އިންތިހާބު ކަވަރު ކުރުމަށް އޮތް ފުރުސަތުތައް ހަނިކުރާތީ އެމްޖޭއޭ އަދި ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންތަކެއް؛ ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ އިސްލާހާމެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އެބަދޭ -- ފޮޓޯ: އަދަދު

ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންތަކެއް؛ ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ އިސްލާހާމެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އެބަދޭ -- ފޮޓޯ: އަދަދު

އަންނަ ރިޔާސީ އިންތިހާބު ކަވަރު ކުރަން ހަރަކާތްތެރިވެވޭނީ ހަމައެކަނި ރަޖިސްޓާޑް ނޫސްވެރިންނަށް ކަމަށް ބުނެ، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ. ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް ނޫސްވެރިން" ކަމަށެވެ.

އެ ދެ ޖަމްއިއްޔާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބު ބޯމަތިވެފައި އޮއްވާ ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ހާމަކަން ބޮޑުކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

"އިންތިހާބު މޮނީޓާކުރަން މީޑިއާއަށް އޮންނަ ފުރުސަތު ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ އިންތިހާބެއްގެ ނަޒާހަތްތެރިކަމާއި ސައްހަ ކަމާމެދު ސުވާލު އުފައްދަން ފުރުސަތު އިތުރުވެ، އިންތިހާބަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނޭ،" އެ ބަޔާނުގައި ވެއެވެ.

ދެ ޖަމްއިއްޔާގެ ނޫސްބަޔާނުގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ އިންތިހާބުތައް ކަވަރު ކުރުމަށް ބޭރުގެ މީޑިއާތަކާއި، ފްރީލާންސް ނޫސްވެރިނަށް އޮތް ފުރުސަތުތައް ގެއްލިގެންދާނެ ކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް އިސްލާހުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، އެ ޖަމްއިއްޔާތަކުން ވަނީ، ގާނޫނަށް އިސްލާހު ގެންނައިރު، އިންތިހާބުގެ ސައްހަކަން ކަށަވަރުކުރަން މަސައްކަތްކުރާ ޖަމްއިއްޔާތަކާއި، މީޑިއާތައް އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ގޮވާލާފަ އެވެ.

އަދި، ނޫސްވެރިންނަށް އިންތިހާބުތައް މޮނިޓާ ކުރުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ފަހިވާނޭ ގޮތްތައް ކަށަވަރު ކުރުމުގެ އިތުރަށް ގެންނަ އިސްލާހުތަކަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެވޭނެ އެންމެ ރަނގަޅު އުސޫލުތަކާ މިންގަނޑުތަކަށް ފެތޭ އިސްލާހުތަކެއްކަން ކަށަވަރު ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މި އިސްލާހާމެދު ޓްރާންސްޕޭރެންސީ އަދި އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ މެދު ވެރިކަން ކުރާ އެމްޑީޕީގެ ތެރެއިން މަސައްކަތް ކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރުން ވެސް ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ "ރެޖިސްޓާޑް" ނޫސްވެރިންނަކީ ކޮބައިކަން އިސްލާހުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ ހައްގު ހަނިވެގެންދާ ކަމަށެވެ. ރާއްޖޭގައި ހިންގާ ގިނަ މީޑިއާތަކަކީ މާ ގިނަ މުވައްޒަފުން ލައިގެން މަސައްކަތްކުރާ ތަންތަން ނޫން ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެއްވެސް މީޑިއާއެއްގައި ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތައް ކަވަރު ކުރަން އެކަށީގެންވާ ވަރަށް މުވައްޒަފުން ނުތިބޭނެ ކަމަށެވެ.

އަދި، މިހާރު ވެސް ހިނގަމުން އަންނަ ގޮތަށް މޮނިޓަރުން އައްޔަން ކޮށްގެން އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަން ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެެއްވި އެވެ.

މި ވާހަކައަށް ތާއިދުކުރައްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، މި ގޮތަށް އިސްލާހު ކޮށްފިނަމަ ކޮންމެ ނޫހެއްގެ 200 އެއްހާ މީހުން ބައިތިއްބަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެ ތަނެއްގައި އުޅޭ މުވައްޒަފުން ލައިގެން އިންތިހާބެއް ކަވަރު ކުރެވިފައިނުވާއިރު، ވަސީލަތްތަކުގެ ގޮތުން މާ މަދު, ރާއްޖެއިން އެކަން ކުރާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox