ފަސްކުރި އީގަލްސް އާއި ވެލެންސިއާ މެޗު މި މަހު 24 ގައި

Apr 12, 2023, 8:29 AM
ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ހަންނަ (ވ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ކޮކީ އާއި ރިޒޭ މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް

ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ހަންނަ (ވ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ކޮކީ އާއި ރިޒޭ މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް ކުޅެން ބައްދަލުކުރަން ހަމަޖެހުނު މެޗު ދިމާވި ކަމެއްގެ ސަބަބުން ފަސްކުރަން ޖެހުނުއިރު، އެ މެޗު މި މަހު 24 އަށް އެފްއޭއެމުން ތާވަލުކޮށްފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ވެލެންސިއާ އާއި އީގަލްސް ކުޅެން އޮތް މެޗު ފަސްކުރީ އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުގެ ހެޑް އިސްމާއިލް ރިޔާޒްގެ ތުއްތު ދަރިފުޅު ނިޔާވުމާ ގުޅިގެން އެވެ. އެ މެޗު އެންމެ ފުރަތަމަ ކުޅެން މަސައްކަތް ކުރީ ރެޔެވެ.

އެކަމަކު، އެފްއޭއެމުން ރޭ ޕްރެޒިޑެންޓްސް ކަޕްގެ ޝެޑިއުލަށް ގެނައި ބަދަލުތަކާ އެކު އާ ޝެޑިއުލް އިއުލާނުކުރިއިރު، ވެލެންސިއާ އާއި އީގަލްސް މެޗު ތާވަލުކޮށްފައި އޮތީ ގްރޫޕް ސްޓޭޖު މެޗުތައް ނިމުމުން ސެމީ ފައިނަލްގެ ކުރިއަށްވާ ގޮތަށް މި މަހުގެ 24 ވަނަ ދުވަހަށެވެ.

ޝެޑިއުލަށް ގެނައި ބަދަލާ އެކު ކުރިން މި މަހު 25 ވަނަ ދުވަހު ކުޅޭ ގޮތަށް އޮތް ސެމީ ފައިނަލް މެޗުތައް މިހާރު ޝެޑިިއުލްކޮށްފައި އޮތީ މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު ކުޅޭ ގޮތަށެވެ. އަދި، ކުރިން މި މަހުގެ 29 ވަނަަ ދުވަހުގެރޭ ކުޅެން އޮތް ފައިނަލް މިހާރު ތާވަލުކޮށްފައި އޮތީ މި މަހުގެ 30 ވަނަ ދުވަހު ކުޅޭ ގޮތަށެވެ.

ރިވައިސް ކުރުމަށް ފަހު ނެރުނު ޕްރެޒިޑެންޓްސް ކަޕްގެ ޝެޑިއުލް.

މާލީ މައްސަލަތަކެއްގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅޭތީ މުބާރާތް ކުރިއަށްދަނީ ހަ ކްލަބްގެ މެދުގަ އެވެ. އެ ހަ ކްލަބް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ.

ފުރަތަމަ ގްރޫޕްގައި ހިމެނެނީ ވެލެންސިއާ އާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ސަސް އިން ޕްރެކްޓިސް ފެށީ މިރެ އެވެ. ދެ ވަނަ ގްރޫޕްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. މިއީ ބުރުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މިހާތަނަށް ކުޅެވުނީ އެންމެ މެޗެކެވެ. އެއީ މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗެވެ. ޓީސީ އަތުން މާޒިޔާ ވަނީ 2-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox