ޕީޕީއެމްގެ ސީރިއަސް ތުހުމަތުތަކެއް ހޯމް މިނިސްޓަރު އިމްރާނަށް

ޕީޕީއެމްގެ ސީރިއަސް ތުހުމަތުތަކެއް ހޯމް މިނިސްޓަރު އިމްރާނަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ މިވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ތަފާތު އެކި އަނިޔާތައް ދެމުންދާކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސީރިއަސް ތުހުމަތުތަކެއް އަމާޒުކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިނިސްޓަރު އިމްރާނަކީ އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި އެއީ ރާއްޖޭގެ ތާރީހު ދުށް އެންމެ އަނިޔާވެރި ހޯމް މިނިސްޓަރު ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މީސް މީޑިއާގައި އިމްރާން ހިއްސާ ކުރެއްވި މެސެޖަކަށް ރައްދުދިނުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ އެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ މީގެ އަށް އަހަރު ކުރިން، މޭޑޭގެ މުޒާހަރާގައި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުވައި ޔާމީނަށް އިމްރާން ސީރިއަސް ތުހުމަތުތަކެއް ކުރެއްވި މައްސަލަ ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ވިދާޅުވެފަ އެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި މިނިސްޓަރު އިމްރާން ވަނީ ޑރ. އަފްރާޝީމާއި ރިލްވާންގެ މަރުގެ މައްސަލައިގެ ހަގީގަތް އޭރުގެ ރައީސް ޔާމީނަށާއި ނައިބު ރައީސް އަހުމަދު އަދީބުއަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދެމީހުންގެ މަރުގެ މައްސަލައާ ގުޅުންހުރި ކަމަށް ބުނާ ބައެއް ލިޔުންތައް ވެސް އެދުވަހު އިމްރާން ދައްކަވާފައިވެ އެވެ.

އެހެންނަމަވެސް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމަށްފަހު، މަޖިލީހަށް ހާޒިރުވެވަޑައިގަތް ދުވަހެއްގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެދުވަހު ދެއްކި ލިޔުންތައް އެދުވަހު ފުލުހުން އަތުލި ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ޖަލު ބަލަހައްޓާ މީހުން މެދުވެރިކޮށްގެން ޔާމީނަށް އެކި ގޮތްގޮތުން "ދުއްތުރާ ކުރުމަށް" އިމްރާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އެގޮތުން ރައީސް ޔާމީން ހުންނެވި ތަނުގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހުރިހާ "މޫވްމަންޓެއް" އެޕެއް މެދުވެރިކޮށް އިމްރާން ފޯނުން ބައްލަވާ ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

"[އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން މައުލޫމާތު ލިބެނީ] ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް،" ޔާމީނަށް ނުހައްގުން އަނިޔާ ކުރުމުގައި ސަރުކާރުގެ ބައެއް މުއްސަސާތަކުން ވެސް ބައިވެރިވާ ކަމަށް ތުހުމަތު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނު ޖަލުގައި ބެހެއްޓުމަކީ ނުހައްގުން ދެމުން ގެންދާ އަނިޔާއެއްކަމަށް ބުނާ ވާހަކަ ތަކުރާރު ކުރައްވައި އަބަދުއްރަހީމް ވިދާޅުވީ އެ ހުރިހާ އަނިޔާއެއްގެ ފަހަތުގައި ހުރީ ވެސް އިމްރާން ކަން މިއަދު އެ ކުރެއްވި ޓުވީޓުން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ ރައީސް ޔާމީނާ މިހައި ޒާތީވެފައި ހުރި މީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލެއްގައި ރައީސް ޔާމީން ބަންދުގައި އޮންނަން ޖެހިފައި އޮތީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 23 ޑިސެމްބަރުގައި ބޭއްވި އެއްވުމުގައި އޭރުގެ ރައީސް ނަޝީދާ ގުޅޭގޮތުން ވެސް އިމްރާން ދެއްކެވި ވާހަކަތައް ރައްޔިތުން ހަނދާން ހުންނާނެ ކަމަށާއި މިއަދު އެ މަންޒަރު ނުފެންނަ ކަމަށެވެ.

"ދީނާ ގައުމަށްޓަކައި އޭނާ ދެއްކެވި ވާހަކަ ތިޔަ ބޭފުޅުންނަށް އަޑު އިވޭނެ، ފަހާފޮށްޓެއްގެ ތިނޯސް ތެޅޭހެން ޕޯޑިއަމް ކައިރީގައި ހުރެގެން ތެޅިފައި، ކެނެރީގޭ މުހައްމަދު ނަޝީދާ ގުޅޭގޮތުން ދެއްކެވި ވާހަކަ ވެސް އަޑުއިވޭނެ، ކޮބައިތޯ މިއަދު؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްރާން އަބްދުއްﷲ ގެ ތުނބުޅި ވެސް މަޑުމަޑުން ކުރުވަމުން ކުރުވަމުން އައިސް މިހާރު ދެ އިނގިލިން ހިފައި ނުލެވޭހައި ބޮޑަށް ކުރުވައިފައިވާ ކަމަށާއި މީހަކު "ދެން މުނާފިގު ވާނީ މިހާކަށް ވަރަށް،" ކަމަށެވެ.

އިމްރާނާ ގުޅުވައި ސީރިއަސް ތުހުމަތުތަކެއް އަބްދުއްރަހީމް ކުރައްވާފައި ވާއިރު، ޕީޕީއެމްގެ ޓިކެޓު ޔާމީން ފިޔަވައި އެއްވެސް މީހަކަށް ނުދޭނެ ކަމުގެ ޔަގީންކަން އެޕާޓީގެ ލީޑަޝިޕުން މިރޭ ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox