ބިއޮންޑް އެއާލައިންގެ ކެބިން ކްރޫއިންގެ ވަޒީފާއަށް 4،000 އަށް ވުރެ ގިނަ ދިވެހިން ކުރިމަތިލި

Apr 28, 2023, 4:20 AM
ބިއޮންޑް އެއާ އަށް ކެބިން ކްރޫއިން ހޯދަން ބޭއްވި އޯޕަންޑޭއަށް ދިޔަ ޒުވާނުންނަށް އެ ކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދެއްވަނީ. ފޮޓޯ: މިރާޝް ނާސިމް/އަދަދު

ބިއޮންޑް އެއާ އަށް ކެބިން ކްރޫއިން ހޯދަން ބޭއްވި އޯޕަންޑޭއަށް ދިޔަ ޒުވާނުންނަށް އެ ކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދެއްވަނީ. ފޮޓޯ: މިރާޝް ނާސިމް/އަދަދު

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން ތައާރަފްކުރާ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން، "ބިއޮންޑް" އަށް ދިވެހި ކެބިން ކްރޫއިން ހޯދަން ހިންގި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ބިއޮންޑުން ބުނީ ކެބިން ކްރޫއިންގެ ވަޒީފާއަށް ކުރިމަތިލާން އެކުންފުނިން ހުޅުވައިލި ފުރުސަތަށް އޮންލައިންކޮށް 4،000 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލި އިރު މާލޭގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ ވޯކް-އިން އިންޓަވިއުއަށް ވެސް އެތައް ސަތޭކަ ޒުވާނުން ދިޔަ ކަމަށެވެ. އެ އާލައިނުން ބުނި ގޮތުގައި ކެބިން ކްރޫގެ ވަޒީފާއަށް ކުރިމަތިލީ ފަރާތްތައް ޝޯޓްލިސްޓްކޮށް އިތުރު އެސެސްމެންޓެއް ވަނީ ހަދައިފަ އެވެ.

ޝޯޓްލިސްޓްކޮށް އެސެސްމެންޓް ހެދި ފަރާތްތަކަށް ދެން އޮންނާނީ ބިއޮންޑްގެ މެނޭޖްމަންޓްގެ އިސް ފަރާތްތަކުން ކުރާ އިންޓަވިއު އެކެވެ. ބިއޮންޑުން ބުނި ގޮތުގައި އެ އާލައިނަށް މުވައްޒަފުން ނެގުމުގެ މަރުހަލާތައް އެހާ ވަރުގަދައީ އެވަޒީފާތަކަށް ނަގަން ބޭނުންވަނީ އެންމެ ރަނގަޅު ފަރާތްތައް ކަމަށް ވާތީ އެވެ.

ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި މި އަހަރު އުދުހެން ފަށާ ބިއޮންޑުގެ އެއް ޕާޓްނަރު އަރަބޭސްކަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox