ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވަން ސައުދީ އާއި އިރާނުން އެއްބަސްވެއްޖެ

ގިނަ އަހަރުތަކަކަށް ފަހު ސައުދީ އާއި އިރާނުން ސުލްހަވީ ޗައިނާ މެދުވެރިވެގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ގިނަ އަހަރުތަކަކަށް ފަހު ސައުދީ އާއި އިރާނުން ސުލްހަވީ ޗައިނާ މެދުވެރިވެގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވަން އެއްބަސްވެ، ރޯދަ މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި އިރާނުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކުރި ގޮތުގައި ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އަދި އިރާނުގެ ފޮރިން މިނިސްޓަރު ހޮސެއިން އާމިރް އަބްދުއްލާހިއާންގެ ބައްދަަލުވުމެއް ވަރަށް އަވަހަށް އޮންނާނެ އެވެ.

އެސްޕީއޭއިން ބުނީ ފޯނު މެދުވެރިކޮށް ދެ މިނިސްޓަރުން ބޭއްވި މަޝްވަރާއެއްގައި މުހިއްމު ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރި ކަމަށާއި އޭގެ ތެރޭގައި އިރާނާއި ސައުދީ އަދި ޗައިނާއިން ސޮއިކުރި އެއްބަސްވުމެއް ހިމެނޭ ކަމަށެވެ.

ގިނަ އަހަރުތަކަކަށް ފަހު ސައުދީ އާއި އިރާނުން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ނިންމީ މި މަހު ޗައިނާ މެދުވެރިވެގެން ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ. ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އަލުން އެމްބަސީތައް ހުޅުވަން ވަނީ ނިންމައިފަ އެވެ.

"އެއް ގައުމު އަނެއް ގައުމުގެ އިސްތިގްލާލަށް ކަމޭ ހިތުމަށާއި ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވަން އެއްބަސްވި،" ދެ މިނިސްޓަރުންގެ ފޯނު ކޯލަށް ފަހު ހޯމަ ދުވަހު އެސްޕީއޭއިން ރިޕޯޓުކުރި އެވެ.

އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާ އެކު މީގެ ކުރިން ސޮއިކޮށްފައިވާ ސެކިއުރިޓީ އެއްބަސްވުމާއި ވިޔަފާރިއާ ގުޅޭ އެއްބަސްވުން އަލުން ތަންފީޒު ކުރަން ދެ ގައުމުން ނިންމި އެވެ.

ސައުދީ އަރަބިއްޔާއިން އިރާނާ އެކު އޮތް ގުޅުން ކަނޑާލީ 2016 ވަނަ އަހަރު އިރާނުގެ ބަޔަކު ތެހްރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ ތެރެއަށް ވަދެގަތުމުންނެވެ.

އިރާނުގައި ސައުދީއާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ އެ ގައުމުގައި ޝިއައީންގެ އިސް އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ.

އޭގެ ފަހުން ޝިއައީންގެ ވެރިކަން އޮންނަ އިރާނާއި ސުންނީންގެ ވެރިކަން އޮންނަ ސައުދީގެ މަޝްރަހު އޮތީ ގޯސްވެފަ އެވެ. އެއީ މެދުއިރުމަތީގެ އެންމެ ވާދަވެރި ދެ ގައުމެވެ.

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގައި އިރާނާއި ސައުދީއިން ތާއީދުކުރަނީ ދެ ފަޅިއަށެވެ. އެގޮތުން ލުބްނާން، ސީރިއާ، އިރާގް އަދި ޔަމަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox