ނޫސްވެރިންގެ ދައުރު ހަނިކުރާ މާއްދާއަކީ ޑިމޮކްރަސީ އާއި މައުލޫމާތު ފެތުރުމަށް އޮތް ހުރަހެއް: އާރުއެސްއެފް

ނޫސްވެރިންގެ ދައުރު ހަނިކުރާ މާއްދާއަކީ ޑިމޮކްރަސީ އާއި މައުލޫމާތު ފެތުރުމަށް އޮތް ހުރަހެއް: އާރުއެސްއެފް

އަންނަ ރިޔާސީ އިންތިހާބު ކަވަރު ކުރަން ހަރަކާތްތެރިވެވޭނީ ހަމައެކަނި ރެޖިސްޓާ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށް ބުނެ، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މައުލޫމާތު ފެތުރުމަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ހުރަހެއް ކަމަށް ނޫސްވެރިންގެ ހައްގުތައް ރާއްކާތެރި ކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ސިފަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވެއިރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނާގެ އިސްލާހުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް" ނޫސްވެރިންނަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް ބިލުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އާރުއެސްއެފްގެ އޭޝިއޭ-ޕެސިފިކް ޑެސްކުގެ އިސްވެރިޔާ ޑެނިއެލް ވަނީ އެ ބިލު އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

"ނޫސްވެރިންނާ މަޝްވަރާ ކުރުމެއް ނެތި ބޮޑު އިންތިހާބަކަށް ހަ މަސް ދުވަހަށް ވެފައި ވަނިކޮށް އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހަބަރުތައް ރިޕޯޓު ކުރުމަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކާ ސިގްނަލެއް،" އާރުއެސްއެފްގެ ވެބްސައިޓުގައި އޭނާ ވިދާޅުވެފައިވެ އެވެ.

މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އިންތިހާބަށް ލަފާ ދޭ ގައުމީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ނޫސްވެރިން، އިލެކްޝަންސް ކޮމިޝަނުން އެކްރެޑިޓް ކުރުމަށް ދެ ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ އިސްލާހު ބަދަލުކުރުމަށް ނުވަތަ އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.

ސީޕީޖޭން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމުގެ ގާބިލުކަން ހަނިކޮށް ރާއްޖޭގެ އާންމު އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ޑިމޮކްރެޓިކް އުސޫލުތަކާއި އާންމުންނަށް މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް ބުރޫއަރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox