ފަސޭހަކަމާ އެކު ވެލެންސިއާ ބަލިކޮށް އީގަލްސް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ އަށް

Apr 24, 2023, 8:42 PM
އީގަލްސްގެ ކެޕްޓަން ރިޒޭ މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސްގެ ކެޕްޓަން ރިޒޭ މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެލެންސިއާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކްލަބް އީގަލްސް އިން މިރޭ ހޯދައިފި އެވެ.

މިރޭ ވެލެންސިއާ ބަލިވުމާ އެކު ގްރޫޕް އެކަކުން އިން ސެމީގެ ޖާގަ ލިބުނީ އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. ސެމީ ފައިނަލުގައި އީގަލްސް ނިކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ސަސް ނިކުންނާނީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. އެ މެޗުތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އީގަލްސް އިން ވެލެންސިއާގެ ގޯލަށް ނުރައްކާކުރި އެވެ. އީގަލްސްގެ އިސްމާއިލް އީސަ (މެސީ) ކުރިއަށްދިން ބޯޅައަކަށް އަރައި އީގަލްސްގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން ދިފާއުކުރި އެވެ.

ވެލެންސިއާގެ ކުޅުންތެރިއަކު ކައިރިން އީގަލްސްގެ އީސަ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މެޗުގެ ނުވަ ވަނަ މިނެޓުގައި އަނެއްކާވެސް އީގަލްސް އިން ނުރައްކާ ކުރި އެވެ. މި ފަހަރު ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނެޓެއް ފަހުން އީގަލްސް އިން ގޯލު ޖެހި އެވެ. މިއީ އީގަލްސްގެ ސާލިމް މުހައްމަދު ފޮނުވާލި ބޯޅަ ކީޕަރު އިމްއާން އަތުގައި ޖެހިފައި ނުކުތް ވަގުތު އީސަ ޖަހައިދިން ގޯލެކެވެ.

ވެލެންސިއާގެ ފުރަތަމަ ހަމަލާ އެ ޓީމުން ފޮނުވާލީ މެޗުގެ 18 ވަނަ މިނެޓުގަ އެވެ. މިއީ އެރިއާ ބޭރުން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ބޯޅަ އެކެވެ. ޔާމީން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ލިބުނެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އިންމަ ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރު އިމްއާންގެ އަތަށެވެ.

އީގަލްސްގެ ދެ ވަނަ ގޯލުވެސް ޖަހައިދިނީ ފުރަތަމަ ގޯލު ޖެހި އީސަ އެވެ. މިއީ އެ ޓީމަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އީސަ ޖެހި ގޯލެކެވެ. އީސަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ބޯޅަ ދިފާއުކުރަން ކީޕަރު އިމްއާން އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުވެސް ޑޮމިނޭޓްކޮށްގެން ކުޅުނީ އީގަލްސް އެވެ. އެ ޓީމުން ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދި އެވެ. އެއާ ހިލާފަށް ވެލެންސިއާ އަށް ދެ ވަނަ ހާފުގައިވެސް އުފެއްދުނީ މަދު ހަމަލާއެކެވެ.

ވެލެންސިއާގެ ސިޒާން (ކ) ކައިރިން އީގަލްސްގެ ފޭދޫ އިއްބެ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސް އިން ދެވަނަ ހާފުގެ ކުރީކޮޅު ބަދަލުތަކެއް ގެނައިއިރު ބެންޗުން އެރި އަހުމަދު ހަސަން (އައްމަޑޭ) އާއި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އައްމަޑޭ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވެ ދިޔައިރު އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ދެ ވަނަ ހާފުގައި ކުޅެން އެރި އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށްވެސް އަމާޒުވި އެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު ނިޝާމް ދިން ޕާހަކުން ޖަހައިދިނީ ރިޒޭ އެވެ. ވެލެންސިއާ ހާފުގެ މެދަކާ ހިސާބުގައި ހުރެފައި ނިޝާމް ވެލެންސިއާގެ ޑިފެންސްގެ ފަހަތަށް ކުޅުނު ބޯޅަ އަށް އަރައި ރިޒޭ ވަނީ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

އޭގެ ހަ މިނެޓު ފަހުން އައްމަޑޭ ވަނީ އީގަލްސްގެ ހަތަރު ވަނަ ހޯލު ޖަހައިފަ އެވެ. މިއީ އަރިމަތިން ފޭދޫ އިއްބެ ނަގައިދިން ހުރަހެއް އީސަ ބޮލުން ފޮނުވާލުމުން ކީޕަރު އިމްއާން އަތުގައި ޖެހިފައި ނިކުތްވަގުތު އެ ބޯޅަ ގޯލަށް ވައްދާލައިގެން އައްމަޑޭ ޖެހި ލަނޑެކެވެ. .

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox