ބަދަލުތައް މަޑުޖައްސާލަން ގޮވާލުމުން އިޒްރޭލް ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި

އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރި ޔޮއާވް ގަލާންޓް. -- ފޮޓޯ: އޭޕީ

އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރި ޔޮއާވް ގަލާންޓް. -- ފޮޓޯ: އޭޕީ

އިޒްރޭލުގެ ޖުޑީޝަލް ނިޒާމަށް ގެންނަން އުޅޭ ބަދަލުތައް މަޑުޖައްސާލަން ގޮވާލުމުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރި ޔޮއާވް ގަލާންޓް މަގާމުން ވަކިކޮށްފި އެވެ.

ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ދިން ކުރު ބަޔާނެއްގައި ގަލާންޓް ވިދާޅުވީ ބަދަލުތައް މަޑުޖައްސާލަން ޖެހެނީ ގައުމީ ސަލާމަތަށް ނުރައްކާ ބޮޑުވަމުން ދާތީ ކަމަށެވެ.

އާދީއްތަ ދުވަހު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވީ އޭނާ މަގާމުން ވަކިކުރުމަށެވެ. ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޑިފެންސް މިނިސްޓަރުގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ ޖުޑީޝަލް ނިޒާމަށް ބަދަލު ގެންނަން އުޅޭތީ އާއްމުން ހިތްހަމަނުޖެހި މުޒާހަރާ ކުރަމުން ދާތާ ގިނަ މަސްތަކެއް ވެއްޖެ އެވެ.

ނަތަންޔާހޫއާ އެއްބައިވެގެން ކަނާއަތު ފިޔައިގެ ހަރުކަށި ޕާޓީތަކުން އުފައްދާފައިވާ ސަރުކާރުގެ އަމާޒަކީ ޝަރުއީ ނިޒާމަށް ބަދަލުތައް ގެނައުމެވެ. އެކަން ކުރަން ހާއްސަ ޕްލޭނެއް ވަނީ ހަދައިފަ އެވެ.

އޭގެ ދަށުން ޕާލަމެންޓުން ފާސްކުރި އާ ގާނޫނެއްގެ ދަށުން ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމަށް އެޓޯނީ ޖެނެރަލަށް ލިބިދޭ ބާރު ވަނީ އުނިކޮށްފަ އެވެ.

ގަލާންޓް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ވިދާޅުވީ އިޒްރޭލުގެ ދިފާއީ ފައުޖުގެ މެމްބަރުން ތިބީ ވަރަށް ބޮޑަށް ނުރުހުން ވެފައި ކަމަށާއި ގައުމަށް އޭގެ ނުރައްކާ ބޮޑު ވާނެ ކަމަށެވެ.

ޖުޑީޝަލް ނިޒާމަށް ބަދަލުތަކެއް ގެންނަން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވީ ސަރުކާރުގެ އެކި ގޮފިތައް ބެލެންސް ކުރުމަށް ކަމަށް ވިދާޅުވެ އެވެ.

ސަރުކާރުން ރާވާފައިވާ ބަދަލުތަކުގެ ދަށުން ފަނޑިޔާރުން އައްޔަން ކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭނެ އެވެ. އޭގެ އިތުރުން ވެރިކަން ހިންގާ ބާރާ ދެކޮޅަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ގާބިލްކަން ލިމިޓްކުރާނެ އެވެ.

އެ ރޭވުމާ މެދު އިޒްރޭލުގެ ގިނަ ބަޔަކު ހިތްހަމަނުޖެހެ އެވެ. އިޒްރޭލް ސިފައިންގެ ރިޒާވް ފައުޖުގައި ހިމެނޭ ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުގެ ގޮތުން ނިންމީ ސިފަައިންގެ މަސައްކަތަށް ނުނިކުތުމަށެވެ.

ރައްޔިތުން ދެކޭ ގޮތުގައި ސަރުކާރުގެ ހުށަހެޅުމުގެ ސަބަބުން ޖުޑިޝަރީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަަދެ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox