ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ ފަލަސްތީނު މީހާ މަރުވެއްޖެ

ހާދިރް އަދްނާން، އޭނާގެ ދަރިއެއް އުރާލައިގެން. -- ފޮޓޯ: އީޕީއޭ

ހާދިރް އަދްނާން، އޭނާގެ ދަރިއެއް އުރާލައިގެން. -- ފޮޓޯ: އީޕީއޭ

ރާމަﷲ، ފަލަސްތީން (މޭ 2) - ގާނޫނާ ހިލާފަށް އިޒްރޭލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރުމާ ދެކޮޅަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ ފަލަސްތީނު މީހާ މަރުވެއްޖެ އެވެ.

"ގައުމީ ސަލާމަތަށް ނުރައްކާ ވާތީ ހައްޔަރުކޮށްފައި ހުރި މީހަކު، މި އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށުމަށް ފަހު، ހާލަތު ގޯސްވެގެން، މިއަދު ހެނދުނު ވަނީ މަރުވެފައި،" އިޒްރޭލުގެ ޖަލުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ އެއީ އިސްލާމިކް ޖިހާދް "ޓެރަރިސްޓް" ގްރޫޕުގެ މެމްބަރެއް ކަމަށެވެ. އިޒްރޭލުން ގާނޫނާ ހިލާފަށް ހުޅަނގު އައްސޭރި ވެރިކޮށްގެން އުޅޭތީ، ފަލަސްތީނު މީހުންގެ ހައްގުގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ގްރޫޕުން ވެސް ވަނީ އުމުރުން 45 އަހަރުގެ ހާދިރް އަދްނާން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

އިސްލާމިކް ޖިހާދުން ބުނީ އަދްނާން ހައްޔަރު ކުރީ ފެބްރުއަރީ ފަސް ވަނަ ދުވަހު އިޒްރޭލުގެ ސިފައިން ކަމަށެވެ. ބަންދުކޮށްފައި ހުރީ އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށެވެ.

އަދްނާންގެ އަންހެނުން ރަންދާ މޫސާ މި ހަފުތާގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށް އޭއެފްޕީއަށް ބުނީ އަދްނާން ހައްޔަރުކޮށްފައި ހުރީ ރަމްލާ ޖަލުގެ ކްލިނިކެއްގައި ކަމަށެވެ.

"އާއްމު ހޮސްޕިޓަލަށް އޭނާ ބަދަލު ކުރަން އިޒްރޭލުން ދެކޮޅު ހަދާ. ގާނޫނީ ވަކީލެއް ޒިޔާރަތް ކުރުމުގެ ފުރުސަތު ދޭން ވެސް ދެކޮޅު ހަދާ،" ރަންދާ ބުންޏެވެ.

މީގެ ކުރިން ވެސް އިޒްރޭލުގެ ޖަލުތަކުގައި އަދްނާން ބަންދުކޮށްފައިވެ އެވެ. ރަންދާ ބުނީ ޖަލުގައި ބަންދުކުރުމުން ހަތަރު ފަހަރެއްގެ މަތިން އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރި ކަމަށެވެ.

ފަލަސްތީނުގެ ގައިދީންނާ ބެހޭ ޖަމިއްޔާއަކުން ވެސް ވަނީ މިދިޔަ ހަފުތާގައި އޭނާހެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ގޮވާލީ އޭނާ މިނިވަން ކުރުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަދްނާން މަރުވިކަން ކަށަވަރުވުމާ އެކު ހަމާސްއިން ކޮންޓްރޯލް ކުރާ ގާޒާއިން ވަނީ އިޒްރޭލަށް އަމާޒުކޮށް ރޮކެޓު ހަމަލާތައް ފޮނުވައިފަ އެވެ. އޭނާގެ މަރާ އެކު އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox