ރިޔާސީ ރޭހަށް ގާސިމް ނެރުނީ ބައެއްގެ އަމިއްލަ އެދުމާއި ފައިސާގެ ދަހިވެތިކަމުގައި: ސަމީރު

ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ ރޭހަށް ނެރުމުގެ ފަހަތުގައި އޮތީ ބައެއްގެ އަމިއްލަ އެދުމާއި ފައިސާގެ ދަހިވެތިކަން ކަމަށް އެ ޕާޓީން ދާދި ފަހުން އިސްތިއުފާ ދެއްވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު، ޖޭޕީގެ އެއް ފައުންޑިން މެމްބަރުގެ ގޮތުގައި ހުންނެވި ސަމީރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ.

މި ރޯދަ މަހަށް ހާއްސަކޮށްގެން "އަދަދު" އިން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގެ ރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ގާސިމް ނުކުންނަވަން ނިންމެވީ، ޕާޓީގެ ތެރޭގައި އަމިއްލަ އެދުމެއްގައި މަސައްކަތްކުރާ ބައެއްގެ ސަބަބުން ކަމަށެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހަ އަހަރު އަދާކުރެއްވި، ސަމީރު ވިދާޅުވީ ގާސިމަށް ލަފާދޭން އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ކުރީ ސަރުކާރުގައި އެމަނިކުފާނު ޖަލަށްލައި، ގައުމު ދޫކޮށް އަމިއްލައަށް އަރުވާލައިގެން ހުންނަވަން މަޖުބޫރުކުރި ހިތްދަތި ހާލަތަށް ތާއީދުކޮށްގެން އެކަމަށް ހިތްވަރުދިން ބޭފުޅުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާސިމަށް ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް އެބޭފުޅުންނަށް ނުދެއްކޭއިރު، އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުންނަވައިގެން މާޒީގައި ލިބުނު ވަރަށް ވޯޓު ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"އެކަން ބަދަލުކުރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ބޭފުޅުން އަރިހުގައި ތިބި ތަނެއް އަޅުގަނޑަށް ނުފެނޭ،" ސަމީރު ވިދާޅުވި އެވެ.

ޖޭޕީގެ ބައެއް އިސް ބޭފުޅުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ރިޔާސީ ރޭހަށް ނެރުވައިގެން، މާލީ މަންފާތަކެއް ހޯދުމުގެ އިތުރުން، އެ ބޭފުޅުން 2024 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ފައިސާ އާއި ފުރުސަތުތަކެއް ފަހި ކުރަން ކަމަށް ވެސް ސަމީރު ތުހުމަތު ކުރެއްވި އެވެ.

ސަމީރު ވިދާޅުވީ ކުރީގެ ތިން ސަރުކާރުން ވެސް ވެރިކަންކޮށްފައިވަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު، ގާސިމްގެ މުދާ ނަގައި، އޭނާ ޖަލަށްލައި، އާއިލާއަށް އެތަކެއް ދުއްތުރާތައް ކޮށްގެން ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ޖޭޕީ ވެސް ހިމެނޭ ކޯލިޝަން ރޫޅާނުލައި، ގައުމަށް ހަމަޖެހުން ގެނުވައި، ހުދު ގާސިމަށް ވެސް ހިތްހަމަޖެހިލައިގެން މަސައްކަތްކުރެވޭނެ ފުރުސަތު ދެއްވި ވެރިއަކާއެކު ހުންނެވުމަކީ، ސަމީރު ވިދާޅުވި ގޮތުގައި ގާސިމް އަބަދުވެސް ގެންގުޅުއްވި އުސޫލު ކަމަށެވެ.

އެ އުސޫލާ ހިލާފަށް ނުކުންނަވައިގެން، މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު، ގާސިމް ވެރިކަމަށް އައުމަށް ރައްޔިތުން ފުރުސަތު ދީފާނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox