މެދުކެނޑުމަކަށް ފަހު އޮފީސް ވޮލީ މުބާރާތް އަންނަ މަހު ބާއްވަނީ

Apr 4, 2023, 8:03 AM
މިދިޔަ އަހަރުގެ ވޮލީބޯޅަ ސީޒަނުގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ވޮލީބޯޅަ ސީޒަނުގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތް ބާއްވަން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

އެ ގޮތުން، 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިންޓަ ކޮމްޕެނީ/އޮފީސް ވޮލީބޯޅަ މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. މުބާާރާތުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ހުޅުމާލޭގަ އެވެ.

އެންމެ ފަހުން ބޭއްވި މުބާރާތަށް ފަހު އޮފީސް މުބާރާތް ބޭއްވުން މަޑު ޖައްސާލީ ކޮވިޑް-19ގެ ސަބަބުން ކުޅިވަރުތައް ބޭއްވުމަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާ އެކުގަ އެވެ. އޭގެ ފަހުން އިންޑޯ ހޯލު ލިބުމުގައި ދަތިތައްވެސް ދިމާވެ އެ މުބާރާތް ނުބޭއްވުނީ އެވެ.

ހަތަރު އަހަރަށް ފަހު ފުރަތަަމަ ފަހަރަށް ބާއްވާ އޮފީސް/ކުންފުނިތަކުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މި އަހަރުގެ ގަވާއިދަށް ބަލާލާއިރު ކޮންމެ ޓީމަކަށް ވެސް އެ އޮފީސް ނުވަތަ ކުންފުނީގައި ވަޒީފާ އަދާ ނުކުރާ ދެ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ. އޭގެ ތެރޭގައި ބިދޭސީ އެއް ކުޅުންތެރިއަކު ވެސް ހިމެނިދާނެ އެވެ.

އެ ގޮތުން، 1993 ވަނަ އަހަރު ފުރަތަމަ ބޭއްވަން ފެށި އިންޓަ އޮފީސް/ކުންފުނިތަކުގެ މުބާރާތަކީ ކުރީގައި އޮފީސްތަކުން ބޮޑު އިސްކަމެއްދީގެން ބައިވެރިވަމުން އައި މުބާރާތެކެވެ. މުބާރާތުގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން ޓީމަކީ ޕޮލިސް ކުލަބެވެ. ފިރިހެން އެންމެ ފަހުގެ ޗެމްޕިއަނުންނަނީ އެމްއޭސީއެލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox