ހުލާސާކޮށް އިއްޔެ: ގާސިމް އެދިވަޑައިގަތީ އެމްއާރުއެމްއިން ޖޭޕީއާއެކު ކޯލިޝަން ހަދަން

Mar 21, 2023, 1:36 AM
ޖުމްހޫރީ ޕާޓީގެ ލީޑަރު، މަހުޖަނު ގާސިމް އިބްރާހިމް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު، މަހުޖަނު ގާސިމް އިބްރާހިމް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވީ އޭނާ އެކަމަށް އެދިވަޑައިގަތުމުން ކަމަށާއި ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގައި މި ސަރުކާރާ ނުގުޅި ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ކަމަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް "އަދަދު" ނޫހަށް ވިދާޅުވީ އެމްއާރުއެމްއިން ގާސިމާ ބައްދަލުކުރީ ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް އޮތްތޯ ބެލުމަށް ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

"މިހާރު މި ހިނގަމުންދާ ކޯލިޝަނުގެ ތަޖުރިބާތަކާ ބެހޭގޮތުން ވެސް ވާހަކަ ދެކެވުނު [މިއަދުގެ ބައްދަލުވުމުގައި] ވަކި ގޮތަކަށް ނިންމިފައެއް ނުވޭ، އެބޭފުޅުންވެސް އެއްބަސްވެލެއްވި ގޮތަކަށް ނިންމޭނީ އިތުރަށް މަޝްވަރާކޮށްގެން ކަމަށް،" ފާރިސް ވިދާޅުވި އެވެ.

އެމްއާރުއެމްއިން ޖޭޕީއާއެކު އިތުރު މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ދެ ޕާޓީގެ ވިސްނުން ހުރި ގޮތް ބަލާ، ގައުމަށް ގެންނަންޖެހޭ އިސްލާހުތަކާ މެދު ތަފުސީލުކޮށް މަޝްވަރާކޮށްފައި އެ ދެ ޕާޓީއިން އެކުގައި މަސައްކަތް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ރައީސް ސޯލިހާ ވާދަކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބަލިވެވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދާ އެ ފެކްޝަނުން ރައީސް ސޯލިހަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ނަޝީދުވެސް ޖޭޕީއާ އެކު މަސައްކަތް ކުރުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

ނަޝީދާއެކު ޖޭޕީއިން މަސައްކަތް ކުރަން ނިންމައިފި ހާލަތެއްގައި އެމްއާރުއެމްގެ ސްޓޭންޑަށް ބަދަލެއް އަންނާނެތޯ "އަދަދު" އިން ސުވާލު ކުރުމުން ފާރިސް ވިދާޅުވީ، ވަކި ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޕާޓީއަކާއެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވާން މި ދަނޑިވަޅުގައި ދަތި ކަމަށާއި އެ ޕާޓީއިން އަބަދުވެސް ބަލާނީ ގައުމަށް ހެޔޮއެދޭ ގޮތް ކަމަށެވެ.

މި ސަރުކާރުގެ ކޯލިޝަނުގައި މިހާރުވެސް އޮތް އެމްއާރުއެމް އިން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދި ރައީސް ސޯލިހު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީފުޅެއް ފޮނުއްވާފައި ވީ ނަމަވެސް އެކަމާ މެދު އެ ޕާޓީން ގޮތެއް ނިންމާފައި ނުވެ އެވެ.

މިހާރު ސަރުކާރުގެ ކޯލިޝަނުގައި އޮތް ޕާޓީތަކުގެ ތެރެއިން ރައީސް ސޯލިހާއެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމާފައިވަނީ އަދާލަތު ޕާޓީއިން އެކަންޏެވެ. ދެން އެ ކޯލިޝަނުގައި އޮތް ޖޭޕީއިން ވަނީ ރައީސާއެކު ކޯލިޝަން ނުހަދާ އަންނަ އިންތިހާބުގައި ވަކިން ނުކުންނަން ނިންމާފަ އެވެ.

މުހިންމު ބައެއް ހަބަރު

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު އިހުތިޔާރީ ކަމަކަށް ހެދުމަށް ފުލުހުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާމެދު ފާޑުކިޔުން ބޮޑުވުމުން، މުޅި ބެކްގްރައުންޑު ޗެކުގެ ބަދަލުގައި ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެކި ތަންތަން ސާފުކުރުމަށްފަހު މަގުމައްޗަށް ކުނި އަޅާތީ އެންވަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެންމެ މީހެއްގެ ނަމުގައި އެތަކެއް ހާސް ވަގު ސިމް ނަގާފައިވާއިރު، އެ ފަދަ ކަންކަން ހުއްޓުވޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތުމުގެ ކަންބޮޑުވުން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާޅުކޮށްފި އެވެ.

ހާފިޒަކަށް ވުމަށް ފަހު، ހާފިޒެއްގެ ގޮތުގައި ދެމިހުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ދަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަމުގައި ގޮތް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކޮށް އިސްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައި ހުއްޓުވައިފި އެވެ.

ދުވަހުގެ ކޯޓޭޝަން

މި މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި، އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދޭ ވާހަކަ އާއި ވަޒީފާ ހޯދައިދޭ ވާހަކައިން ނިންމާލެވެން ނެތްކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ،

ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، ސަރުކާރުގެ ތެރެއިންވެސް، އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ހިޔާލާއި މަޝްވަރާ ބޭނުންކުރުމަށް،"

ދުވަހުގެ ފޮޓޯ

އަންހެނުން ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރެހެންދި އެވޯޑު ލިބުނު ފަރާތްތަކާއެކު ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަދި ނައިބު ރައީސް ފައިސަލް. -- ފޮޓޯ: ރައީސް އޮފީސް
އަންހެނުން ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރެހެންދި އެވޯޑު ލިބުނު ފަރާތްތަކާއެކު ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަދި ނައިބު ރައީސް ފައިސަލް. -- ފޮޓޯ: ރައީސް އޮފީސް

އަންހެނުން ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރެހެންދި އެވޯޑު ލިބުނު ފަރާތްތަކާއެކު ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަދި ނައިބު ރައީސް ފައިސަލް. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox