ހުލާސާކޮށް އިއްޔެ: ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ ޖަލަށް

Apr 19, 2023, 1:43 AM
ސުޕްރީމް ކޯޓު: ހެއްކާ ބެހޭ ގަވާއިދު އެކުލަވާލައި ސުޕްރީމް ކޯޓުން އާންމުކުރީ އިއްޔެ. -- ފޮޓޯ: އަދަދު

ސުޕްރީމް ކޯޓު: ހެއްކާ ބެހޭ ގަވާއިދު އެކުލަވާލައި ސުޕްރީމް ކޯޓުން އާންމުކުރީ އިއްޔެ. -- ފޮޓޯ: އަދަދު

ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރާ މީހަކާ ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރު ކުރާނަމަ އަދި ހެކިބަސް ދިނުމަށް ދެކޮޅު ހަދައިފިނަމަ ތިން މަސް ދުވަހަށް ޖަލަށް ލެވޭ ގޮތަށް ހެއްކާ ބެހޭ ގަވާއިދު ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.

މިއީ ހެކިބަސް ދޭން ދެކޮޅު ހަދާ މީހަކަށް މިފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ގަވާއިދަކުން ދިން ފުރަތަމަ ފަހަރެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ރިޔާސީ އިންތިޚާބަށް ޤައުމު ތައްޔާރުވަމުންދާއިރު މި ފެންނަނީ ތަފާތު މަންޒަރެކެވެ. ދުވަހަކު ރެނދެއް ނުލާ ބޮޑު އެއް ޕާޓީގައި ބޮޑު ރެނދެއް އެޅި، ބައިބައިވެފައިވަނިކޮށެވެ. ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރަށް "މަޖުބޫރީ ޙާލަތެއް" ކުރިމަތިވުމާއެކު، ހުންގާނުގައި ހިފާނޭ މީހަކާ މެދު އިހުގައި ނެތް ވާދަވެރިކަމެއް އުފެދިގެން އުޅެނިކޮށެވެ. ޕާޓީތަކުގެ ޕްލެޓްފޯމްތައް ފުށުއަރާއި، ކުދި ޕާޓީތަކުގެ ތެރެއިން ބައިއަތު ހިފާފައި ހުރި ޕާޓީތައް އޮޅުންބޮޅުންވާ ހިސާބަށް ގޮސްފައިވަނިކޮށެވެ. ތެދުތެދަށް ބުނާ ނަމަ، ޢާއްމު ރައްޔިތު މީހާގެ ނޯށުގައި ރިޔާސީ އިންތިޚާބުގެ ވަސްވެސް އަދި ނުޖެހި، ޕާޓީތަކުގެ ލީޑަރޝިޕާ ހަމައިގައި މި އަހަރުގެ އިންތިޚާބުގެ ކަންކަން ބުރެކިޖެހިފައިވަނިކޮށެވެ.

ދުވަހުގެ ކޯޓޭޝަން

އޭޑީކޭ ޓަވަރު އަރިއަޅާލާ މައްސަލައިގައި އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޝިދުގެ ގާނޫނީ ވަކީލު މުހައްމަދު ޔާމީން ވިދާޅުވީ،

އެ މައްސަލަ ކޯޓަށް ހުށަހެޅީ އެއްވެސް ހައްލެއް ނުލިބިގެން. ފެށުނީއްސުރެ އަޅުގަނޑުމެން މިދިޔައީ ހައްލެއް ހޯދަން މަޝްވަރާ ކުރަން އާދެބަލާށޭ ބުނަމުން. ނަމަވެސް މައްސަލަ ކޯޓަށް ހުށަހެޅި ފަހުން މިހާރު އެ އިމާރާތުގެ ކޮންޓްރެކްޓަރާ [އާރުސީސީ] ވާހަކަތަކެއް އެބަ ދެކެވޭ. އުއްމީދަކީ ހައްލުވެގެން ދިޔުން،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ވެޓަރަންސް ލީގުގައި އިއްޔެ އެމްއެސްއެމް އާއި ހުޅުމާލެ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މިހާރު ކުރިއަށްދާ ވެޓަރަންސް ލީގުގައި އިއްޔެ އެމްއެސްއެމް އާއި ހުޅުމާލެ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ ވެޓަރަންސް ލީގުގައި އިއްޔެ އެމްއެސްއެމް އާއި ހުޅުމާލެ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox