ނިޒާމްބެ، ސުޒޭން އަދި އިންމަ އަށް ކޯޗިންގެ ޕްރޯ ލައިސަންސް ލިބިއްޖެ

May 3, 2023, 5:59 AM
ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަނީ ޕްރޯ ލައިންސަންސް ހާސިލްކުރި އިންމަ (ކ)، ނިޒާމްބެ (މ) އަދި ސުޒޭން އަށް ހާއްސަ ފިލައެއް ހަދިޔާކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަނީ ޕްރޯ ލައިންސަންސް ހާސިލްކުރި އިންމަ (ކ)، ނިޒާމްބެ (މ) އަދި ސުޒޭން އަށް ހާއްސަ ފިލައެއް ހަދިޔާކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިޒާމް (ނިޒާމްބެ)، އަލީ ސުޒޭން އަދި އިސްމާއިލް މަހްފޫޒް (އިންމަ) އަށް ކޯޗިންގެ އެންމެ މަތީ ފާސް ކަމަށްވާ ޕްރޯ ލައިސަންސް ލިބިއްޖެ އެވެ.

މިއާ އެކު ރާއްޖޭގައި ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗުންގެ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ. މީގެ ކުރިން ޕްރޯ ލައިސަންސް ހާސިލްކުރީ މުހައްމަދު ޝާޒްލީ (ޝާޒް) އާއި މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ރާއްޖޭގެ ފަސް ކޯޗަކު މި ހާސިލްކުރި، އޭއެފްސީ ޕްރޯ ލައިސަންސް އަކީ ދުނިޔޭގެ އެންމެ މޮޅެތި ކޯޗުން ހޯދާފައިވާ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ފާހެކެވެ. މިއީ ކޯޗިންގެ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މި ވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސް އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ތިން އަހަރު ކުރިން 2020 ވަނަ އަހަރު ވަނީ ރާއްޖޭގައި ޕްރޯ ލައިސަންސް ހާސިލްކުރާ ކޯޗުންގެ ނިސްބަތް އިތުރު ކުރަން މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެންމެ ފަހުން ޕްރޯ ލައިސަންސް ހޯދި އިންމަ އާއި ސުޒޭން އަދި ނިޒާމްބެ އަށް އެ ކަމުގެ ޝަރަފްގައި ދިން ފިލާ ހަދިޔާކުރެއްވީ ރޭ ބޭއްވި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެެއިންނެވެ.

Advertisement

ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު ސުޒެއިން އަށް އެފްއޭއެމްގެ ރައީސް ބައްސާމް ހަނދާނީ ފިލާ ހަވާލުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު ސުޒޭން، އެންމެ ފުރަތަމަ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެށިއިރު 2002 ވަނަ އަހަރު ވިކްޓަރީން ތަށި މިލްކުކުރިއިރު އޭނާ ކޯޗިންގައި މުހިއްމު ދައުރެއް އަދާކުރި އެވެ. ފަހުން ހެޑްކޯޗުކަމާ ހަވާލުވެ އެ ޓީމަށް ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ވެސް ހުރި ސުޒޭން 2012 ވަނަ އަހަރަށް ފަހު ވިކްޓަރީން ވަކިވެ އެފްއޭއެމުގައި ވެސް މަސައްކަތްކުރި އެވެ. އޭނާ ކޯޗިންގެ ތެރެއަށް އެނބުރި އައީ 2014 ވަނަ މާޒިޔާއާ އެކު އެވެ. ސުޒޭން ވަނީ މާޒިޔާ އަށް 2016 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ މާޒިޔާގެ އެންމެ ކާމިޔާބު ކޯޗަށެވެ. އޭގެ ފަހުން ސުޒޭން ފެނުނީ ވިކްޓްރީ އާއި ގދ. ތިނަދޫ އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ބެންޗުންނެވެ. މި ވަގުތު ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ.

ޕްރޯ ލައިސަންސް ހޯދި ކޯޗު އިންމަ (ވ) އަށް އެފްއޭއެމްގެ ރައީސް ބައްސާމް ފިލާ ހަވާލުކުރައްވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ވަގުތު ދިވެހި ފުޓްބޯޅައިގެ އެންމެ އިސް ފަޑީގައި އޮތް، މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފެށި އިރުއްސުރެން އެ ޓީމަށްވ އެންމެ ދިގު މުއްދަތަކަށް ކޯޗުކޮށްދިނީ އިންމަ އެވެ.

ކާމިޔާބީ އަށް ބަލާއިރު މާޒިޔާގައި އިންމަގެ ހަމައެކަނި ކާމިޔާބަކީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ. އިންމަ މާޒިޔާ ދޫކޮށްލީ 2014 ވަނަ އަހަރު ކުރީކޮޅުގަ އެެވެ. އިންމަ ފަހުން ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށްފަ އެވެ. އޭރު ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުއްލި އެވެ. އޭގެ ތެެރެއިން އެއް ފަހަރަކީ ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗެކެވެ.

އިންމަ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގެ ފަހު ކޮޅުގައި އަލުން މާޒިޔާއާ ހަވާލުވި ގޮތަށް 2018 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދިން އިންމަ މި ވަގުތު ހުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗަކަށެވެ.

ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު ނިޒާމްބެ (ވ) އަށް އެފްއޭއެމްގެ ރައީސް ބައްސާމް ހަނދާނީ ފިލާ ހަދިޔާ ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިލިނގިލީ ވިޔަންސާ އާއި ލ. ކަޅައިދޫ ފަދަ ޓީމުތަކުގެ ބެންޗުގައި ހުރެ ވެސް ފުޓްބޯޅައިގެ ރަނގަޅު މަސައްކަތްތަކެއް ކުރި ނިޒާމްބެ ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަވީ 2014 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް، ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީ އެ ޓީމަށް ހޯދައިދިން ކާމިޔާބީގެ ސަބަބުންނެވެ.

ނިޒާމްބެ ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދިނުމުގެ އިތުރުން 2019 ވަނަ އަހަރު ދިވެހި ލީގު ޓީސީ އަށް ހޯދައިދީފަ އެެވެ. އަދި އެ ޓީމު ގޮވައިގެން ލީގަށް ވާދަކޮށް، ފައިނަލްތަކުގައި ވެސް ކުޅެފައިވެ އެވެ.

ގައުމީ 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން މީގެ ކުރިން ކުރި ނިޒާމްބެ ވަނީ މާޒިޔާ އަށް ވެސް ކުރު މުއްދަތެއްގައި ކޯޗުކޮށްދީފަ އެވެ. ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ނިޒާމްބެ ވަނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަށް ކޯޗުކޮށްދީ ސަރަހައްދުގެ ބޮޑު ލީގެއްގައި މަސައްކަތް ކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދައިފަ އެވެ.

ޒުވާން ކުޅުންތެރިން ނެރެދޭ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ނިޒާމްބެ މި ވަގުތު ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރިއިރު، ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުގެ މަގާމާއި އަންހެން ފުޓްބޯޅަ ޑިވެލޮޕް ކުރުމުގެ ޒިންމާއާ ހަވާލުވެ ހުރީ ވެސް ނިޒާމްބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox