މޯލްޑިވްސް އޯޕަން 2023: ތާރީޚީ ފުރަތަމަ މޮޅު ހޯދައިދިނީ ފަޔާޒް

މޯލްޑިވްސް އޯޕަންގައި މިއަދު ރާއްޖޭގެ ހުސައިން ފަޔާޒު ކުޅެނީ : ފޮޓޯ / އެމްޕީބީއޭ

މޯލްޑިވްސް އޯޕަންގައި މިއަދު ރާއްޖޭގެ ހުސައިން ފަޔާޒު ކުޅެނީ : ފޮޓޯ / އެމްޕީބީއޭ

މިއަދު މާލޭގައި ފެށި މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގައި ރާއްޖޭގެ ހުސައިން ފަޔާޒް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ތާރީޚީ މޮޅެއް ހޯދައިފި އެވެ.

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ބިލިއާޑް މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ. އޭގެ ތެރޭގައި މިވަގުތު ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިންވެސް ހިމެނެ އެވެ. ދިވެހިރާއްޖެއިން 16 ކުޅުންތެރިއަކު މި މުބާރާތުގައި ވާދަކުރެ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކާއިއެކު މިއަދު ހެނދުނު ކުޅުން ފެށިއިރު ރާއްޖޭގެ ހުސައިން ފަަޔާޒު ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ އަމިއްލަ ގައުމުގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތުގައި ދިވެހި ކުޅުންތެރިއަކު ހޯދި ފުރަޔަމަ މޮޅެވެ.

Advertisement

ފަޔާޒް މޮޅުވީ ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ އާ ވާދަކޮށް 7-6 ފްރާމުންނެވެ. ރޭސް ޓު 7 އަށް ކުޅޭ ގްރޫޕް ސްޓޭޖު މެޗު ފަށައިގެން ފަޔާޒު 5-1 އިން ބޮޑު ލީޑެއް ނެގި އެވެ. ނަމަވެސް ނިކޮލަސް ވަނީ މަޑު މަޑުން ގޭމުގެ ތެރެއަށް ވަދެ ފަހަތުން އަރާ 5-6 އިން ލީޑު ނަގާފަ އެވެ. ޖެހިގެން އައި ފްރޭމުގައި ނިކޮލަސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްކޯ އެއްވަރުކޮށްފަ އެވެ. ދެ ކުޅުންތެރިންވެސް ޕްރެޝަރުގައި ކުޅުނު ފަހު ފްރޭމް ފަޔާޒު ކާމިޔާބުކުރީ ނިކޮލަސް އަށް ނިންމާލަން ލިބުނު ފުރުސަތު އޭނާ ނަގާލުމުންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފަޔާ ނިކުތީ އިންޑޮނީޝިއާގެ ބިލީ ރޮބިއަންސިޔާ އާ ދެކޮޅަށެވެ. މި މެޗުން ފަޔާ ބަލިވީ 3-7 ފްރޭމުންނެވެ. މި މެޗުން ބަލިވި ނަމަވެސް ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ފަޔާ އަކަށް ނުގެއްލޭނެ އެވެ. މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެ ނޮކްއައުޓް ބުރަށް ދިޔުމުގެ ފުރުސަތު ފަޔާ އަށް އެބައޮތެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މިއަދު ހެނދުނު ރާއްޖޭގެ އިތުރު ތިން ކުޅުންތެރިން ވާދަކުރި އެވެ. ހަސަން ޝަފްރާޒް، އައްބާސް ސައީދު އަދި ހަސަން އުސްވަތުﷲވެސް ވާދަކުރި އެވެ. ތިން ކުޅުންތެރިންވެސް ކުޅުނު ދެ މެޗުން ބަލިވެ ވަނީ މުބާރާތުން ކަޓާފަ އެވެ.

މޯލްޑިވްސް އޯޕަންގައި މިއަދު ހަސަން އުސްވަތުﷲ ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: އެމްޕީބީއޭ
މޯލްޑިވްސް އޯޕަންގައި މިއަދު ހަސަން އުސްވަތުﷲ ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް އޯޕަންގައި މިއަދު ހަސަން އުސްވަތުﷲ ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: އެމްޕީބީއޭ

ޝަފްރާޒް ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމްގެ ގުޔެން އާން ޓުއަން އަތުން 2-7 އިން ބަލިވިއިރު، ދެވަނަ މެޗުގައި ބަލިވީ ޕޮލަންޑްގެ ވިކްޓާ ޒީލެންސްކީ އަތުން 1-7 ފްރާމުންނެވެ.

އައްބާސް ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމްގެ ޑޫ ކުޔެން އަތުން 5-7 ފްރޭމުން ބަލިވިއިރު، ދެވަނަ މެޗުގައި ބަލިވީ ފިލިޕީންސްގެ ޖޯން ވިންސެންޓް އަތުން 1-7 އިންނެވެ.

ގްރޫޕް ޑީގައި ހިމެނުނު ރާއްޖޭގެ އުސްވަތުﷲ ކުޅުނު ފުރަތަމަ މެޗުގައި ނިކުތީ ޗައިނީސް ތައިޕޭގެ ކޯ ޕިން ހާން އާ ދެކޮޅަށެވެ. މި މެޗުން އުސްވަތުﷲ ބަލިވީ 3-7 ފްރޭމުންނެވެ. ދެވަނަ މެޗުގައި އޭނާ ބަލިވީ މެލޭޝިއާގެ ޓޭން ޑޭން ޖީ އަތުން 4-7 ފްރޭމުންނެވެ.

މުބާރާތުގައި މިއަދު މެންދުރާއި ހަވީރު ކުޅޭނީ ގްރޫޕް އީ، އެފް، ޖީ، އެޗްގެ މެޗުތަކެވެ. ފުރަތަމަ އަށް ގްރޫޕުގެ ގްރޫޕް ސްޓޭޖު ފަހު މެޗު ކުޅޭނީ މިރޭ އަށެއް ޖާހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox