ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވޮލީބޯޅަ ރެފްރީން ތަމްރީން ކުރަން "ނެޝަނަލް ވޮލީބޯލް ރެފްރީސް ކޯސް" ގެ ނަމުގައި ކޯހެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ވީއޭއެމުން ބުނީ މި މަހު 7-17 އަށް މާލެ ސިޓީގައި ކުރިއަށްދާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. މިއީ ޔޫތު މިނިސްޓްރީ އާއި ވޮލީބޯލް އެސޯސިއޭޝަން އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން މިނިސްޓްރީގެ ފަންޑްގައި ކުރިއަށްދާ ކޯހެކެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން، މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ވީއޭއެމް އިން ރެފްރީސް ކޯސް އިއުލާނުކުރި ޕޯސްޓް: މި ޕޯސްޓްގައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ކޯހުގައި ބައިވެރިވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ.
އަދި ވީއޭއެމް އިން ރެފްރީސް ކޯސް އިއުލާނުކުރަން އާންމުކުރި ޕޯސްޓްގައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް، ފޯމެއް ފުރައިގެން ވެސް މި ކޯހުގައި ބައިވެރިވުމުގެ ކަންކަން ކުރިއަށްގެންދެވިދާނެ އެވެ.
އެ ގޮތުން، މާލެ ސިޓީގައި ކުރިއަށްދާ މި ގައުމީ ލެވަލްގެ ރެފްރީންގެ ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވީއޭއެމުން ބާއްވާ ގައުމީ ލެވަލްގެ މުބާރާތްތަކުގައި އިންސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން ވީއޭއެމް އިން އަންނަނީ ދިވެހި ރެފްރީންނަށް ބައިނަލްއަގުވާމީ ލެވަލްގައި ވެސް އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ސަރަހައްދީ ލެވަލްގެ މުބާރާތްތަކަށް ދިއުމަށް ފުރުސަތު ހޯދައިދިނުމުގެ މަސައްކަތާއި، ގައުމީ ޓީމުތަކުން ރާއްޖޭން ބޭރުގައި ކޭމްޕް ފުރިހަމަކުރާއިރު، ރެފްރީންނަށް އިތުރު ތަޖުރިބާ ހޯދަން ފުރުސަތު ދެ އެވެ.












