ވެލެންސިއާ އަށް ގެނައި ކުޅުންތެރިންނަށް ނުކުޅެވުމަކީ ޗެލެންޖެއް

Apr 24, 2023, 9:35 AM
ނޫސްވެރިންގެ ބައްދަލުުވުމެއްގެ ތެރެއިން ވެލެންސިއާގެ ކޯޗު ފެސްކޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނޫސްވެރިންގެ ބައްދަލުުވުމެއްގެ ތެރެއިން ވެލެންސިއާގެ ކޯޗު ފެސްކޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާ ސީޒަނަށް ކްލަބް ވެލެންސިއާ އަށް ގެނައި، ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ރިލްވާން ވަހީދު (ރިލޭ) ނުލައި، ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެނައި ސީނިއާ ކުޅުންތެރިން ކަމަށްވާ ރިލޭ އާއި އިއްބެ އެ ޓީމު ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސަސް އާ ދެކޮޅަށް ނުކުޅެވުނެވެ. ލީގަށް އަންނަ ޓްރާންސްފާ ބްރޭކްގެ ކުރިން މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެކަން ކޯޗު ފެސްކޯ ވަނީ ޔަގީންކޮށްދީފަ އެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެނައި ރިލޭ އާއި އިއްބެ އަށް ވެލެންސިއާ އަށް ނުކުޅެވުނީ ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަވެފައިނުވާތީ އެވެ. އެހެން ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނަށް ވެލެންސިއާ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން އޮތީ، މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިންނަށް ނުދީ ހުރީ މުސާރައިގެ މައްސަލަތަކުގައި ހައްލަކަށް އާދެވިގެންނެވެ.

Advertisement

ފެސްކޯ ބުނީ އިއްބެ އާއި ރިލޭގެ ތަޖުރިބާ ވެލެންސިއާގެ ޒުވާން ޓީމަށް މުހިންމު ކަމަށާއި، އެ ދެ ކުޅުންތެރިން ނެތުމަކީ ޗެލެންޖެއް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ތައްޔާރުވީ އެ ދެ ކުޅުންތެރިންނާ އެކު ކަމަށާއި ފަހު ވަގުތު އެ ބަދަލު ގެންނަން ޖެހުނީ ކަމަށެވެ.

"ވަރަށް ބޮޑު ޗެލެންޖަކަށް މި ނިކުންނަނީ. ސީނިއާ ކުޅުންތެރިންނާ އެކު ކުޅެވޭނަމަ މި ޒުވާން ކުދިންނަށް ތަންކޮޅެއް ރަނގަޅަށް ޕާފޯމްކުރަން ޗާންސް ވެސް ލިބޭނެ. އެ އިތުބާރުވެސް ބޮޑުވާނެ. މި ދެ ކުޅުންތެރިން މި ޓްރާންސްފާ ޕީރިއަޑްގައި ބޭނުމެއް ނެތް ކުރެވެން. ކަންދިމާކުރި ގޮތުން ޒުވާން ޓީމެއް ބޭނުންކުރަން މި ޖެހުނީ." ފެސްކޯ ބުންޏެވެ.

ވެލެންސިއާގެ ސްކޮޑުގައި 15 އަހަރުން ދަށުގެ ވިއްސަކަށް ކުޅުންތެރިން ތިބުމާ އެކު މި ދަނޑިވަޅުގައި އެންމެ މުހިންމު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ކުޅުންތެރިން "އޯވާ ޔޫސް" ނުކޮށް ފަރުވާތެރިކަމާ އެކު މުޅި ސީޒަންގައި ބޭނުންކުރެވޭނެ ގޮތްތަކަށް ކަމަށް ވެސް ފެސްކޯ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ބައެއް މީހުންގެ ނަޒަރުގައި މިހާ ޒުވާން ކުޅުންތެރިން މި ލެވެލްއަށް ނެރެން މިއީ ރަނގަޅު ހާލަތަށް ނުވެދާނެ އެވެ. އެކަމަކު، އޭނާގެ ވިސްނުން ތަފާތު ކަމަށާއި، ޒުވާން ކުޅުންތެރިން އެ ޕޮޓެންޝިއަލް ހުރި ނަމަ ފުރުސަތު ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ފެސްކޯ ބުންޏެވެ.

"ފަހަރުގައި މިއީ އެންމެ ރަނގަޅު ޓައިމް އަށް ނުވެދާނެ މި ޒުވާން ޓީމް ނެރެން. އެކަމަކު ޒުވާން ކުޅުންތެރިން ފުރަތަމަ ޑިވިޝަންގައި ކުޅުމަކީ އާ ކަމެއް ނޫން. މިއީ ހަމަ ރަނގަޅު ހާލަތު ކަމުގައި އަޅުގަނޑު ދެކެނީ. ދެން މުހިންމު އެކަމަކު މި ކުޅުންތެރިން އޯވާ ޔޫސްއެއްވެސް ނުކުރެވޭނެ. ވަރަށް ބެލެންސްކޮށް ހުރިހާ ކުޅުންތެރިން ގެންގުޅެން ޖެހޭނީވެސް. އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ޕްލޭންތަކެއް ހަދައިގެން ކުޅުންތެރިން މި ބޭނުންކުރަނީ."

މިރޭ އީގަލްސްއާ ދެކޮޅަށް ނިކުންނައިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަސް މެޗުގައި ވެލެންސިއާ ޓީމުން ދެއްކި ކުޅުން ކަމަށާއި 5-0 އިން ބަލިވިޔަސް އެ އަށް ނުބަލައި، ޕޮޒިޓިވް ކަންކަމަށް ފޯކަސް ކުރުން ކަމަށެވެ.

ފެސްކޯ ބުނީ ކޮންމެ ގޮތަކަށް ހާލަތު އޮތަސް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި، ވާދަވެރި މުބާރާތެއްގައި ވާދަކޮށްގެން އުޅޭއިރު ވެލެންސިއާގެ ފޯކަސް ހުރި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

އީގަލްސް އަކީ މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމް ކަމަށާއި މި މެޗު ގިނަ ގޮތްގޮތުން ޗެލެންޖިން ވާނެ ކަމަށް ވެސް ފެސްކޯ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ވެލެންސިއާގެ ފޯކަސް އަބަދު ވެސް ހުންނާނީ އެ ޓީމުގެ ސްޓައިލްގައި ކުޅުމަށް ކަމަށާއި، ކޮންމެ މެޗަކަށް ވެސް ވެލެންސިއާގެ ފަރާތުން އެ ސީރިއަސްކަން ފެންނާނެ ކަމަށެވެ.

"މިދިޔަ މެޗުގައި ޕާފޯމަންސް ވަރަށް ރަނގަޅު. އެކަމަކު ރިޒަލްޓް ތަންކޮޅެއް ދަށްކޮށްދިޔައީ. އެކަމަކު، މިވަގުތު ޓީމްގެ ހާލަތަށް ބަލާއިރު ހަމަ ޕާފޯމަންސާ މެޗު އަޅުގަނޑު ހިތްހަމަޖެހޭ. ވާދަވެރި މުބާރާތެއްގައި ބައިވެރިވެގެން އުޅޭއިރު ހާލަތޭ ބުނެގެންވާނެ ފައިދާއެއް ނެތް. މިދިޔަ މެޗުގައި ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު. ހަމައެކަނި ސްކޯލައިން އަޅުގަނޑު ހީކުރިވަރަށްވުރެ ބޮޑުކޮށް ފެނުނީ." ފެސްކޯ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ކްލަބް ވެލެންސިއާ އިން ހޯދީ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިދިޔަ ފަހަރު ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އަށް ބަލިނުކުރެވުނު ހަމައެކަނި ޓީމަކީ އީގަލްސް އެވެ. ވެލެންސިއާ އަށް ތަށި ދިފާއުކުރަން ސެމީ ފައިނަލަށް ދެވެން އޮތީ ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށްގެންނެވެ. އީގަލްސް އާއި ވެލެންސިއާ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox