އިންޑިއާ ކާއްޓާއެކު ދިވެހި މަތިވަރުގެ އަގު ވެއްޓިއްޖެ

ދިވެހިރުކު ކާށި ފުންޏެއް. އިންޑިއާއިން ކާށި އެތެރެ ކުރުމާ އެކު ބާޒާރުގައި ވަނީ ކާށީގެ އަގު ވަރަށް ބޮޑަށް ހެޔޮވެފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިވެހިރުކު ކާށި ފުންޏެއް. އިންޑިއާއިން ކާށި އެތެރެ ކުރުމާ އެކު ބާޒާރުގައި ވަނީ ކާށީގެ އަގު ވަރަށް ބޮޑަށް ހެޔޮވެފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކާއްޓަކީ އެންމެ އިހު ޒަމާނުއްސުރެ ވެސް ދިވެހީންގެ ކެއުންބުއިމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެކައްޗެވެ. މަހާ އެކުގައި ވެސް ކާށި ކަޔެވެ. ޒީނަތްތެރިވުމަށް އޭގެ ނާށި ބޭނުންކުރެ އެވެ. ބޭސްވެރިކަމަށް ވެސް ކާއްޓަކީ މުހިންމު އެއްޗެކެވެ.

ނަމަވެސް މި ރޯދަ މަހާ ކުރިމަތިލީއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ދިވެހި މަތިވަރުގެ އަގު އިންތިހާއަށް ބޮޑުވުމެވެ. އަތް ފޯރާ އަގެއްގައި ދިވެހިރުކުން ލިބޭ އެއްވެސް އެއްޗެއް ބާޒާރުގައި ލިބެން ނެތުމެވެ.

ކުރުނބަލެއް ލިބެނީ 50ރ. - 45ރ. އަށެވެ. ހެޔޮވަރުގެ ގަބުޅިއެއް ވެސް ތިރީހުގެ މިކޮޅަކުން ލިބޭކަށް ނެތެވެ. ކާށީގެ އަގުގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމުމަކާ ހަމައަށް އައިއިރު ވެސް ކުރުނބާ، ގަބުޅި، ކާށީގެ އިތުރުން ދިވެހި ގިނަ އުފެއްދުންތަކުގެ އަގަށް މާބޮޑު ހެޔޮ ބަދަލެއް ނާދެ އެވެ.

"ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މަތިވަރު ދަށްވާނެ، މިއީ އެ އަހަރު، އެހެންވެ ލިބުން ތަދީ،" މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

އޭނާ ބުނީ މަތިވަރު ދަށްވުމުގެ އިތުރުން ރުށްއަރައި ސާފު ކުރާ މީހުން ވެސް މިހާރު މަދު ވުމަކީ ރުކުގައި އެއްޗެހި ނުގަންނަ މައިގަނޑު އެއް ސަބަބު ކަމަށެވެ.

"މިހާރުގެ މީހުން ކަންނެތީއޭ ބުނެވޭނީ، ރުށްއަރައި ސާފުކޮށްލާ ނަމަ ވެސް މިއަށްވުރެ ރަނގަޅަށް އެއްޗެހި ލިބޭނެ،" އޭނާ ބުންޏެވެ.

ކަން މިހެން އޮއްވައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ކާށީގެ ބޮޑު ޝިޕްމެންޓެއް ގެނެސްފަ އެވެ. އެއާއެކު ރަނުގެ އަގުގައި ވިއްކަމުން އައި ދިވެހި މަތިވަރުގެ އަގު މިވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަދަދު
ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަދަދު

ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަދަދު

ކުރިން 40ރ. އަށް 50ރ. އަށް ވިއްކަމުން އައި ކާއްޓެއްގެ އަގު މިއަދު ބާޒާރުގައި ހުރީ 20ރ. އަށެވެ. 35ރ. އަށް ވިއްކި ސައިޒުގެ ކާއްޓެއް 15ރ. އަށް ލިބެން ހުރިއިރު، ކުރިން 20ރ. އަށް 25ރ. އަށް ވިއްކަމުން އައި ސައިޒުގެ ކާއްޓެއް މިހާރު 8ރ. އަށް 6ރ. އަށް ލިބެން އެބަ ހުއްޓެވެ.

"މިއީ ދުވަހަކުވެސް ކުރަން ޖެހުނު ކަމެއް ނޫން. މީގެ ކުރިން ފުދޭވަރަށް އަބަދުވެސް ރުއްރުކުން މަތިވަރު ލިބޭ، ވެގެން މިއުޅޭ ގޮތަކީ ރުއްތައް މުސްކުޅިވެ މަތިވަރުތައް ހުސްވީ،" މާރުކޭޓު ގޮޅިއެއް ހިންގާ ބ. އަތޮޅު ގޮއިދޫގެ އިސް ރަށްވެއްސަކު ބުންޏެވެ.

ބާޒާރުގައި ކުރުނބާ، ގަބުޅި، ކާށީގެ އަގު އަތްފޯރާފަށަށް ތިރިވިއެއް ކަމަކު މިއީ މައް ދިވެހީންނަށް ލިބުނު ހިތާމައަކާއި ދެރައެއް ކަމަށް މި މައުލޫއުގައި ވާހަކަދެއްކި ގިނަ މީހުން ބުންޏެވެ.

"އެންމެ އިހު ޒަމާނުއްސުރެ ބައްޕަމެން ބުނާނެ، ދިވެހީންގެ މައިގަނޑު ކެއުމާއި ބުއިމަކީ ރޯދި ކުރެއްވި އެއްޗަކާއި ދިވެހި ހަކުރޭ، މިއަދު އެކަމަކު އެކަން ކުރާން ވެސް މިޖެހެނީ އެހެން ގައުމަކުން ގެނެސްގެން،" ކަރު އެލުވާލައިފައި އެ މީހާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox