީގުކޮށް ދައުވާ ކުރެވޭނެ އެވެ.

އިޒްރޭލުގެ ޖާސޫސީއ އިދާރާއިން ބުނީ ފެބްރުއަރީ 2022 އިން ފެށިގެން 12 ފަހަރެއްގެ މަތިން އަދްވާން ވަނީ އެކި ތަކެތި ވަގަށް ހުޅަނގު އައްސޭރިއަށް އެތެރެކޮށްފައި ކަމަށެވެ.

ފައިސާގެ ދަހިވެތިކަމުގައި ހަތިޔާރު ވަގަށް އުފުލަން ފެށީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އުމުރުން 35 އަހަރުގެ އަދްވާންއަކީ އުރުދުންގެ ޕާލަމެންޓުގައި އޮންނަ ފަލަސްތީނުގެ ކަންކަމާ ބެހޭ ކޮމިޓީގެ މެމްބަރެކެވެ.

ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ގާނޫނާ ހިލާފަށް ވެރިކޮށްގެން އުޅޭ ފަލަސްތީނުގެ ބިމެކެވެ. އުރުދުންއިން އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 1994 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox