ވެޓެރަންސް މުބާރާތުގެ ފުރަތަމަ މޮޅު އީގަލްސް އަށް

Apr 1, 2023, 1:09 AM
ސްޓެލްކޯ ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ އާއި ކްލަބް އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޓެލްކޯ ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ އާއި ކްލަބް އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްދާ ވެޓެރަންސް ލީގުގެ މި ފަހަރުގެ މުބާރާތުގައި، ކްލަބް އީގަލްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި ފަަހަރުގެ ވެޓެރަންސް މުބާރާތުގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފު އީގަލްސް އިން ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. ދެ ވަނަ ހާފުގައި ކ. މާފުށްޓަށް ނިސްބަތްވާ ދަ ގްރާންޑޭ އިން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް އީގަލްސް އިން ވަނީ ރަނގަޅު ރޫހެއްގައި ކުޅެލައި މެޗުން މޮޅުވެފަ އެވެ.

މި މެޗުގެ 21 ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ އަހުމަދު ހުސެއިން ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، އަހުމަދު ތަހުލީމް ގޯލެއް ޖަހައި، އީގަލްސްގެ ލީޑުފުޅާކޮށްދިނެވެ. ދެ ގޯލުގެ ލީޑެއްގައި އޮވެ، ދެ ވަނަ ހާފް ފަށައިގެން ވެސް ފުރަތަމަ ލަނޑު ޖެހީ އީގަލްސް އިންނެވެ. މި ލަނޑު އީގަލްސް ޓީމަށް ޖަހައިދިނީ ފުރަތަމަ ގޯލު ޖެހި އަހުމަދު ހުސެއިން އެވެ.

ދަ ގްރާންޑޭ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ ފަހު ކޮޅުގައި ހުސެއިން ޝަރީފް އެވެ.

ޖުމްލަ އެކު، 11 ޓީމު ވާދަކުރާ މި ފަހަރުގެ ވެޓެރަންސް ލީގު ވެސް އިންތިޒާމްކުރަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ކްލަބް އިވެންޓްސް އިންނެވެ. މި ފަހަރުގެ މުބާރާތުގެ ސްޕޮންސަރުންނަކީ ސްޓެލްކޯ އެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގައި ކުޅޭ 11 ޓީމު ބަހާލެވިފައިވަނީ ތިން ގްރޫޕް އަކަށެވެ. އެ ގޮތުން، ފުރަތަމަ ގްރޫޕްގައި ތިން ޓީމު އޮތްއިރު، އަނެއް ދެ ގްރޫޕް ވެސް އެކުލެވިފައި އޮތީ ހަތަރު ޓީމު ކުޅޭ ގޮތަށެވެ. ގްރޫޕް އޭގައި އީގަލްސް އާއި ދަ ގްރާންޑޭގެ އިތުރުން ދެން އޮތީ މުޅިން އަލަށް ވެޓެރަންސް މުބާރާތެއްގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބް އެވެ. ދެ ވަނަ ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އަދި ތިން ވަނަ ގްރޫޕްގައި އޮތީ ސޮކަ މޭޓްސް އާއި ހުރިއްޔާ، ގްރީން ސްޓްރީޓްސް އަދި ޕޮލިސް ކްލަބް އެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ފަށާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓްރަންސް ކްލަބުން ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox