ނަންނި: ހުނަރާ އެއްވަރަށް ކެރޭ ރާއްޖޭގެ ވޮލީގެ އުންމީދީ ނަމެއް

Mar 10, 2023, 9:10 AM
ނަންނި: ހުނަރާ އެއްވަރަށް ކެރޭ ރާއްޖޭގެ ވޮލީގެ އުންމީދީ ނަމެއް

ގައުމީ ފެންވަރުގެ ބޮޑު މުބާރާތެއް ނުކުޅެ ބައިނަލްއަގްވާމީ މައިދާނަށް އުމުރުން 18 އަހަރުގަ އެވެ. އެއީ، 2019 ގެ ޖުލައި މަހު ވިއެޓްނާމްގައި އޮތް 23 އަހަރުން ދަށުގެ އޭވީސީ ވޮލީބޯޅަ މުބާރާތުގައި ކުޅުނު ގައުމީ ޖޫނިއާ އަންހެން ވޮލީބޯޅަ ޓީމްގައި ހިމެނުނު ނަރީމާ އިދުރީސް (ނަންނި) އަކީ މިހާރު ރާއްޖޭގެ އަންހެން ވޮލީބޯޅައިގައި ވަރުގަދަ ނަމެކެވެ. އޭނާ އަކީ މިވަގުތު ރާއްޖޭއިން ނެގޭނެ އެންމެ މޮޅު ބްލޮކަރެވެ.

އުމުރުން 14 އަހަރުގައި އުފަން ރަށް ފ. ފީއަލީ ސްކޫލުގައި އޮތް އިންޓަ ހައުސް މުބާރާތަކުން ވޮލީގެ ތެރެއަށް ނުކުތް ނައްނިވެފައި އޮތީ އޭރު ވެސް ވިދުންގަދަ ކުޅުންތެރިއަކަށެވެ. ރަށު ފެންވަރުގައި ވޮލީގެ ފޯރިގަދަ މުބާރާތްތަކެއް އޮންނާތީ އޭނާ އަށް މުބާރާތްތަކުގައި ވާދަކޮށްލަން ފުރުސަތު ލިބެ އެވެ. އޭގެ ފަހުން އަތޮޅު ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވެސް ނައްނި ކުޅުނެވެ.

ގައުމީ ފެންވަރުގެ މުބާރާތްތަކަށް ނިކުންނަން ނަންނި އަށް ފުރުސަތު ލިބުނީ ގައުމީ ޔުނިވާސިޓީގައި ކިޔަވަން ފެށިއިރު އެ ތަނުގައި ކުރިއަށްދިޔަ އިންޓަ ފެކަލްޓީ މުބާރާތުގައި ދެއްކި ކުޅުމުންނެވެ. ނަންނި އަށް މި ކުޅިވަރުގައި ކުރިއަށްދެވިދާނެ ކަމަށް ބަލައި އޭނާ އަށް ވޮލީގެ ތެރެއަށް ފިޔަގަނޑު ފަތުރާލަން ފުރުސަތުދިނީ ކޯޗު ސޮފްވާން އަހުމަދު އެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗެއްގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު ނަންނި އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެ ގޮތުން، 2019 ގެ އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޒުވާން ޓީމެއް ތަމްރީނުކުރުމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަން ކުރިން ގިނަ ފަހަރުތަކެއް މަތިން ކޮށްފައިވާ، އިބްރާހިމް ޖަލީލް (ޖައްލަ) އާއި ކޯޗު ސޮފްވާން އާ އޮތީ ހަވާލުކޮށްފަ އެވެ. ރަށް ރަށުން ފާހަގަވި ޒުވާން ކުޅުންތެރިންނާއި ޔުނިވާސިޓީ މުބާރާތުން ފާހަގަވި ކުޅުންތެރިންނާ އެކު ޖޫނިއާ ޓީމްގެ ދެ ކޯޗުން ދިޔައީ ތަމްރީންތައް ކުރިއަށްގެން ދަމުންނެވެ. އެ ސްކޮޑުގައި ހިމެނި ތަމްރީން ހަދަން ފުރުސަތު ލިބުމާ އެކު ނަންނި ފުރަތަމަ ކުޑަކޮށް ފަސް ޖެހުނެވެ. އެއީ ގައުމީ ފެންވަރުގައި ނުކުޅެ ހުރެ ގައުމީ ސްކޮޑަކަށް ދާން ފުރުސަތު ލިބުމުންނެވެ.

"ފުރަތަމަ ހިތައްއެރި ނުދާނަމޭ ވެސް، ދެން، އެކަމަކު، ރަށު ކުއްޖަކުވެސް ދާތީ ދިޔައީ. ޓްރެއިނިންތަކުގައި އުޅެ އެއްޗެހި ދަސްވާން ފެށީމަ ވަރަށް ބޭނުންވި ކުޅެން. ދެން ހަމަ ޓްރެއިނިންތައް ހަދަމުން ގޮސް ޓީމަށް އެރީ. ޖައްލަ ކޯޗު ވަރަށް ބޮޑަށް ހެލްޕްވި. ޓީމްގެ ޓްރެއިނަރު އޭރު ޖައްލަ ކޯޗަކީ" ސީނިއާ ކެރިއަރުގެ ފެށުން ނަންނި، 22، "އަދަދު" އަށް ކިޔައިދިނެވެ.

އެ މުބާރާތަށް ދިޔުމުގެ ކުރިން ނަންނި ފުރަތަމަ ޓްރެއިނިން ހެދީ ސެޓަރަކަށެވެ. މަޑު މަޑުން ސެޓަރު ޓްރެއިނިން ހަދަމުން ގޮސް ދެން އޭނާ ތަމްރީން ހެދީ މެދަށް ކުޅޭ ކުޅުންތެރިއަކަށެވެ. ކުޑަ އިރުއްސުރެ އެޓޭކަރަކަށް ކުޅެން ބޭނުންވި ނަމަވެސް ޖައްލަ ކޯޗުގެ ތަމްރީންތަކާ އެކު މެދަށް ކުޅޭ ކުޅުންތެރިއަކަށް ކުޅެން ނަންނި ވިސްނުން ބަދަލުކުރި އެވެ. ވޮލީގެ ރޮޓޭޝަންތަކާ އެޓޭކް ކުރެވޭ ގޮތްތައް ދަސްވެ "އަސްލު" ވޮލީ ކުޅެންވީ ގޮތް އެނގި ނަންނި މި ކަމަށް އިތުރަށް ޝައުގުވެރިކަން އުފެދުނެވެ.

ގާތްގަނޑަކަށް ދޮޅުމަސް ދުވަހުގެ ތަމްރީންތަކަށް ފަހު ޖޫނިއާ ޓީމު ވިއެޓްނާމަށް ފުރިިއިރު ނަންނި ހުރީ ބިރުންނެވެ. އަލަށް ކުޅޭ މުބާރާތުގައި ގައުމު ތަމްސީލްކުރަން ލިބުނު ފަހުރާ އެކު އޭނާ ހުރީ ބައިނަލްއަގްވާމީ މައިދާނަށް އާވެފަ އެވެ.

"ފަސްޓް (ފުރަތަމަ) އިންޓަނޭޝަނަލް ވީމަ ނާވަސްވި، އެއީ ގައުމު ތަމްސީލްކުރަން އަލަށް ދާން ޖެހުނީ، އެކަމަކު ހުރިހާ އެންމެންގެ އެހީއާ އެކު ދެން މެނޭޖްކުރެވުނު، ހީކުރި ވަރަށް ވުރެ ރަނގަޅަށް ކުޅެވުނު" ސީނިއާ ލެވެލްގެ ފުރަތަމަ ތަޖުރިބާ ފާހަގަކުރަމުން ނައްނި ބުންޏެވެ.

އެ މުބާރާތުގައި ނަންނި އަށް ދިމާވި އަނެއް ގޮންޖެހުމަކީ މާލޭގައި މެދަށް ކުޅޭ ކުޅުންތެރިއަކަށް ތަމްރީން ހެދި ނަމަވެސް މެޗުގައި އެޓޭކަރަކަށް ކުޅެން ޖެހުމެވެ. އެކޮޅުގައި ހެދި މަދު ތަމްރީންތަކުގައި ނަންނި އެޓޭކަރަކަށް ކުޅެން ނެރެ ރާއްޖޭގެ ޓީމުން ރަނގަޅު ނަތީޖާތަކެއް ވެސް ނެރުނެވެ.

ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތުގައި ކްލަބް ވޮލީބޯލް ކުޅުނު މެޗެއްގެ ތެރެއިން ނަންނި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިއެޓްނާމް މުބާރާތް ވެގެންދިޔައީ ނަންނިގެ ކެރިއަރު އާ މިސްރާބަކަށް އަމާޒުކުރަން ލިބުނު ރަނގަޅު ފެށުމަކަށެވެ. އެ މުބާރާތަށް ފަހު ގައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ކުރިއެރުން ހޯދަމުންދިޔައެވެ. ކޮވިޑަށް ފަހު ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތައްވެސް ހޯދި އެވެ. މިދިޔަ ޖެނުއަރީ މަހު އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވެސް އޭނާ ތަފާތު ފެންވަރެއްގައި ކުޅެލި އެވެ. ފައިނަލުގައި ކުޅުނު ކުލަބު ވޮލީބޯލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ވެސް ނައްނި އެވެ.

"އަސްލު ކޮލެޖުގައި ކިޔެވުން އޮންނަ ގޮތުންނާ، ޖޮބަށް ވަދެފައި ޖޮބް ގަޑިތައް ހުންނަ ގޮތުން ވަރަށް އުނދަގޫ ޕްރެކްޓިސް ކުރަން. ބަރާބަރަށް ޕްރެކްޓިސް ނުކުރެވި ވަރަށް އުނދަގޫކޮށް ދަނީ. އެހެންވެ ގައުމީ ސީނިއާ ސްކޮޑަށް ނެގިޔަސް ޓްރެއިނިން އަށް ނުދެވޭ. ޗާންސް ލިބޭ ހަމަ ސީނިއާ ޓީމަށް ދާން" ކުރިއަށްދިޔުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ނަންނި ބުންޏެވެ.

ގޮންޖެހުންތައް ގިރާކޮށް ނައްނިގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ މިދިޔަ މަހުގެ ފަހުކޮޅު ނިމުނު ފޯ ނޭޝަންސް ކަޕެވެ. އެ މުބާރާތުގެ ފައިނަލުގައި ވާދަކުރި އަންހެން ވޮލީބޯޅަ ޓީމްގައި ނަންނި ފުލްކޮށް ކުޅުނެވެ. މުހިންމު ދަނޑިވަޅުތަކުގައި މުހިންމު ޕޮއިންޓްތައް ހޯދައިދިނެވެ. ކޯޓު މަތީގައި އާދަޔާ ހިލާފު ހިތްވަރެއް ދެއްކި އެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ސިފަ ކުރާ ގޮތުގައި ނަންނި އަކީ އާދަޔާ ހިލާފު ޖޯޝެއް ހުރި އަންހެން ވޮލީގައި މަދުން ނޫނީ ނުފެންނަ ސްޓައިލްގެ ހުނަރުވެރި ކުޅުންތެރިއެކެވެ.

ނިޒާރު ބުނީ ނަންނި އަކީ ރާއްޖޭގެ ގައުމީ ޓީމުގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު މުސްތަގަބަލެއް އޮތް އެއް ކުޅުންތެރިޔާ ކަމަށެވެ.

"އެހެން ކުޅުންތެރިންގެ ނުފެންނަ ކަހަލަ ކިކެއް އިންނާނެ ނަންނިގެ. އެއީ އެންމެ ބޮޑު ތަފާތަކީ. އަބަދު ވެސް ހަމަ ވަރަށް ހާޑްވޯކް ކުރާ ކުއްޖެއް ނަންނި އަކީ. މިހާރު އެކުރާ ގޮތަށް ޕްރެކްޓިސް ކޮށް އެ ގޮތުގަ ހިފަހައްޓައިފިއްޔާ ނައްނި ކުޅޭ މަގާމުގައި އޭނާ ރިޕްލޭސް ކުރެވޭނެ ކުއްޖެއް ނުހުއްނާނެ އޭ ބުނާނީ. އެވަރުގެ ޕޮޓެންޝިއަލް އެބަހުރި ނަންނިގެ" ކޯޗު ނިޒާރު ބުންޏެވެ.

ނިޒާރު ވަނީ ޝިފްޓް ވަޒީފާގައި އުޅެމުން އެކި ގޮތް ގޮތުން ވަގުތު ހޯދައިގެން ޕްރެކްޓިސްތަކަށް އައުމަށް ނަންނި ކުރި ހިތްވަރު ފާހަގަކޮށްފަ އެވެ. އަދި ތައިލެންޑުގައި ކުރި ތަމްރީންތަކުން ވެސް ނަންނި ހޯދި ކުރިއެރުން އޭނާ ފާހަގަކުރި އެވެ.

ފޯ ނޭޝަންސް ކަޕްގައި ދެއްކުނު ކުޅުމާ ގުޅޭގޮތުން ނަންނި ބުނީ އެއީ އޭނާގެ ކެރިއަރުގެ އެންމެ އުފާވެރި އަދި އެންމެ ހިތާމަވެރި ވޮލީގެ ހަނދާންތައް ކަމަށެވެ. ރަން މެޑަލް ނުލިބުނު ވަގުތު ޓީމުގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންނަށް ލިބުނު މާޔޫސް ކަމަކީ ނައްނި އަށް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ވަގުތުކޮޅެކެވެ.

މިހާތަނަށް ވޮލީ އަށް އެންމެ ސަޕޯޓު ބޮޑުކޮށް ލިބުނު ފައިނަލަށް އައުމަށް ސެމީ ފައިނަލުން މޮޅުވި މެޗަކީ މުބާރާތުގައި ނަންނި އެންމެ ފާހަގަކުރާ ހިނދުކޮޅެވެ. އެ ދުވަހު މުޅި ގައުމު ގައުމީ ޓީމާ އެކު ތިބެ ދިން ހިތްވަރު އޭނާ ފާހަގަކުރި އެވެ.

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަން ފައިނަލު މެޗުގައިވެސް އެ ލިބުނު ސަޕޯޓަކީ ނަންނި ގަބޫލުކުރާ ގޮތުގައި ވޮލީގެ ތެރެއިން ކުރިއަށްދާން ބޭނުންވާ އަންހެން ހުރިހާ ކުޅުންތެރިންނަށް އާ އުއްމީދެއް ލިބުނު ކަމެކެވެ.

ނަންނިގެ އުއްމީދަކީ އެންމެން އިންތިޒާރު ކުރަމުން އަންނަ ރަން މެޑަލް އޭނާ ޓީމްގައި ހުރެގެން ރާއްޖެ އަށް ހޯދައިދިނުމެވެ. އެކަން އޮތީ މާ ދުރުގައި ނޫންކަން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މިހާރު ގަބޫލުކުރެ އެވެ.

ޝުކުރުގެ ލިސްޓު ނަންނި ފެށި އޭނާގެ މަންމަ އާއި ބައްޕަ އާ ހަމައިންނެވެ. މި ދާއިރާގައި އަޅާ ކޮންމެ ފިޔަވަޅެއްގައި އާއިލާގެ ފަރާތުން ލިބޭ ސަޕޯޓް އޭނާ ފާހަގަކުރެ އެވެ.

ފޯ ނޭޝަންސް ކަޕް އަންހެން ޑިވިޝަން ފައިނަލުގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވި މެޗަށް ފަހު ނަންނި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނަންނި ކުޅުމުގެ ކެރިއަރުގައި އޭނާ އެންމެ ފާހަގަކުރަނީ ގިނަ ކޯޗުންތަކެއް ކައިރިން ކަންކަން ދަސްކޮށް ކުރިއަށްދާން ފުރުސަތު ލިބުމެވެ. އެ ގޮތުން ގައުމީ ލެވެލްގައި ވެސް ކުލަބު ލެވެލްގައިވެސް ކޯޗު ސޮފްވާން އޭނާ އަށް ދޭ އެހީތެރިކަން ނަންނި ޝުކުރުވެރިކަމާ އެކު ފާހަގަކުރެ އެވެ.

ވޮލީގެ ހުނަރު ތަރައްގީކޮށް މި ކަމަށް އިތުރު ޝައުގުވެރިކަމެއް ޖައްސުވައިދިން ޖައްލަ ކޯޗާއި ވިއެޓްނާމް މުބާރާތުގައި ޓީމްގެ ހެޑް ކޯޗަކަށް ހުރި ހަސަން ކޯޗުގެ ނަންވެސް ނަންނި ފާހަގަކުރި އެވެ.

މި ވަގުތު ގައުމީ ޓީމްތަކުގައި ތިބި ކޯޗުންނާއި ކުލަބު ލެވެލްގައި ކުރިއަށްދާން ހިތްވަރުދޭ ގިނަ ކޯޗުންގެ އެހީތެރިކަމާ އެކު އިތުރު ކުރިއެރުން ހޯދަން ނަންނި ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

"ބައިވަރު ކޯޗުންނަށް ހަމަ ޝުކުރު އަދާކުރަން ބޭނުން، ސޮފްވާން ކޯޗު، ޖައްލަ ކޯޗު، ހަސަން ކޯޗު އެންމެ ފުރަތަމަ. އެއީ އަސްލު ޓޮޕް ލެވެލްގައި ނަންނިގެ ފެށުމަކީ. ދެން އޭގެ ފަހުން ހަމަ ގައުމީ ޓީމްތަކުގެ ކޯޗުން. ނިޒާރު ކޯޗުވެސް ވަރަށް ހެލްޕްފުލް، މުންނަ ކޯޗުވެސް ވަރަށް ހިތްވަރުދޭ. ވަރަށް އިތުބާރުކުރޭ މެޗުތަކުގައި. ދެން ކުލަބު ލެވެލްގައި މަސައްކަތްކުރި ކޯޗުންވެސް ފާހަގަކުރަން. އަހުމަދު ކޯޗު، ސައުދު ކޯޗު. މި އެންމެން އެހީވީމަ ނަންނި މިވަރުގެ ޕްލޭޔަރަކަށްވީ" ރަނގަޅު އަޒުމެއްގައި ހުރި ނަންނި، ކެރިއަރުގެ އެކި އިރުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.

މާ ބޮޑު ބޭސިކް ތަމްރީންތަކެއް ނެތި ވޮލީގެ ތެރެއަށް ނިކުތް ނަމަވެސް މިހާރު ނަންނި އަކީ ވޮލީގެ މުހިންމު ނަމަކެވެ. އުއްމީދީ ނަމަކެވެ. ދިވެހި އަންހެން ވޮލީގެ މުސްތަގްބަލާ ގުޅިފައިވާ ނަމެކެވެ. އޭނާގެ އަމާޒަކީ އެ އުއްމީދުތަކާ އެއްވަރަކަށް ކުޅެ ގައުމަށް ރީތި ނަމާ ފަހުރު ހޯދައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox