މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ.
އެކަމަކު މުއްދަތު ހަމަވާ ލައިސަންސް ބޭނުންކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރި ސަބަބެއް އެ މިނިސްޓްރީ އިންް ނުބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށްފަ އެވެ.
ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފެށުމާ އެކު އަލަށް ލައިސަންސް ދޫކުރާއިރު އޮންނާނީ ޑިޖިޓަލްް ލައިސަންސެކެވެ.

ލައިސަންސް ކާޑު ބޭނުންވާ ފަރާތްތަކަށް އެ ކާޑު ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.













