އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް: ސިފައިންނާއި ޕޮލިސް ފެށީ މޮޅަކުން

May 3, 2023, 5:32 AM
އެފްއެސްއެމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިފައިންގެ ޓީމުގެ އެޑަމް (ވ).-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއެސްއެމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިފައިންގެ ޓީމުގެ އެޑަމް (ވ).-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހުޅުމާލޭ ވޮލީ ކޯޓުގައި މިހާރު ކުރިއަށްދާ އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-20، 25-20 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅޭ ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) އެވެ.

މި މެޗުގައި ސިފައިންގެ ޓީމުގެ ޝާޑު ދިން ބޯޅަތަކުގެ ބޭނުންހިފައި، މުހިންމު ވަގުތުތަކުގައި ސިފައިންގެ ޓީމުގެ ދެ އެޓޭކަރުން ކަމަށްވާ ހުސެއިން ރަޒާން އާއި އާދަމް ނަސީމް (އެޑަމް) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގައުމީ ބީޗް ވޮލީ ޓީމުގައި ހިމެނޭ އެޑަމް އަށް މި މުބާރާތް ކުޅެން ފުރުސަތު ދިނީ ވަޒީފާ އަދާކުރާ އޮފީހަށް އެއް މުބާރާތް ކުޅެލަން ހުއްދަ ދޭ ގޮތަށް ކަނޑައެޅި އުސޫލެެއްގެ ތެރެއިން ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

Advertisement

ސްޓެލްކޯ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަތުން މޮޅުވެފަ އެވެ. އެކަމަކު، ޕޮލިސް އަތުން ރޭ ސްޓެލްކޯ އަށް ކާމިޔާބު ލިބޭ ގޮތެއްނުވި އެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު، މެޗުން ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު، 25-17، 25-18 އިން ޕޮލިހުން ގެންދިޔައިރު، ސްޓެލްކޯ އިން ވަނީ ހިތްވަރުކޮށް، ތިން ވަނަ ސެޓު 24-26 އިން ގެންގޮސްފަ އެވެ. ހަތަރު ވަނަ ސެޓު، 25-16 އިން ގެންގޮސް ޕޮލިސް މެޗުން މޮޅުވީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ޕޮލިސް ޓީމުގެ ހިމާންޝޫ ތިޔާގީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި އާބަންކޯ ބައްދަލުކުރާނީ އެމްއޭސީއެލްއާ އެވެ. އެ މެޗު ފަށާނީ 16:30 ގަ އެެވެ. މިރޭ، 20:30 ގައި ފަށާ ކްލަބް ވެމްކޯ ބައްދަލުކުރާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox