އޮފީސް ވޮލީ މުބާރާތުގެ ތައްޔާރީތައް ފޯރިގަދަ

Apr 15, 2023, 10:56 AM
މިދިޔަ އަހަރު ކްލަބް ވެމްކޯ އިން ވޮލީބޯޅަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރު ކްލަބް ވެމްކޯ އިން ވޮލީބޯޅަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ވޮލީބޯޅަ އަށް އާ ކުޅުންތެރިން ނެރެދޭ އެއް މުބާރާތެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް އެއް މުބާރާތަކީ ކޮންޕެނީ/ އޮފީސްތަކުގެ މެދުގައި ކުރިއަށްދާ ވޮލީބޯޅަ މުބާރާތެވެ. ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު އެ މުބާރާތް ނެތުމަކީ ވޮލީބޯޅައިގެ ފޯރި އަށް ބަލާއިރު، ހުސްކަމެއް އައި އެއް ސަބަބެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު، އޮފީސް ވޮލީބޯޅަ މުބާރާތް އަލުން ފަށާއިރު، މިއީ ހަތަރު އަހަރު ތެރޭ ކޮމްޕެނީ/އޮފީސް ވޮލީ މުބާރާތް ބާއްވާނެ ފުރަތަމަ ފަހަރެވެ. މި ވަގުތަށް ބަލާއިރު ވެސް މި މުބާރާތަށް ޓީމުތައް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން، މުބާރާުތުގައި ރަނގަޅު ޓީމެއް ގޮވައިގެން ވާދަކުރުމުގެ ބޭނުމުގައި ބައެއް އޮފީސްތަކުން އަންނަނީ ގައުމީ ޓީމުގެ ކުޅުންތެރިން ނޫނީ ގައުމީ ލެވަލްގެ ގިނަ ކުޅުންތެރިންތަކަކަށް ވަޒީފާ ހަމަޖައްސައިދީގެން ވެސް ޓީމަށް ކުޅުވަން މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން، މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، އެ ވާދަކުރާ އޮފީހެއްގެ ވަޒީފާގައި ނޫޅުނަސް ބޭރުން ދެ ކުޅުންތެރިއަކު ޓީމު ލިސްޓުގައި ހިމެނޭ ގޮތަށް އޮތުމަކީ ވެސް މުބާރާތުގެ ފޯރިގަދަވާނެ ކަމެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.

އޮފީހުގައި މަސައްކަތްކުރާ މީހުންގެ އިތުރުން، ޓީމު ލިސްޓުގައި ޖެހޭ ދެ ކުޅުންތެރިންގެ ޖާގައިގެ ތެރެއިން ބިދޭސީ ކުޅުންތެރިން ގެންނަން ވެސް ބައެއް ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ރާއްޖޭގައި ކުޅެފައިވާ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންގެ ޑިމާންޑް ވެސް މި މުބާރާތާ ދިމާކޮށް ވަނީ ގަދަވެފަ އެެވެ.

މި މަހު 20 ވަނަ ދުވަހުގެ ނިޔަަލަށް މުބާރާުތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ. މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ.

އޮފީސް ވޮލީ މުބާރާތެއް އެންމެ ފުރަތަމަ ބޭއްވިފައިވަނީ 1993 ވަނަ އަހަރު އެވެ. އޭރު އެންމެ ފުރަތަމަ ބޭއްވި އިންޓަ އޮފީސް/ކުންފުނިތަކުގެ މުބާރާތަށް ލިބެމުންދިޔަ ތަރުހީބު އޮތީ ވަރަށް ބޮޑުކޮށެވެ. ރާއްޖޭގެ މަތީ ލެވަލްގެ ގިނަ ކުޅުންތެރިންތަކެއް ވަޒީފާ އަދާކުރާ އޮފީސްތަކަށް މި މުބާރާތް ކުޅެފައިވެ އެވެ. މި ވަގުތު ގައުމީ ވޮލީބޯޅަ ޓީމަށް ބެލިޔަސް ވަކިވަކި ކުޅުންތެރިންނަކީ އެކި އޮފީސްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން ކަމަށްވާއިރު، މި އަހަރުގެ އޮފީސް މުބާރާތުން މަޝްހޫރު ގިނަ ކުޅުންތެރިން ފެނިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox