ދެ ވަނަ ލެގުން އެތުލެޓިކޯ އަތުން މޮޅުުވިޔަސް ސްޕެނިޝް ކަޕުން ބާސެލޯނާ ކަޓައިފި

Mar 4, 2026, 4:34 AM
ދެ ވަނަ ލެގުން އެތުލެޓިކޯ އަތުން މޮޅުުވިޔަސް ސްޕެނިޝް ކަޕުން ބާސެލޯނާ ކަޓައިފި

ބާސެލޯނާ (މާޗް 4) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ 3-0 އިން އެތުލެޓިކޯ މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި ބާސެލޯނާ މޮޅުވި ނަމަވެސް އެގްރިގޭޓުން ކުރި ނުލިބޭތީ މުބާރާތުން ކަޓައިފި އެވެ.

ފުރަތަމަ ލެގުގައި އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި 4-0 އިން ހޯދި މޮޅާ އެކު، އެގްރިގޭޓުން 4-3 އިން ކުރިހޯދައި އެ ޓީމު ވަނީ ކޮޕަ ޑެލް ރޭގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ވަރުގަދަކޮށް ފެށި ބާސެލޯނާ އިން ލީޑުނެގީ 29 ވަނަ މިނިޓްގަ އެވެ. ލަމީން ޔަމާލް ދިން ބޯޅައަކުން ބާސެލޯނާ އަށް މި ލަނޑު ޖަހައިދިނީ މާކް ބާނާލް އެވެ. އޭގެ ފަހުން، ދެ ވަނަ ލަނޑެއް ޖެހޭތޯ ބާސެލޯނާ އިން މަސައްކަތްކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ، ބާސެލޯނާގެ ޕެޑްރީ އަށް އޭރިއާތެރެއިން އެތުލެޓިކޯގެ ކްލެމެން ލޯންގްލޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ރަފީނިއާ ޖެހި ގޯލެކެވެ.

އެތުލެޓިކޯ އަށް ލަނޑެއް ޖަހައިދޭން ޖޫލިއަން އަލްވަރޭޒް ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ކީޕަރު، ޖޮއާން ގާސިއާ ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ވެސް ބާނާލް އެވެ. މިއީ، 72 ވަނަ މިނިޓްގައި ޖޮއާއޯ ކަންސޭލޯ ނެގި ހުރަހަކަށް އަރައި ބާނާލް ޖެހި ލަނޑެކެވެ. މިއީ، އެންމެ ފަހުން ހަތަރު މެޗުން އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ.

ބާސެލޯނާ އަށް އިތުރު ލަނޑެއް ޖަހައިދޭން ޖެރާޑް މާޓީން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އެތުލެޓިކޯ އިން ފައިނަލުގައި ކުޅޭނީ ދެ ވަނަ ސެމީން ރެއާލް ސޮސިއެޑާޑް އާއި އެތުލެޓިކް ބިލްބާއޯ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox