އަގްސާ މިސްކިތުގައި ތިބި މީހުންނަށް ދިން ހަމަލާ މުސްލިމް ގައުމުތަކުން ކުށްވެރިކޮށްފި

އަގްސާ މިސްކިތުގެ ގޯތިތެރެއަށް އިޒްރޭލް ފުލުހުން ވަދެ ފަލަސްތީނުގެ އަންހެނަކު ދަމާފައި ގެންދަނީ. -- ފޮޓޯ: އޭޕީ

އަގްސާ މިސްކިތުގެ ގޯތިތެރެއަށް އިޒްރޭލް ފުލުހުން ވަދެ ފަލަސްތީނުގެ އަންހެނަކު ދަމާފައި ގެންދަނީ. -- ފޮޓޯ: އޭޕީ

ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ބުދަ ދުވަހު ފަތިސް ވަގުތު ނަމާދަށް ތިބި މީހުންނަށް އިޒްރޭލް ފުލުހުން ދިން ހަމަލާ މުސްލިމް ގައުމުތަކުން ކުށްވެރިކޮށްފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ފަލަސްތީނުގެ ހަތް މީހުންނަށް އަނިޔާވި ކަމަށެވެ. ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުން މީހުންނަށް އެހީވުމަށް އިޒްރޭލުގެ ސިފައިން ހުރަސްއަޅަމުންދާ ކަމަށް ވެސް ބުންޏެވެ.

"އަހަރެން އިނީ ގޮނޑިއެއްގައި އިށީނދެ ގުރުއާން ކިޔަވަން،" މިސްކިތާ ދުރަށް ދިޔުމަށް ފަހު މުސްކުޅި އަންހެނަކު ރޮއިޓާޒް ނޫހަށް ބުންޏެވެ.

"އެ މީހުން ސްޓަން ގްރެނޭޑް އެއްލީ. އެކަތި ޖެހުނީ އަހަރެންގެ މޭ މަތީގައި،" ނޭވާ ކުރުވެ، ރޮމުން ރޮމުން އެ އަންހެން މީހާ ރޮއިޓާޒް ނޫހަށް ބުންޏެވެ.

އެކަމާ ގުޅިގެން ހުޅަނގު އައްސޭރީގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އިޒްރޭލް ސިފައިން ބުނީ އެއީ ގާޒާއިން ފޮނުވި ނުވަ ރޮކެޓެއް ރައްދު ދިނުމުގެ ގޮތުން ހިންގި ކަމެއް ކަމަށެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރި އާއި ގުދުސްގައި އިޒްރޭލުގެ އަނިޔާވެރިކަން ވަނީ އިތުރުވެފަ އެވެ. ކޮންމެ އަހަރަކު ވެސް ރޯދަ މަހު އެކަން އެތައް ގުނައެއް ގޯސްވެ އެވެ.

އިޒްރޭލް ސިފައިން ނެރުނު ބަޔާނެއްގައި ބުނީ މިސްކިތުގެ ގޯތިތެރެއަށް ވަންނަން ޖެހުނީ މާސްކު އަޅައިގެން ތިބި ބަޔަކު ބަޑިބޭހާއި، ގަލާއި، ހިލަ ހިފައިގެން މިސްކިތް ތެރޭގައި ފިލުމުން ކަމަށެވެ.

"ފުލުހުން ވަނުމާ އެކު ގާ އުކައި ބަޑިބޭހުގައި ރޯކުރި،" ފުލުހެއްގެ ފަޔަށް އަނިޔާވި ކަމަށް ފާހަގަކުރަމުން، އިޒްރޭލުގެ ބަޔާނުގައި ބުންޏެވެ.

މީގެ ކުރީ އަހަރުތަކުގައި އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގުމުން ހަނގުރާމައަށް މަގުފަހިވެފައިވެ އެވެ.

ފަލަސްތީނުން އިޒްރޭލުގެ އަމަލު ކުށްވެރިކޮށް ބުނީ އަޅުކަމުގައި ތިބޭ މީހުންނަށް ހަމަލާ ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

އުރުދުން އާއި މިސްރުން ވެސް އިޒްރޭލް ކުށްވެރިކޮށް ބަޔާން ނެރުނެވެ. ދާދި ފަހުން އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާ ބޭއްވުމަށް އެމެރިކާއާ އެކު މެދުވެރިއެއްގެ ގޮތުގައި އުޅުނީ އެ ދެ ގައުމެވެ.

ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ބުނީ އިޒްރޭލުގެ އަމަލުތަކުން ސުލްހައަށް ހުރަސްއެޅެމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox