އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: އެމްޕީއެލް ބަލިކޮށް ސްޓެލްކޯ ސެމީގެ އުންމީދުގައި

May 5, 2023, 6:41 AM
އެމްޕީއެލް ކުުޅުންތެރިއަކު ކައިރިން ސްޓެލްކޯގެ ކޯކޭ (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޕީއެލް ކުުޅުންތެރިއަކު ކައިރިން ސްޓެލްކޯގެ ކޯކޭ (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަތުން ސީދާ ތިން ސެޓުން މޮޅުވެ، ސްޓެލްކޯ އިން ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭއިރު، ސްޓެލްކޯ އިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެއީ ފުރަތަމަ މެޗުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އިއްޔެ ހަވީރު އެމްޕީއެލް އަތުންނެވެ. ސްޓެލްކޯ ބަލިވީ މޯލްޑިވްސް ޕޮލިސް ސާވިސް އަތުންނެވެ.

އިއްޔެ ހަވީރު ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި ވިއްސާރައިގެ ތެރޭގައި ކުޅެން ޖެހުނު މެޗުން އެމްޕީއެލް އަތުން ސްޓެލްކޯ ކުރި ހޯދީ 27-25، 26-24 އަދި 25-23 އިންނެވެ.

ސްޓެލްކޯގެ ކުޅުންތެރިން އިއްޔެގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮންމެ ސެޓެއް ވެސް ފޯރިގަދަކޮށް ނިމުނު މި މެޗުގައި، ސްޓެލްކޯ މޮޅުކޮށްދޭން އެންމެ އިސް ރޯލެއް އަދާކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ގަގަންދީޕް ސިންގް އެވެ.

ގްރޫޕް އޭގައި ރޭ ކުޅެން އޮތް ޕޮލިހާއި އާބަންކޯ ބައްދަލުކުރާ މެޗު ވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފަ އެވެ. އާބަންކޯ އިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެއީ އެމްއޭސީއެލް އާއި އެމްޕީއެލް އަތުންނެވެ. ޕޮލިސް ވެސް ވަނީ އެ ޓީމު ކުޅުނު މެޗުން، ސްޓެލްކޯ އަތުން މޮޅުވެފަ އެވެ. އާބަންކޯ އާއި ޕޮލިހަކީ މި ގްރޫޕުން ސެމީގެ ޖާގަ އަށް އެންމެ ބޮޑަށް މަސައްކަތް ކުރާނެ ދެ ޓީމެވެ.

މުބާރާތުގައި މިއަދު ހަވީރު އޮތީ ގްރޫޕް ބީގައި ވެމްކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކުޅޭ މެޗެވެ. އެ މެޗު ފަށަން އޮތީ 16:30 ގަ އެެވެ. މިރޭ ކުޅޭ މެޗުގައި އެމްއޭސީއެލް ކުޅޭނީ އެމްޕީއެލްއާ އެވެ. އެ މެޗު ފަށަން ޝެޑިއުލްކޮށްފައިވަނީ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox