ފޯމުގައި އޮތް އަފްގާނިސްތާން ސިއްސުވާލައި ސިންގަޕޫރު ފައިނަލަށް

Feb 26, 2023, 11:12 AM
ސިންގަޕޫރު ކުޅުންތެރިން މިއަދުގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަަދަދު

ސިންގަޕޫރު ކުޅުންތެރިން މިއަދުގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަަދަދު

މުބާރާތުގެ ލީގު ބުރުގައި ހުރިހާ މެޗެއް ކާމިޔާބުކޮށް 100 ޕަސެންޓް ރެކޯޑަކާ އެކު އޮތް އަފްގާނިސްތާން ސީދާ ތިން ސެޓުން ބަލިކޮށް ފޯ ނޭޝަންސް ކަޕްގެ ފިރިހެން ބައިގެ ފައިނަލުން ސިންގަޕޫރު ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލާ ހަމައަށް ސިންގަޕޫރު އައީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ލީގު ބުރުގެ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި އޮތް އަފްގާނިސްތާން އަތުން ސިންގަޕޫރު މޮޅުވި މެޗުގެ ސެޓުތައް ނިމުނީ 25-18، 25-22 އަދި 25-22 އިންނެވެ.

ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ހީކުރި ގޮތާ ހިލާފަށް މޮޅަށް ކުޅެ ލީޑު ކުރީ ސިންގަޕޫރުންނެވެ. ސެޓުގެ ކުރީކޮޅު ނެގި ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓައި އެ ލީޑު ފަހު ވަގުތު ފުޅާކުރި އެވެ. އެ ޓީމުގެ ދެ އެޓޭކަރުން ކަމަށްވާ ޖޯޑަން ވޮންގް އަދި އަޖޭ ސިންގްގެ ބާރު ހަމަލާތަކާ އެކު އަފްގާނިސްތާނަށް މެޗުގައި އުނދަގޫތައް ދިމާވި އެވެ. ސިންގަޕޫރުން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން އަފްގާނިސްތާނުން ކުޅުން ރަނގަޅުކުރި ނަމަވެސް ޑިފެންސް ދަށްވެ، އަނެއްކާވެސް ސިންގަޕޫރުން ލީޑު ނެގި އެވެ. މި މެޗަކީ މިހާތަނަށް މި މުބާރާތުގައި އަފްގާނިސްތާނުގެ ބްލޮކިން ޑިޕާޓްމެންޓް އެންމެ ދަށްކޮށް ފެނުނު މެޗެވެ. އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނު ކުރެވުމުން އޭގެ ފައިދާ ސިންގަޕޫރުން ނެގި އެވެ. އިތުބާރާ އެކު ކުޅެ މި ސެޓު ސިންގަޕޫރުން ގެންދިޔައީ 25-22 އިންނެވެ.

ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި އަފްގާނިސްތާނާއި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ސެޓު ފަށައިގެން ވެސް ފެނުނީ އެއް މަންޒަރެކެވެ. އަފްގާނިސްތާނުގެ އެޓޭކަރުން ވަރަށް ރަނގަޅަށް ރީޑްކޮށް ސިންގަޕޫރުން މޮޅެތި ބްލޮކްކުރި އެވެ. މި ސެޓުގެ ފަހުކޮޅަށް ދިޔައިރު ހަތަރު ފަހަރެއްގެ މަތިން އަފްގާނިސްތާނުން ސްކޯ އެއްވަރުކުރި އެވެ. އެހެންނަަމަވެސް، 22-22 ގައި ސްކޯ އޮއްވައި މޮޅު ދެ ބްލޮކެއް ކޮށް ސިންގަޕޫރުން ސެޓު ނިންމާލި އެވެ. ސީދާ ތިން ސެޓުން އަފްގާނިސްތާނުން ބަލިކޮށް ސިންގަޕޫރުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދީ ފަހު ސެޓު 25-22 އިން ހޯދައިގެންނެވެ.

މުބާރާތުގަ ފައިނަލުގައި ސިންގަޕޫރު ވާދަކުރާނީ މިރޭ ރާއްޖެ އާއި މެލޭޝިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ 8:30 ގަ އެވެ. ފޯ ނޭޝަންސް ކަޕްގެ އަންހެން ބައިގެ ވެސް ފައިނަލުން ސިންގަޕޫރު ވަނީ ކުޅުނު ދެ މެޗުން މޮޅުވެގެން ފުރުސަތު ހޯދައިފަ އެވެ. ސިންގަޕޫރު އަންހެން އަދި ފިރިހެން ޓީމުގެ ވެސް ކޯޗަކީ ކުރިން ރާއްޖޭގެ ފިރިހެން ޓީމުގެ ކޯޗަކަށް ހުރި ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox