ސުޖަން އަށް ޓީސީގައި ވެސް ޒުވާން ސްކޮޑެއްގެ އިސް ރޯލެއް

ޓީސީން ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވި މެޗުގެ ތެރެއިން ސުޖަން ޕެރޭރާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީން ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވި މެޗުގެ ތެރެއިން ސުޖަން ޕެރޭރާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މީގެ 12 ވަރަކަށް އަަހަރު ކުރިން، ކްލަބް އީގަލްސް އިން ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން، އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގެ ދަށުން ސްކޮޑެއް އެކުލަވާލައި، ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށައިގަތެވެ. އެ ޕްރޮޖެކްޓްގެ އެންމެ މުހިންމު ހިސާބުގައި ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރަން ޖެހުނީ، 2015 ވަނަ އަހަރު އީގަލްސްއާ ގުޅުނު، ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، ސުޖަން ޕެރޭރާއާ އެވެ.

ސުޖަން، ޒުވާން އުމުރުގައި ކެރިއަރުގެ އެންމެ މުހިންމު އަހަރުތައް އީގަލްސްގައި ހޭދަކުރިއިރު، ރާއްޖޭގެ ލީގުގެ މޮޅު ކީޕަރުގެ މަގާމު 2016 ވަނަ އަހަރު ހޯދިއިރު، އެ ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން، އީގަލްސް އިން ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި އެވެ. އީގަލްސް ދޫކޮށް، 2020 ވަނަ އަހަރު ސުޖަން އެނބުރި ގައުމަށް، ސްރީ ލަންކާ ޓީމަކާ ގުޅެން ނިންމީ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި އަމިއްލަ ގައުމުގެ ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި އޭނާގެ ހިއްސާ ވެސް އޮތުން މުހިންމު ކަމަށް ފެންނާތީ އެވެ.

އެކަމަކު، ލަންކާ ފުޓްބޯޅަ އަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭ އަންނަން ފެށި ހީނަަރުކަމުގެ ސަބަބުން ކެރިއަރަށް އަސަރުކުރާތީއާ އެކު، ސުޖަން، 30، ނިންމީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބް އިން ދިން އޮފާ ގަބޫލުކޮށް، އޭނާގެ ފުޓްބޯޅަ ކެރިއަރާ އެންމެ ބޮޑަށް ގުޅިފައި އޮތް ރާއްޖެ އަށް އަނބުރާ އައުމަށެެވެ.

ބުރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓީސީ ޓީމުގެ ޑިފެންޑަރު މައީޝް (ވ) އާއި ކީޕަރު ސުޖަން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ސީޒަނުގައި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ޓީސީން ޒުވާން ސްކޮޑެއް އެކުލަވާލައި، ޕްލޭނަކާ އެކު ޓީމެއް ބިނާކުރުމުގެ މަސައްކަތް ފެށި އެވެ. އެ ގޮތުން ޓީސީ ޓީމަށް ލީޑަރުން ބޭނުންވާ މަގާމުތަކުގެ ތެރެއިން ކީޕަރަކަށް ސުޖަން ގެނައީ ޔަގީންކަން އޮތުމުން ކަމަށް އޭރު ނިޒާމްބެ ވަނީ ބުނެފަ އެވެ.

އެކި ސަބަބުތަކާ ހުރެ ނަމަވެސް ނިޒާމްބެ ޓީސީ ދޫކޮށް، މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ބަދަލުވިއިރު، މި ސީޒަނުގައި ޓީސީން ކުޅެމުން އަންނަނީ ނިޒާމްބެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ޒުވާން ކޯޗު އަހުސަން ރަޝީދު (ޗޭ)ގެ ކޯޗުކަމުގަ އެެވެ.

މާލީ މައްސަލަތަކުގެ ސަބަބުން ދެ ޕްރެކްޓިހަށް ފަހު ސީޒަނުގެ ފުރަތަމަ މެޗަށް ނުކުތް ޓީސީން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފުރަަތަމަ މެޗުގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިސްބަތުން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުން ޓީސީ 2-0 އިން ބަލިވުމުން، ޕްރެޒިޑެންޓްސް ކަޕްގައި ކުރިއަށްދާން ބޭނުންވާ މެޗަކަށް ބުރާ ދެކޮޅަށް ނުކުމެ، ސުޖަން ދެއްކި މޮޅު ކުޅުމާ އެކު ޓީސީ ވަނީ 1-0 އިން މޮޅުވެފަ އެވެ.

"މުބާރާތުގައި ދެމި އޮންނަން ބޭނުންނަމަ މެޗުން ނަތީޖާއެއް ނެރެން، ހުރިހާ ކުދިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން މި ނަތީޖާ މި ނެރެވުނީ، 90 މިނިޓް އެޓޭކަށް ވިސްނައިގެން ދެ ޓީމުން ބެސް ކުޅެމުންދިޔަ މެޗެއްގައި އެއް ގޯލުން އަހަރެމެންނަށް މި ކަން ނިމިފައި މި އޮތީ،" ސުޖަން، ބުރު މެޗަށް .ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ސުޖަން ބުނީ މިދިޔަ ސީޒަނުގައި ޓީސީގެ ޒުވާން ސްކޮޑު އެކުގައި އެ ހޯދި ތަޖުރިބާއާ އެކު، މި ސީޒަނުގައި ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

"އަހަންނަށް ވިސްނޭ ގޮތުގައި މިދިޔަ ސީޒަނާ އަޅާކިޔާއިރު އަހަރެމެން ރަނގަޅުވާނެ. ކުރިއަށް ވުރެ ރަނގަަޅަށް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އެނގޭނެ. މި ޒުވާން ތަރިންގެ އެބައޮތް ރަނގަޅު މުސްތަގުބަލެއް. ޓީސީ އަށް އެބައޮތް ރަނގަޅު މުސްތަގުބަލެއް،" ސުޖަން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އާއި ރާއްޖެ ކުޅުނު މެޗަށް ފަހު ސުޖަން (ކ) އާއި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު ފައިލް ފޮޓޯ

ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައިވާ ސުޖަން ބުނީ ދިވެހި ފުޓްބޯޅައިގައި ފެންނަ ޕޮޒިޓިވް އެއް ކަމަކީ ގްރާސްރޫޓާއި އެކެޑަމީ ޕްރޮޖެކްޓްތަކުގައި ބައިވެރިވާ މީހުންގެ ނިސްބަތް ގިނަ ވުން ކަމަށެވެ. އަދި އެކެޑަމީ ޕްރޮޖެކްޓްތަކުގެ ތެރެއިން އަންނަ ގިނަ ކުޅުންތެރިންތަކެއް އެއް ޓީމަށް ކުޅުމުގެ ފައިދާ ވެސް ބޮޑު ކަމަށް ސުޖަންގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"މިހެން އަންނަ ޒުވާން ކުޅުންތެރިންތައް މި ދަނީ އެއް ޓީމަކަށް. އަހަރެންގެ ވިސްނުމުގައި އެ ފަދަ ގޮތަކަށް އަންނަ ކުޅުންތެރިންނަށް ގިނައިން ކުޅެލަން ލިބި ދިގު ސީޒަނެއްގައި އެ ހުރި ހުނަރު ތަރައްގީ ކުރަން ފުރުސަތު ވެސް ލިބޭ،" ސުޖަން ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން އީގަލްސްގައި ޓީމެއް ބިނާކުރިއިރު، ސުޖަން އައިސް ކުޅެން ޖެހުނު ރޯލު އޭނާ ފުރިހަމަ އަށް އަދާކުރި ކުރި އެވެ. ގޯލްކީޕަރެއްގެ ޒިންމާ އަދާކުރުމުގައި ނަމޫނާ ކީޕަރެއްގެ ގޮތުގައި ފާހަގަވާ އަދި ޓީމު ލީޑަރެއްގެ ގޮތުގައި ހިތްވަރު ދައްކާ ސުޖަން ވަނީ ޓީސީ އަށް މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުތަކުގެ ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވައިފަ އެެވެ.

ޓީސީގެ ކޯޗުކަމާ ހަވާލުވެހުރި، އަހުސަން ވަނީ ބުރު މެޗަށް ފަހު ސުޖަން އާއި ޓީމުގެ އެހެން ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox