އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: ސިފައިން ސެމީގެ ފުރުސަތު ބޮޑުކުރިއިރު، އެމްޕީއެލަށް ފުރަތަމަ މޮޅު

May 6, 2023, 5:24 AM
ސިފައިންގެ ޓީމުގެ ރަޒާން އިއްޔެގެ މެޗުގައި ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ؛ އަބްދުﷲ އިޔާން/ އަދަދު

ސިފައިންގެ ޓީމުގެ ރަޒާން އިއްޔެގެ މެޗުގައި ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ؛ އަބްދުﷲ އިޔާން/ އަދަދު

އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) އިން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކުރިއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފުރަތަަމަ މޮޅު ހޯދައިފި އެވެ.

ހަތަރު ޓީމު ހިމެނޭ ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު އޮތީ ދެ މެޗުވެސް ކާމިޔާބުކުރި އެމްއެންޑީއެފް އެވެ. ދެ ވަނައިގައި ވެމްކޯ އޮތްއިރު، ފުލުގައި އޮތް ދެ ޓީމު ކަމަށްވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވި އާބަންކޯ އެވެ. ދެ ވަނަގައި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި ސްޓެލްކޯ އޮތްއިރު، އެއް މެޗު ކުޅެ އެ މެޗު ކާމިޔާބުކުރި ޕޮލިސް އޮތީ ތިން ވަނައިގަ އެވެ. އެމްޕީއެލު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފައިވާއިރު، ފުލުގައި އޮތް އެއާޕޯޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު އެމްއެންޑީއެފް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ވަދުގަދަކޮށް މި މުބާރާތަށް ތައްޔާރުވި ވެމްކޯގެ އަތުން ފުރަތަމަ ދެ ސެޓު އެމްއެންޑީއެފުން ހޯދީ 25-20 އިންނެވެ. ފަހު ސެޓު ހޯދީ 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްއެންޑީއެފްގެ ސްރީ ލަންކާ ކުޅުންތެރިޔާ ކަވިޝްކަ މަދުޝަންކާ ވަނީ ބާރު ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

އަނިޔާގެ ސަބަބުން ވެމްކޯ ޓީމުގެ ޖަވާމް އަލީ އަށް އިއްޔެ މެޗުގައި ނުކުޅެވެ އެވެ. އަދި ވެމްކޯގެ ސެޓަރު، އަހުމަދު ޝިމާއު ވެސް މި މެޗުގައި ނުފެނެ އެވެ.

ރޭ ކުޅުނު މެޗު، އެމްޕީއެލް އިން ކާމިޔާބުކުރީ އެއާޕޯޓްސް އާ ވާދަކޮށް 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު އެމްޕީއެލް އިން ކާމިޔާބުކުރީ 25-20 އަދި 25-14 އިންނެވެ. ޖެހިގެން އައި ސެޓު ވާދަވެރި ކުޅުމަކަށް ފަހު 27-29 އިން އެއާޕޯޓުން ހޯދި އެވެ. ނަމަވެސް، އަޝްފާގު އާދަމް (އައްކަޅޭ) އާއި އަލީ އާމިރު (ދިގު އައްޔަ)ގެ މޮޅު ކުޅުމާ އެކު އެމްޕީއެލުން 25-19 އިން ޖެހިގެން އައި ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކުރި އެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އާބަންކޯ އާއި ސްޓެލްކޯ އެވެ. މިރޭ ކުޅޭނީ އެފްއެސްއެމް ނުކުންނާނީ ކަރެކްޝަންސް އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox