މާރާމާރީގައި ޒަހަމްވި މީހާ މަރުވެއްޖެ

ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ ޒަހަމްވި 30 އަހަރުގެ މީހާ ކްރާސާ ފިހާރަ ތެރެއަށް ވެއްޓިފައި އޮތް ތަން ލެއިން ތަތްތެޅިފައި. އޭނާ ވަނީ އައިޖީއެމްއެޗްގައި މިރޭ ނިޔާވެފައި. -- ފޮޓޯ: އަދަދު

ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ ޒަހަމްވި 30 އަހަރުގެ މީހާ ކްރާސާ ފިހާރަ ތެރެއަށް ވެއްޓިފައި އޮތް ތަން ލެއިން ތަތްތެޅިފައި. އޭނާ ވަނީ އައިޖީއެމްއެޗްގައި މިރޭ ނިޔާވެފައި. -- ފޮޓޯ: އަދަދު

ހުކުރު ދުވަހުގެ ރޭގެ މާފަންނު މުރަނގަމަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ވަޅިޖަހައި ޒަހަމުކޮށްލި މީހާ މިރޭ މަރުވެއްޖެ އެވެ.

އައްޑު އަށް ނިސްބަތްވާ 30 އަހަރުގެ އެ މީހާ މަރުވިކަން އޭނާގެ އާއިލާއިން މި ނޫހަށް ކަށަވަރުކޮށް ދިނެވެ.

މާރާމާރީއާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތުން ފެށިގެން އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

އޭނާ އަށް ހަމަލާ ދިނީ ހޮނިހިރު ދުވަހުގެ ރޭ ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ، ކްރާސާ ފިހާރަ ތެރެއަށް ވަދެ ހުއްޓަ އެވެ. ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ސައިކަލުގައި އައި ދެ މީހެކެވެ.

މަރުވި މީހާގެ ހަށިގަނޑު އެތައް ތަނަކަށް އަދި ދެ ފަޔަށް ވަޅިން ހަމަލާދީފައިވެ އެވެ.

އެ މީހާ ޒަހަމްވެ ފިހާރަތެރޭގައި އޮތްއިރު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާގެ އުނަގަނޑުގައި ވެސް އުރައަކަށް ލައްވައި ހަރުކޮށްފައި ހުރި ވަޅިއެއް ހުއްޓެވެ.

އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ފަހުން މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހުރި ކެފޭއަކަށް ގެއްލުންދިން މައްސަލަ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ކަމަށާއި އެ މައްސަލަތަކާ ގުޅޭ 16 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހަމީދު "އަދަދު" އަށް ދެއްވި އެ އިންޓަވިއުގައި ވިދާޅުވީ، މިއީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގާ މާރާމާރީތަކެއް ކަމަށެވެ.

"މިފަހުން މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ ނުރައްކާތެރި މާރާމާރީތަކަކީ 'ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގާ މާރާމާރީ ތަކެއް،" ހަމީދު ވިދާޅުވި އެވެ.

މާރާމާރީތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ވަނީ ދެ ކަމެއް ނިންމައިފަ އެވެ. އެއީ މާލޭ ސަރަހައްދުގައި ހިންގާ މުހިންމު އޮޕަރޭޝަންތަކުގައި ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި އިއްޔެ ބޭނުންކުރަން ފެށުމެވެ. އަދި ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާނަމަ ފާރަވެރިވާނެ ކަމަށް ބުނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox