އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: ސްޓެލްކޯ އާއި އާބަންކޯ އަށް ވަރުގަދަ ފެށުމެއް

May 2, 2023, 5:42 AM
އޮފީސް މުބާރާތުގައި އިއްޔެ ސްޓެލްކޯ އާއި އެމްއޭސީއެލް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޮފީސް މުބާރާތުގައި އިއްޔެ ސްޓެލްކޯ އާއި އެމްއޭސީއެލް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ހުޅުމާލޭ ވޮލީ ކޯޓުގައި ފެށި އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތައް ސްޓެލްކޯ އާއި އާބަންކޯ އިން ކާމިޔާބުކޮށްފި އެވެ.

ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު މި އަހަރު ފެށި އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި ނުވަ ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އާބަންކޯ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ސްޓެލްކޯ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އެމްއެންޑީއެފް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، ވެމްކޯ އަދި މޯލްޑިވްސް ކަރެކެޝަނަލް ސާވިސް އެވެ.

މުބާރާތުގެ ކުޅުން ފެށީ އިއްޔެ ހަވީރު ސްޓެލްކޯ އާއި އެމްއޭސީއެލް ވާދަކުރި މެޗުންނެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޓެލްކޯ އެވެ. ތިން ސެޓުން މެޗު ނިމުނު ނަމަވެސް ހުރިހާ ސެޓެއްވެސް ފެނުނީ ވާދަވެރިކޮށެވެ.

ބީޗްވޮލީބޯޅަ ދެ ތަރިންކަމަށްވާ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) އަދި އިންޑިއާގެ ގަގަންދީޕް ސިންގް ކުޅުނު ސްޓެލްކޯ އިން މެޗުގެ ސެޓުތައް ގެންދިޔައީ 33-31، 25-19 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގަގަންދީޕް އެވެ.

ދެ ވަނަ މެޗުގައި ރޭ އެމްޕީއެލް ނިކުތީ މި މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި އާބަންކޯއާ ދެކޮޅަށެވެ. ގައުމީ ބީޗް ވޮލީބޯޅަ ޓީމްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ލީޑު ކުރި އާބަންކޯ އިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-20، 25-10 އަދި 25-18 އިންނެވެ.

އާބަންކޯ ޓީމްގައި ގައުމީ ޓީމްގެ ކުރީގެ ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އާއި ގައުމީ ޓީމްގެ އެއް ވަނަ ބްލޮކަރު، އާދަމް ފައިރޫޒް ހިމެނެ އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި އެފްއެސްއެމް ނިކުންނާނީ އެމްއެންޑީއެފްއާ ދެކޮޅަށެވެ. އެފްއެސްއެމް ޓީމްގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ޕާކިސްތާން ގައުމީ ޓީމްގެ މުބައްޝިރު ރަޒާ، ގައުމީ ޓީމްގެ ސެޓަރު ހުސައިން ވިޝާމް (ބުޅިކޭ) އަދި ގައުމީ ޓީމްގެ އެޓޭކަރު ހަސަން ނިލާމް (ޕާޓޭ) ހިމެނެ އެވެ.

އެމްއެންޑީއެފް ޓީމްގައި ގައުމީ ބީޗްވޮލީ ޓީމްގެ އާދަމް ނަސީމް (އެޑަމް) އާއި ގައުމީ ޓީމްގެ ކުރީގެ އެއްވަނަ އެޓޭކަރު އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ހިމެނެ އެވެ. މިރޭ ކުޅޭ މެޗުގައި ސްޓެލްކޯ ނިކުންނާނީ ޕޮލިހާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox