ގްރީޒްމަން، އެމްއެލްއެސްގެ އޮފާ މި ވަގުތަށް މަޑުޖައްސާލީ ކީއްވެ؟

Mar 8, 2026, 5:31 AM
ގްރީޒްމަން، އެމްއެލްއެސްގެ އޮފާ މި ވަގުތަށް މަޑުޖައްސާލީ ކީއްވެ؟

އޯލަންޑޯ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 8) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި، އަންޓުއާން ގްރީޒްމަން، އެމެރިކާ ލީގު (އެމްއެލްއެސް) އަށް ބަދަލުވުމުގެ ވާހަކަތައް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ގްރީޒްމަން، ޖެނުއަރީ މަހުން ފެށިގެން އައީ އެމްއެލްއެސްގެ ކްލަބް، އޯލަންޑޯ ސިޓީއާ ވާހަަކަ ދައްކަމުންނެވެ. އެކަމަކު، އެންމެ ފަހު ވަގުތު ގްރީޒްމަން ނިންމީ އެތުލެޓިކޯގައި މަޑުކުރުމަށެވެ.

އެތުލެޓިކޯގެ ސްޕޯޓިން ޑިރެކްޓަރު، މަޓެއު އަލެމާނީ ވިދާޅުވީ، ކްލަބްގައި މަޑުކުރަން ނިންމީ ގްރީޒްމަންގެ ހާއްސަ އަމާޒެއް އޮތުމުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ގްރީޒްމަން ބޭނުންވަނީ، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ އެކު، ކާމިޔާބު ހޯދަން ކުރެވުނު މަސައްކަތެއް ކުރުމަށް މަޑުކުރާށެވެ.

ސްޕެނިޝް ލީގުގައި މި ފަހަރު އެތުލެޓިކޯގެ 23 މެޗެއްގައި ގްރީޒްމަން ކުޅެފައިވާއިރު، ފުރަތަމަ އެގާރައިގައި ހިމެނުނީ ހަ މެޗެއްގަ އެވެ. މިހާތަނަށް ލީގުގައި ގްރީޒްމަން ވަނީ ހަ ލަނޑު ޖަހައިފަ އެވެ.

އޯލަންޑޯ ސިޓީން ގްރީޒްމަން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ދެން، އެ ޓީމުން މަޝްވަރާކުރަނީ، ޖުލައި އެއް ވަނަ ދުވަހު ހިލޭ ޓްރާންސްފާއެއްގައި ގްރީޒްމަންގެ ސޮއިހޯދުމަށެވެ. އެއީ، ސޮއިކުރާއިރު، ބޮޑު ބޯނަހެއް ދޭ ގޮތަށެވެ.

މީގެ ކުރިން ވެސް ގްރީޒްމަން ވަނީ އެއް ފަހަރު އެތުލެޓިކޯ ދޫކޮށްލައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ގްރީޒްމަން ވަނީ އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އެކަމަކު، ބާސެލޯނާގައި ދެ އަހަރު ހޭދަކުރުމަށްފަހު ގްރީޒްމަން އެނބުރި އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.

ކުރިން ރެއާލް ސޮސިއެޑާޑަށް ކުޅުނު ގްރީޒްމަން އެންމެ ބޮޑަށް ވިދާލީ، އެތުލެޓިކޯ އަށް 2014 އިން 2019 ވަނަ އަހަރާ ހަމަ އަށް ކުޅުނުއިރުގަ އެވެ. އެތުލެޓިކޯއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގްރީޒްމަން ވަނީ ފްރާންސްއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ގްރީޒްމަން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފްރާންސް ގައުމީ ޓީމުން ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox