އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް: އާބަންކޯގެ ވަރުގަދަ ފެށުން ކުރިއަށް، ވެމްކޯ އަށް މޮޅެއް

May 4, 2023, 5:01 AM
ވެމްކޯ ޓީމުގެ ހުސެއިން ޔޫސުފް (މ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯ ޓީމުގެ ހުސެއިން ޔޫސުފް (މ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި އާބަންކޯ އިން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ވަރުގަދަ ފެށުމާ އެކު ކުރިއަށްދިޔައިރު، ވެމްކޯ އިން ކަރެކްޝަނަލް ސާވިސް އަތުން މޮޅުވެ، ވެމްކޯ އިން މޮޅަކުން މުބާރާތް ފަށައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުން އާބަންކޯ ވަނީ ސީދާ ތިން ސެޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަތުން ބަލިވެފަ އެވެ. އެމްއޭސީއެލް ވަނީ ފުރަތަމަ މެޗުން ސްޓެލްކޯ އަތުން ވެސް ބަލިވެފަ އެވެ. އާބަންކޯ އިން ފުރަތަމަ މެޗުގައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަތުން މޮޅުވެފަ އެވެ.

އާބަންކޯ އިން އިއްޔެގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-16، 25-13 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން އެވެ.

އޮފީސް މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އާބަންކޯ ޓީމަށް އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

މުބާރާތުގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ކަރެކްޝަންސް ބަލިކުރީ 3-1 ސެޓުންނެވެ. ގައުމީ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ހިމެނޭ ވެމްކޯ ޓީމުން 25-20، 25-22 އިން ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނިކޮށް، ކަރެކްޝަންސް އިން ވަނީ ތިން ވަނަ ސެޓު، 17-25 އިން ގެންގޮސް، އުންމީދެއް ހޯދައިފަ އެވެ. އެހެން ނަމަވެސް ހަތަރު ވަނަ ސެޓު، 25-19 އިން ގެންގޮސް، ވެމްކޯ މެޗުން މޮޅުވީ އެވެ. މުހިންމު ވަގުުތުތަކުގައި ތަފާތު ދައްކައި، ވެމްކޯ އަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން އިންޑިއާގެ ވިނީތު ކުމާރް އަކީ މި މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ.

މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ސްޓެލްކޯ ބައްދަލުކުރާނީ އެމްޕީއެލްއާ އެވެ. އަދި މިރޭ 20:30 ގައި ޕޮލިސް ކުޅޭނީ އާބަންކޯއާ އެވެ. ޕޮލިސް ކުޅުނު ފުރަތަމަ މެޗުން ވަނީ ސްޓެލްކޯ ބަލިކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox