ހަތަރު ސަރަހައްދަކަށް ޔަހޫދީން އަލުން ދިޔުމުގެ ހުއްދަ އިޒްރޭލުގެ ޕާލަމެންޓުން ދީފި

ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅޭ ސަރަހައްދެއް. -- ފޮޓޯ: އޭޕީ

ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅޭ ސަރަހައްދެއް. -- ފޮޓޯ: އޭޕީ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ޔަހޫދީން އާބާދު ކުރުމަށް ހެދި ހަތަރު ސަރަހައްދަކަށް ޔަހޫދީން އަލުން ދިޔުމުގެ ހުއްދަ އިޒްރޭލުގެ ޕާލަމެންޓުން ދީފި އެވެ.

އެ ހަތަރު ސަރަހައްދަށް ޔަހޫދީން ދިޔުން މަނާކުރީ 2005 ވަނަ އަހަރު އެވެ. އަލުން އެ ތަންތަނަށް ދިޔުމުގެ ހުއްދަ ދޭން އުޅޭތީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ފާޑުކިޔުން އިޒްރޭލަށް އަމާޒުވި އެވެ.

އެހެން ނަމަވެސް އެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި އިޒްރޭލުގެ ޕާލަމެންޓުން ވަނީ ހުއްދަ ދޭން ނިންމައިފަ އެވެ. އެ ނިންމުން ތަންފީޒު ކުރެވޭނީ އިޒްރޭލް ސިފައިންގެ ކޮމާންޑަރެއްގެ ރުހުން ލިބުމުންނެވެ.

އެ ހަތަރު ސަރަހައްދަކީ ފަލަސްތީނުގެ އަމިއްލަ ބިން ކަމަށް މީގެ ކުރިން ހައި ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވެ އެވެ. އެހެންކަމުން، އަލުން އެ ތަނަށް ޔަހޫދީން ދިޔުމަކީ ކޯޓުގެ ނިންމުމާ ހިލާފުވުމެވެ.

ރޯދަ މަސް ފަށަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް އިޒްރޭލުގެ ޕާލަމެންޓުން ނިންމި ނިންމުމާ ހެދި ފަލަސްތީނުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެމެދު ހަމަނުޖެހުން ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ.

މެދުއިރުމަތީގައި 1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިޒްރޭލުން ހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ގާނޫނާ ހިލާފަށް ޔަހޫދީން އާބާދު ކުރަން ހަދާފައިވާ 140 އަށް ވުރެ ގިނަ ސަރަހައްދުގައި 600،000 އަށް ވުރެ ގިނަ ޔަހޫދީން މިހާރު ދިރިއުޅެ އެވެ.

އެ ތަންތަނުގައި ޔަހޫދީން އާބާދު ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައިން ދެކެ އެވެ. އެކަމަކު އިޒްރޭލުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox