ވެލެންސިއާ "ޖޯކަކަށް" ފުޓްބޯޅައެއް ނުކުޅޭނެ: ފެސްކޯ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ކޯޗު ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ކޯޗު ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ވެލެންސިއާ އިން ކޮންމެ ޓީމެއް ނެރުނު ކަމުގައި ވިޔަސް އެ ޓީމުން "ޖޯކަކަށް ފުޓްބޯޅަ ކުޅެން ނުނުކުންނާނެ" ކަމަށް އެ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ވެލެންސިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅެން އޮތް ފުރަތަމަ މެޗުގައި އަސްލު ނުކުންނަން އޮތީ މިދިޔަ އާދިއްތަ ދުވަހުގެރޭ އީގަލްސްއާ ދެކޮޅަށެވެ.

އެކަމަކު، ދިމާވި ކަމެއްގެ ސަބަބުން ވެލެންސިއާ އާއި އީގަލްސްގެ ކުރިމަތިލުން މިހާރު ޝެޑިއުލް ކޮށްފައި އޮތީ މި މަހު 24 ވަނަ ދުވަަހުގެ ރެ އަށެެވެ. އެހެންވެ، ވެލެންސިއާ އިން ކުޅޭ ފުރަތަމަ މެޗަކީ މާދަމާރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ކޯޗު ފެސްކޯ ބުނީ ޕްރީ ސީޒަނުގައި ޕްރެކްޓިސް ކުރެވޭނީ މެޗުގެ ކުރިން ފަސް ފަހަރު ކަމަށާއި އެއީ މި ވަގުތު ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން އޮތް ގޮތް ކަމަށެވެ.

މި ވަގުތު ވެލެންސިއާ ޓީމުގައި ޕްރެޒިޑެންޓްސް ކަޕްގެ ތަށި ދިފާއުކުރެވޭނެ ފެންވަރު ނެތް ކަމަށް ބުނެވިދާނެ ކަމަށާއި އެހެން ނަމަވެސް އެހެން ބުނަނީ ކާމިޔާބު ބޭނުންނުވާތީ ނޫން ކަމަށް ވެސް ފެސްކޯގެ ވާހަކައިގައި ފާހަގަކުރި އެވެ.

"ވެލެންސިއާގެ މި ފަހަރުގެ ހަގީގަތަކީ ތަށި ދިފާއު ކުރެވޭ ފެންވަރެއް ހަގީގަތުގައި ޓީމުގައެއް ނެތް، އޭގެ މާނަ އަކީ އެ ކަމަށް މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. ވެލެންސިއާ ނުއެއް ނުކުންނާނެ ހުރިހާ މެޗަކުން ބަލިވާކަށެއް، ހަމަ ކުޅެލަން ނުކުންނާނެ ބައެއް ނޫން ވެލެންސިއާ އަކީ،" ވެލެންސިއާ އަށް ގިނަ ފަހަރުތަކެއްގެ މަތިން ކޯޗު، ފެސްކޯ ބުންޏެވެ.

"އޮގަނައިޒް ފުޓްބޯޅައެއް ރާއްޖޭގައި ކުޅެމުން އަންނަ ރާއްޖޭގެ ތާރީހުގައި ވެސް ބޮޑު ކްލަބެއް ވެލެންސިއާ އަކީ. ރާއްޖޭގެ ތާރީހުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައި އޮތް ކާމިޔާބު ކްލަބެއް ވެލެންސިއާ އަކީ. ވެލެންސިއާ އިން ކޮންމެ ޓީމެއް ނެރުނަސް ޖޯކަކަށް ވެލެންސިއާ އިން ފުޓްބޯޅައެއް ނުކުޅޭނެ. ރަނގަޅު ފުޓްބޯޅައެއް ކުޅެން މި ނުކުންނަނީ،"

ފުޓްބޯޅައިގެ ހާލަތު ފެންނަން އޮތް ގޮތަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ފިޔަވައި، ޕްރީ ސީޒަނެއް ފުރިހަމަކޮށް ހެދި ނޫނީ ހަފްތާ އަކަށް ވުރެ ގިނަ ޕްރެކްޓިސް ކުރި ޓީމެއް ނެތް ކަމަށާއި އެ "ހަގީގަތް" ގަބޫލުކުރަންޖެހޭނެ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

ފުޓްބޯޅައިގެ ހާލަތު އިތުރަށް ބުނެދިނުމާއި އަޅާކިޔުމެއްގެ ގޮތުން ފެސްކޯ މިސާލެއް ވެސް ޖެހި އެވެ.

"ފުޓްބޯޅައިގެ ހާލަތޭ ދަންނަވަން އޮތީ، އަޅުގަނޑު މި ކަހަލަ މަގާމެއްގައި ހުރެ ދައްކާކަށް އެންމެ ރަނގަޅު ވާހަކަ އަކަށް ނުވެވެސް ހިނގައިދާނެ، އެއީ އަޅުގަނޑުމެންގެ ގައުމީ ފުޓްބޯޅަ ޓީމު މިދޭތެރެއިން ޕާކިސްތާނާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެފި، އެއްވެސް ޕްރެކްޓިހެއް ނުކޮށް، ﷲ ރަހުމަތްފުޅުން ކާމިޔާބު ވެސް ވި. އަޅުގަނޑުމެންނަށް (ވެލެންސިއާ އަށް) ފަސް ވަރަކަށް ޕްރެކްޓިސް ކުރެވުނީމަ ދެންނެވޭނީ އެއީކީ އެހާ ގޯހެއް ނޫނޭ،"

ފެސްކޯ ބުނީ އާންމު ގޮތެއްގައި ކުރިން ސީޒަން ކަލަންޑަރު އޮންނަ ގޮތުން ޕްރެޒިޑެންޓްސް ކަޕް ކުޅެނީ ސީޒަނުގެ ފަހު މުބާރާތެއްގެ ގޮތުގައި ކަމަށްވާތީ، އެ މުބާރާތުން ޖާގަ ނުލިބޭ ޓީމުތަކުން ކުޅުންތެރިން ގެނެސްގެން ވެސް ކުޅެން ލިބޭ ކަމަށެވެ.

އެކަމަކު، ސީޒަނުގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕް އޮތުމުން، މިހާރު ތައްޔާރީ އަށް އަސަރުކުރާނަމަ ޕްރެޒިޑެންޓްސް ކަޕް ފަދަ ޝަރަފްވެރި މުބާރާތެއް ވެފައި މި އޮތީ، "ޕްރީ ސީޒަން" މުބާރާތެއްގެ ގޮތުގައި ކަމަށް ވެސް ފެސްކޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ފުޓްބޯޅަ ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް، ފެސްކޯ ބުނީ "އަޅުގަނޑަށް އަދިވެސް ފުޓްބޯޅަ އެއީ ނަމްބަަރު ވަން. އޭޒް އަ ޕްލޭޔާ، އޭޒް އަ ކޯޗު. ފުޓްބޯޅައިގެ ލޯބިވެރިއެއްގެ ގޮތުގައި އަދިވެސް މި ހުރީ" މިހެނެވެ. އަދި ފުޓްބޯޅައިގެ ކުރިމަގަށް ކުރެވޭ ކޮންމެ ކަމެއްގައި ވެސް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ "ޓްރެންޑެއް" އެބައޮތް

ވެލެންސިއާ އިން މި ފަހަރުގެ ސީޒަނަށް ސްކޮޑު އެކުލަވާލިއިރު، އެ ޓީމުގައި ގިނަ އަދަދެއްގެ ޔޫތު ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ.

ފެސްކޯ ބުނީ ވެލެންސިއާ އަކީ ރާއްޖޭގެ ޔޫތު ފުޓްބޯޅައިގައި މި ފަހުން އެންމެ ކާމިޔާބު ޓީމު ކަމަށާއި ޔޫތުގެ ކްލަބް މުބާރާތްތަކާއި ސްކޫލް މުބާރާތްތަކުގައި ވެލެންސިއާ އަށް ނިސްބަތްވާ ކުޅުންތެރިން ދެއްކި ކުޅުމާއި ހޯދި ކާމިޔާބުގެ ސަބަބުން އެ ޓީމުގައި އޮތް "ބެކަޕް" ފެނިގެންދާ ކަމަށެވެ.

"ވެލެންސިއާ އަކީ ފެށުނުއިރުއްސުރެ ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަ ޓީމެއް. ވެލެންސިއާގެ ފެށުން ވެސް އޮތީ އެެހެން، ވެލެންސިއާ އަކީ ވަރަށް ޒުވާން ގްރޫޕެއް ވެގެން ފެށި ކްލަބެއް. އޭރު، މިހާރުގެ ޗެއާމަން، އަދީލް ޖަލީލް މި މީހުންނަކީ މި ކްލަބް އުފެއްދެވި، ބޮޑުހީނާއާ މި މީހުންނަކީ މި ކްލަބް އުފެއްދިއިރު ޒުވާން ކުޅުންތެރިން،" ފެސްކޯ ބުންޏެވެ.

"އެ ޓްރެންޑް އަދިވެސް ވެލެންސިއާގައި ދަމަހައްޓަމުން މި އަންނަނީ. ވެލެންސިއާގައި އަޅުގަނޑުމެން ކުޅެން ފެށީ ވެސް ވަރަށް ޒުވާން އޭޖްގައި ހަމައެއާ އެއްކޮށް މިސާލަކަށް 17 އަހަރުގައި ކުޑަހީނާ ފުރަތަމަ ވެލެންސިއާ އަށް ބޯޅަ ކުޅުނީ، 16 އަހަރުގައި ދަގަނޑޭ ވެލެންސިއާ އަށް ބޯޅަ ކުޅުނީ، 17 އަހަރުގައި އަލީ އުމަރާއި ވިލްދާން ވެލެންސިއާ އަށް ބޯޅަ ކުޅުނީ، އެހެންވީމަ ތާރީހަށް ބަލާއިރު ވެލެންސިއާ އަކީ ރާއްޖޭގައި ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް އެންމެ މަަސައްކަތް ކުރި އެއް ކްލަބޭ ބުނިއްޔާ ދޮގަކަށް ނުވާނެ،"

ފެސްކޯ ބުނީ މިހާރު ތިބި ޒުވާން ކުޅުންތެރިންނަކީ ވެސް ވެލެންސިއާގެ ކޯޗިން ޓީމުގެ ތެރެއިން ޓްރެއިނިންވަމުން މިހާރު އަންނަ ކުޅުންތެރިން ކަމަށްވާތީ ކަންކަން ދާނީ ޕްލޭނެއްގެ ތެރެއިން ކަމަށެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އޮތީ އީގަލްސް އާއި ސަސްއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕުން ދުރާލާ ތައްޔާރުވީ އީގަލްސް ކަމަށްވާތީ އެ ޓީމަށް އެޑްވާންޓޭޖެއް އޮތް ކަމަށް ފެންނައިރު، ދެން އޮތް ސަސް އާއި ވެލެންސިއާ މާދަމާރޭ ކުޅޭ މެޗަކީ މި ގްރޫޕުން ސެމީ އަށް ދާން އެ ދެ ޓީމަށް ވެސް ނަތީޖާ މުހިންމުވާނެ މެޗެއް ކަމަށް ބެލެވެ އެވެ.

އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ފެސްކޯ ބުނީ މި ވަގުތުގެ ވިސްނުމަކީ ސީޒަނުގެ ފުރަތަމަ މެޗުން މޮޅުވުން ކަމަށާއި އެހެން ޓީމަކާ މެދު ނޫނީ އެހެން މެޗަކާ މެދު ވިސްނާނީ ފަހުން ކަމަށެވެ.

ވެލެންސިއާ އާއި ސަސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox