އެތުލެޓިކޯގެ ކޯޗުގެ މަގާމުގައި ސިމިއޯނީ 613 މެޗު ހަމަކޮށް ކްލަބުގެ ރެކޯޑް މުގުރާލައިފި

Mar 5, 2023, 8:56 AM
އެތުލެޓިކޯގެ ކޯޗުގެ މަގާމުގައި ސިމިއޯނީ 613 މެޗު ހަމަކޮށް ކްލަބުގެ ރެކޯޑް މުގުރާލައިފި

މެޑްރިޑް (މާޗު 5) - އެތުލެޓިކޯ މެޑްރިޑްގެ ކޯޗުގެ މަގާމުގައި 613 މެޗު ހަމަކޮށް، އެ ޓީމުގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ ކްލަބުގެ ރެކޯޑެއް މުގުރާލައިފި އެވެ.

އެތުލެޓިކޯ އަށް އެންމެ ގިނަ މެޗު ކޯޗުކޮށްދިނުމުގެ ރެކޯޑް ސިމިއޯނީ، 54، މުގުރާލިއިރު، 612 މެޗާ އެކު މި ރެކޯޑް ކުރިން އޮތީ މަޝްހޫރު ކޯޗު ލުއިސް އަރަގޮނޭސްގެ އަތުގަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 6-1 އިން އެތުލެޓިކޯ މޮޅުވި މެޗުގެ ކުރިން، ސިމިއޯނީގެ ރެކޯޑް ފާހަގަކޮށް އެ ކްލަބުން ވަނީ ސިމިއޯނީ އަށް ހާއްސަ ޖޯޒީއެއް ހަދިޔާކޮށްފަ އެވެ.

މި ޖޯޒީ ސިމިއޯނީ އަށް ހަވާލުކުރީ އަރަގޮނޭސްގެ ދަރިފުޅެވެ. މި ޖޯޒީގެ ފަހަތުގައި "ލެޖެންޑް ސިމިއޯނީ" ޖަހާފައި އިންއިރު، ސަޕޯޓަރުން ވެސް ވަނީ ސިމިއޯނީގެ ހިދުމަތުގެ އަގު ވަޒަންކޮށް، އޭނާ އަށް ތަރުހީބު ދީފައެވެ.

އެތުލެޓިކޯ އަށް ކުރިން ކުޅުނު ސިމިއޯނީ އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރެވެ. ސިމިއޯނީގެ ކޯޗުކަމުގެ ދަށުން އެތުލެޓިކޯ އިން ވަނީ 2014 އަދި 2021 ވަނަ އަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ ކޮޕާ ޑެލް ރޭ ވެސް ކާމިޔާބުކުރި އެވެ.

ސިމިއޯނީ ވަނީ ސްޕެއިންގެ ވަރުގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ވާދަކުރެވޭ ފެންވަރުގެ ޓީމަކަށް އެތުލެޓިކޯ ބައްޓަންކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު އެތުލެޓިކޯ ވާދަކުރި އެވެ. މީގެ އިތުރުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން 2012 އަދި 2018 ވަނަ އަހަރު ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox