ޕޮލިސް ހަތް ގޯލުން ބަލިކޮށް ސޮކަ މޭޓްސް އަށް ގްރޫޕްގެ އެއް ވަނަ

Apr 13, 2023, 1:11 AM
ސޮކަ މޭޓްސް ޓީމުގެ އިސްމާއިލް އަނިލް (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮކަ މޭޓްސް ޓީމުގެ އިސްމާއިލް އަނިލް (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބް 7-0 އިން ބަލިކޮށް މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކޮށްފި އެވެ.

ގްރޫޕް ސީގެ އެއް ވަނަ ސޮކަ މޭޓްސް އިން ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދި ޕޮލިހެވެ، އެ ޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ޔަގީންވެފަ އެވެ. ތިން ވަނައިގައި އޮތް ހުއްރިއްޔާ ވެޓަރަންސް (ހުރާ) އަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް އަދި ދެ މެޗު ކުޅުނުއިރު ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މި ގްރޫޕުން ކުއާޓާ އަށް ހޮވޭ ފަހު ޓީމެއް އެނގޭނީ ހުރާ އާއި ގްރީން ސްޓްރީޓްސް އިން ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުންނެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ސޮކަ މޭޓްސް އިން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، އައްސަަދު އަބްދުލް ގަނީ ޖެހި ގޯލުންނެވެ. އެ ޓީމުގެ އާދަމް ލަރީފް (ރޮނާ) މަތިން އޭރިއާތެރެއަށް ލި ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށް ފަހު އައްސަދު ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ސޮކަ މޭޓްސްގެ ދެ ވަނަ ގޯލުގައި ވެސް ފެނުނީ ފުރަތަމަ ގޯލުގެ ކޮމްބިނޭޝަން އެވެ. ރޮނާ ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އައްސަދު ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ.

ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ 22 ވަނަ މިނިޓްގައި ސޮކަ މޭޓްސްގެ އިސްމާއިލް އަނިލް އަށް ލިބުނު ބޯޅައެއް ޕޮލިހުގެ ގޯލުގައި ހުރި ނައުފަލް އީސާ ބޯމަތިން ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ސޮކަ މޭޓްސް އިން ހިލޭ ޖެހުމަކުން ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ އަލީ ޝަރީފް (އައްޔަ) ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް އެ ގޯލު ނިންމީ އޮފްސައިޑް ކަމަށެވެ. އެހެންވެ، ފުރަތަމަ ހާފު ނިމުނުއިރު، ސޮކަ މޭޓްސްގެ އޮތީ ތިން ގޯލުގެ ލީޑެކެވެ.

ދެ ވަނަ ހާފުގައި ސޮކަ މޭޓްސް އިން ޖެހި ފުރަތަމަ ގޯލަކީ ގޯލު ކުރިމަތީގައި ހުއްޓައި ހުރަސްވެގެން އައި ބޯޅައެއް ބޮލުން ގޯލުގެ ކަނަށް ފޮނުވާލައިގެން އަނިލް ޖެހި ގޯލެކެވެ. އެ ގޯލު ޖެހިތާ ދެ މިނިޓް ފަހުން، ރޮނާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ސޮކަ މޭޓްސްގެ ފަސް ވަނަ ލަނޑު ޖަަހައިފަ އެވެ.

ސޮކަ މޭޓްސްގެ ފަހު ދެ ގޯލު ޖެހީ އަހުމަދު އަސްހަމް އާއި އިމްރާން މުހައްމަދު އެވެ. ކުރިން މެޗެކޭ އެއް ގޮތަށް މި މެޗުގެ ދެ ވަނަ ހާފުގައި ގޯލްކީޕަރު އިމްރާން ވަނީ ފޯވާޑަކަށް ކުޅެފަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތު އިމްރާން ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ވެސް ސޮކަ މޭޓްސްގެ ގޯލަށް ކުޅުނީ މުހައްމަދު ޝިނާން (ނާނީ) އެެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ހުޅުމާލެ ވެޓެރަންސް ކްލަބް އެވެ. އެ ޓީމުގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ޕޮލިހާއި ސޮކަ މޭޓްސް، ބުރު ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ދެން އޮތް ތިން ޖާގަ ކަނޑައެޅޭނީ ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެ މެޗަށް ފަހު އެވެ.

މިއަދު ހަވީރު ކުޅޭނީ ގްރޫޕް ބީގެ ފަހު މެޗެވެ. އެއީ ސިފައިންނާއި ސްޓެލްކޯ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox