ސެމީ މެޗަށް ތައްޔާތު، އަންހެން ވޮލީ ޓީމު އޮތީ އިތުބާރާ އެކު: ކޯޗު ނިޒާރު

Feb 26, 2023, 7:21 AM
ގައުމީ އަންހެން ޓީމުގެ ކުޅުންތެރިންނަށް ކޯޗު ނިޒާރު ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ޓީމުގެ ކުޅުންތެރިންނަށް ކޯޗު ނިޒާރު ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި މިއަދު ހަވީރު މެލޭޝިއާއާ ދެކޮޅަށް ނިކުންނަނީ އިތުބާރާ އެކު ކަމަށާއި، ޓީމުގެ ހުރިހާ ފޯކަސް އެއް މިހާރު އޮތީ ސެމީ ފައިނަލް މެޗަށް ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ބުނެފި އެވެ.

ރާއްޖެ ސެމީ ފައިނަލް މެޗު ކުޅެން ޖެހުނީ ލީގު ބުރުގައި ކުޅުނު ދެ މެޗުން ބަލިވުމުންނެވެ. ތިން ޓީމު ވާދަކުރާ މުބާރާތުގެ އަންހެން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސިންގަޕޫރެވެ. އެ ޓީމުން ވަނީ ލީގު ބުރުގެ ދެ މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. ރާއްޖެ ސެމީ ފައިނަލް މެޗުގައި ނިކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ.

މެލޭޝިއާއާ ދެކޮޅަށް ލީގު ބުރުގައި ކުޅުނު މެޗުން ރާއްޖެ ވަނީ ފަސް ސެޓު ކުޅެގެން 3-2 އިން ބަލިވެފަ އެވެ.

ސެމީ ފައިނަލް މެޗާ ގުޅޭގޮތުން ނިޒާރު ބުނީ ފުރަތަމަ މެޗަކީ ރާއްޖެ އަށް މޮޅުވެވޭނެ މެޗެއް ކަމަށާއި، އެ މެޗުގައި ގިނަ މިސްޓޭކްތަކެއް ވެސް ހެދުނު ކަމަށެވެ. ނަމަވެސް ކުޅުންތެރިން މަސައްކަތް ކޮށްގެން ކުޅެ ފަހު ވަގުތާ ހަމައަށް ހިތްވަރުކުރި ކަމަށާއި، މިހާރު ފޯކަސް ހުރީ އާ ވިސްނުމަކާ އެކު މިއަދުގެ މެޗަށް ނިކުންނަން ކަމަށެވެ.

ގައުމީ ފިރިހެން ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ނިޒާރު ބުނީ ސެމީ ފައިނަލް މެޗަކީ އާ މެޗެއް ކަމަށާއި، ކުރީ މެޗުގެ ނަތީޖާ އާއި ދެއްކުނު ކުޅުމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. ހަމައެކަނި ވިސްނުމަކީ މި މެޗަށް ރަނގަޅަށް ތައްޔާރުވެ މެޗު ކާމިޔާބު ކުރަން ކަމަށް ވެސް ނިޒާރު ބުނެފައިވެ އެވެ.

"ފުރަތަމަ މެޗުގައިވެދިޔަ ކަންތައް އެ އޮތީ ނިމިފައި. މިހާރު މިއީ އާ މެޗެއް. މިހާރު މުބާރާތުގެ މިހާ ހިސާބަށް އައިއިރު ޓީމަށް ކުރިއެރުން ވެސް ލިބިއްޖެ. އަހަރުމެންގެ އަސްލު ފެންވަރުގައި ކުޅެވޭނެ ކަމަށް އުއްމީދުކުރަނީ، އެ އިތުބާރު އެބައޮތް" ކޯޗު ނިޒާރު ބުންޏެވެ.

ނިޒާރު ބުނީ ސެމީ މެޗުގެ ކުރިން އެއް ދުވަސް ރެސްޓް ކުރަން ލިބުމަކީ ވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި، ރަނގަޅަށް ރިކަވާވެ، މެޗަށް ތައްޔާރުވާން އެކަށިގެންވާ ވަގުތު ހުރިހާ ގޮތަކުން ވެސް ޓީމަށް ލިބިއްޖެ ކަމަށެވެ.

ރާއްޖެ އަކީ ވަރުގަދަ ޓީމެއް، ސެމީ ފައިނަލް މެޗު އުނދަގޫވާނެ: މެލޭޝިއާ

މެލޭޝިއާގެ ކޯޗު ލިއު ކޮކް ހޯ ބުނީ އޭނާގެ ޒުވާން ޓީމަށް މި މުބާރާތުން ގިނަ ފިލާވަޅުތަކެއް ލިބިއްޖެ ކަމަށާއި، ކުރިއަށް އޮތް މެޗަކީވެސް އާ ޗެލެންޖެއް ކަމަށެވެ.

އޭނާ ބުނީ ސިންގަޕޫރު މެޗުންވެސް ބަލިވި މައިގަނޑު ސަބަބަކީ ކުޅުންތެރިންގެ ތަޖުރިބާ މަދުވުން ކަމަށާއި، ޒުވާން ކުޅުންތެރިންނަށް ޕްރެޝަރު ދަނޑިވަޅުތަކުގައި ރަނގަޅަށް ނުކުޅެވެނީ ކަމަށެވެ. އޭނާ ބުނީ މުހިންމު ދަނޑިވަޅުގައި ކުޅުންތެރިން ހިތް އަވަސްވެ، ނިންމުންތައް ގޯސްވަނީ ކަމަށާއި، ސެމީ މެޗުގައި އެކަން ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ކުޅުން ގޯހެއް ނޫން. ޕްރެޝަރަށް ދާ ގަޑީގައި މާ މިސްޓޭކް ގިނަވަނީ، ސިންގަޕޫރު އަތުން ބަލިވީވެސް އެހެންވެ. ދެން މިހާރު އުއްމީދުކުރަނީ ސެމީ މެޗުގައި ރަނގަޅު ކުރެވޭނެކަމަށް" ކޯޗު ބުންޏެވެ.

ކޯޗު ލިއު ހޯ ބުނީ ސެމީ މެޗުގައި ރާއްޖޭގެ ގިނަ ސަޕޯޓަރުން ހޯލަށް އަންނާނެކަން އެނގޭކަމަށާއި، ސަޕޯޓަރުން ގިނަވުމަކީ އެ ޓީމުން ވެސް ބޭނުންވާ ގޮތް ކަމަށެވެ.

މެލޭޝިއާ އާއި ރާއްޖެ ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox