އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: އެފްއެސްއެމް އަށް ދިރުމެއް

May 7, 2023, 5:41 AM
ރޭގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އެފްއެސްއެމްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރޭގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އެފްއެސްއެމްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި ރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަތުން މޮޅުވެ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މުބާރާތުގައި ކުރިއަށްދިއުމަށް މުހިންމު ކާމިޔާބެއް ހޯދައިފި އެވެ.

ފުރަތަމަ މެޗުން ތިން ސެޓުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) އަތުން ބަލިވި އެފްއެސްއެމް އިން ރޭ ވަނީ ކަރެކްޝަން ކައިރީގައި މޮޅަށް ކުޅެ، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 25-23، 25-16 އަދި 25-22 އިންނެވެ.

ހުޅުމާލޭ ޕާކް ވެލި ކޯޓުގައި ކުރިއަށްދާ އޮފީސް މުބާރާތުގައި ރޭ އެފްއެސްއެމް މޮޅުކޮށްދޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) އާއި އެޓޭކަރު ހަސަން ނިލާމް (ޕާޓޭ) އެވެ. އެ ޓީމުގައި ދެން ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި، ޒުވާން ކުޅުންޔެރިޔާ މާއިދު މުހައްމަދު ހަލީލް (މާއިދު ލޯންގޭ) އާއި ޕާކިސްތާންގެ މުބައްޝަރު ރަޒާ ހިމެނެ އެވެ.

އެފްއެސްއެމްގެ ޕާޓޭ ރޭގެ މެޗުގެ ތެރެއިން ޝޮޓެއް ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހަތަރު ޓީމު ވާދަކުރާ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވި ސިފައިންނެވެ. ދެ ވަނައިގައި އޮތް އެފްއެސްއެމް އާއި ވެމްކޯ އަށް ވެސް ވަނީ މޮޅެއް ލިބިފަ އެވެ. ދެ މެޗުން ވެސް ބަލިވި ކަރެކްޝަން އަށް މިހާރު ވަނީ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ އަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ ސްޓެލްކޯ އާއި އާބަންކޯއާ ބައްދަލުކުރި މެޗު ވަނީ ދެ ވަނަ ސެޓާ ހަމައިން ހުއްޓާލަން ޖެހިފަ އެވެ. އެއީ އިއްޔެ ހަވީރު ކުރި ވިއްސާރައިގެ ސަބަބުންނެވެ. މެޗު ހުއްޓާލިއިރު ފުރަތަމަ ސެޓު އާބަންކޯ އިން އޮތީ ގެންގޮސްފަ އެވެ. އެކަމަކު، ދެ ވަނަ ސެޓު ފަށައިގެން ހުއްޓާލަން ޖެހުނުއިރު، ލީޑުގައި އޮތީ ސްޓެލްކޯ އެވެ.

އާބަންކޯ އާއި ސްޓެލްކޯ އަކީ ފަސް ޓީމު ވާދަކުރާ ގްރޫޕްގެ އެންމެ ކުރީގައި އޮތް ދެ ޓީމެވެ. މި ދެ ޓީމު ކުޅޭ މެޗު އަލުން ރީ ޝެޑިއުލްކޮށްފައިވަނީ މިއަދު ކުޅޭ ތިން ވަނަ މެޗުގެ ގޮތުގަ އެވެ. މި މެޗު ފަށާނީ 22:00ގަ އެވެ. އޭގެ ކުރިން އޮތީ، މިއަދު ހަވީރު، 16:30 ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ކުޅޭ މެޗާއި މިރޭ 20:00 ޖަހާއިރު، ސިފައިންނާއި ކަރެކްޝަންސް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox