ޖާހްގެ 'ދަ ގާޑެންސް' ސެޕްޓެމްބަރަށް ނިންމައި ހަވާލު ކުރަނީ

ހުޅުމާލެ ސެންޓުރަލް ޕާކު ކުރިމަތިން އިމާރާތް ކުރަމުން އަންނަ 'ދަ ގާޑަންސް' -- ފޮޓޯ: އަދަދު

ހުޅުމާލެ ސެންޓުރަލް ޕާކު ކުރިމަތިން އިމާރާތް ކުރަމުން އަންނަ 'ދަ ގާޑަންސް' -- ފޮޓޯ: އަދަދު

ޖާހް އިންވެސްޓްމަންޓްސް އިން ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 'ދަ ގާޑަންސް' ގެ މަސައްކަތް ނިންމައި އަންނަ ސެޕްޓެމްބަރު މަހު ކުލައިންޓުންނާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފި އެވެ.

ދިމާވި އެކި ހުރަސްތަކާ ހެދި އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ ކުންފުނިން މިދިޔަ ފެބްރުއަރީ މަހު ވަނީ އަލުން މަސައްކަތް ފަށައިފަ އެވެ. އިތުރު މުވައްޒަފުންނާ އެކު މަސައްކަތް ފެށިއިރު، މިހާރު އެ އިމާރާތުގެ މަސައްކަތް ހުރީ ނިމުމާ ގާތްވެފަ އެވެ.

އެ އިމާރާތް އެޅުމަށް ޖާހް ކުންފުންޏާ އެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއި ކުރީ މީގެ ފަސް އަހަރު ކުރިން، 2017 ގައެވެ. ނަމަވެސް އިން ކަނޑައެޅުމުގައި އޭރު ދިމާވި މައްސަލައެއްގެ ސަބަބުން އެ ކުންފުންޏާ ބިން ހަވާލު ކުރީ ޖެހިގެން އައި 2018 ވަނަ އަހަރު އެވެ.

ބިން ހަވާލު ކުރުމާ އެކު މަސައްކަތް ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ އިމާރާތުގެ މަސައްކަތް ނިމުމަކައި ހަމައަށް ގޮސްފައި އޮއްވައި ކޮވިޑުގެ ވަބާއާއި ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނެވެ. އޭރު އެ އިމާރާތުގައި ކުރަމުން ދިޔައީ ފިނިޝިންގެ މަސައްކަތެވެ.

އާލަމީ ވަބާގެ ދުވަސްވަރު އެތަނުގައި މަސައްކަތް ކުރި ގިނަ ބިދޭސީން އަނބުރާ ރަށަށް ދިއުމާ ގުޅިގެން ކޮވިޑަށްފަހު އަލުން މަސައްކަތް ފެށިއިރު، ކުރިން ކުރި ހަލުވިމިނުގައި މަސައްކަތް ކުރިއަށް ގެންދިއުމުގައި އުނދަގޫތަކެއް ކުރިމަތިވި އެވެ. މަދު މުވައްޒަފުން ކޮޅަކާ އެކު ފެށި މަސައްކަތް އަނެއްކާވެސް ދިގުލައިގެން ދިޔައީ ތަނުގައި ލާފައި ހުރި ޕުޓީއާއި ސިމެންތީގައި ކެމިކަލް ރިއެކްޝަނެއް އުޅޭކަން ފާހަގަވެގެން ކުރިން ޖަހާފައި ހުރި ޕުޓީއާއި ސިމެންތި އެއްކޮށް ތަޅަން ޖެހުމުންނެވެ.

'ދަ ގާޑަންސް' ގެ ފިނިޝިން މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު
'ދަ ގާޑަންސް' ގެ ފިނިޝިން މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު

'ދަ ގާޑަންސް' ގެ ފިނިޝިން މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު

އެ މަސައްކަތަށް އެތައް ވަގުތެއް ހޭދަ ކުރުމަށްފަހު މިހާރު އިތުރު މުވައްޒަފުންނާ އެކު މަސައްކަތުގެ ދުވެލި ވަނީ މެކުހަށް ޖަހައިފަ އެވެ. އިމާރާތުގެ މަސައްކަތް ޝެޑިއުލާ އެއްކޮށް ކުރިއަށް ގެންގޮސް މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމައި ކުލައިންޓުނާއި ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖާހް އިންސްޓްމެންޓްސްގެ އޮފިޝަލް ވިދާޅުވި އެވެ.

"އެޕާޓްމަންޓްތައް ހަވާލު ކުރުމަށް އަމާޒު ހިފާފައިވާ ތާރީހަކީ [މި އަހަރުގެ] ސެޕްޓެމްބަރު، ނަމަވެސް އޭގެ ކުރިންވެސް ނިމެމުން ދާވަރަކުން ފްލޯ ވައިސްކޮށް ހޭންޑުއޯވާ ކުރުމަށް ވަނީ ރޭވިފައި،" އޭނާ ވިދާޅުވި އެވެ.

ޖާހް އިންވެސްޓުމަންޓްސްގެ ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. ދެ ޓަވަރު އެއްކޮށްލައިގެން އިމާރާތްކޮށްފައިވާ އެ އިމާރާތުގެ ދެ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ.

'ދަ ގާޑަންސް' ގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަނިން ފެންނަ ހިތްގައިމު މަންޒަރު -- ފޮޓޯ: އަދަދު
'ދަ ގާޑަންސް' ގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަނިން ފެންނަ ހިތްގައިމު މަންޒަރު -- ފޮޓޯ: އަދަދު

'ދަ ގާޑަންސް' ގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަނިން ފެންނަ ހިތްގައިމު މަންޒަރު -- ފޮޓޯ: އަދަދު

އިމާރާތުގެ އެންމެ ތިރީގައި އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ އުޅަނދުތައް ޕާކު ކުރާނެ ޖާގައާއި އެ އިމާރާތުގައި އޮފީސް ހިންގާ ފަރާތްތަކާއި ޒިރާރަތް ކުރާ މީހުންގެ އުޅަނދުތައް ޕާކު ކުރާނެ ޖާގަ ވެސް ހަދާފައި ހުރެ އެވެ. އޭގެއިތުރުން ޒިޔާރަތް ކުރާ މީހުން މަޑުކޮށްލައި އިށީނދެލުމަށް ލޮބީ އޭރިއާއެއްގެ އިތުރުން ކެފޭ އެއް ވެސް އެތަނުގައި ހުންނާނެ ކަމަށް ޖާހް އިންވެސްޓުމަންސް އިން ބުނެ އެވެ.

ދަ ގާޑަންސް ޑިޒައިން ކޮށްފައި ވަނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް އިމާރާތުގެ ތެރެއިން ލިބޭނެ ގޮތަށެވެ. އިމާރާތުގެ ޓެރެސް ފަރުމާކޮށްފައި ވަނީ ސުވިމިން ޕޫލަކާއި ބާބަކިޔޫ ސަރަހައްދަކާއި ކުޑަކުދިން ކުޅޭ ސަރަހައްދެއްގެ އިތުރުން ޖިމް އެއް ވެސް ހިމަނައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox