މެލޭޝިއާ އަތުން ވެސް ބަލިވެ ސިންގަޕޫރު ލީގު ބުރުގެ ފުލަށް

Feb 25, 2023, 3:04 PM
ސިންގަޕޫރު އަތުން މެލޭޝިއާ މޮޅުވި މެޗުގައި މެލޭޝިއާއިން ޕޮއިންޓެއް ހޯދުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިންގަޕޫރު އަތުން މެލޭޝިއާ މޮޅުވި މެޗުގައި މެލޭޝިއާއިން ޕޮއިންޓެއް ހޯދުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ބައިގެ ލީގު ބުރުގައި މެލޭޝިއާ އަތުން ވެސް ސިންގަޕޫރު ބަލިވެއްޖެ އެވެ.

މެލޭޝިއާ އަތުން މިއަދު 3-1 ސެޓުން ސިންގަޕޫރު ބަލިވުމާ އެކު އެ ޓީމު ދިޔައީ ލީގު ބުރުގެ ފުލަށެވެ. ސެމީ ފައިނަލުގައި އެ ޓީމު ނުކުންނާނީ ލީގު ބުރުގެ އެއް ވަނައާ ދެކޮޅަށެވެ.

ލީގު ބުރުގެ އެއް ވަނަ ޔަގީން ވާނީ މިރޭ ރާއްޖެ އާއި އަފްގާނިސްތާން ވާދަކުރާ މެޗުގެ ނަތީޖާ އިންނެވެ. މިރޭގެ މެޗު ފަސް ސެޓަށް ގޮސްފިނަމަ އެއް ވަނަ ލިބޭނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ މެލޭޝިއާ އަށެވެ. އެނޫން ނަތީޖާ އަކުން ނިމިއްޖެ ނަމަ މޮޅުވާ ޓީމަކަށް ލީގު ބުރުގެ އެއް ވަނަ ލިބުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ސިންގަޕޫރު އަތުން މެލޭޝިއާ މިއަދު މޮޅުވި މެޗުގެ ސެޓުތައް ނިމުނީ 25-22، 25-18، 20-25 އަދި 25-17 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފެށިގޮތަށް މެލޭޝިއާ އިން ވަނީ ފޯމުގައި ކުޅެ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، 7-2 އިން މެލޭޝިއާ ލީޑުގައި އޮއްވާ ސިނގަޕޫރުން ޓައިމްއައުޓެއް ނެގި އެވެ. އޭގެ ފަހުން މަޑު މަޑުން ސްކޯކައިރިކޮށް 7-7 އިން އެއްވަރުކުރި އެވެ. އަނެއްކާ ވެސް މެލޭޝިއާގެ ބާރު ހަމަލާތަކާ އެކު އެޓީމުން އަލުން ލީޑު ނެގި އެވެ. މި ލީޑުގައި އޮވެ ކުޅެމުން ގޮސް ސެޓުގެ ފަހުކޮޅު ސްކޯ އޮތީ 19-15 ގަ އެވެ. މި ދަނޑިވަޅުގައި ރަނގަޅު ބްލޮކްތަކެއްކޮށް ސިންގަޕޫރުން 21-20 އަށް ސްކޯ ކައިރި ކުރި އެވެ.

މެލޭޝިއާ އާއި ސިންގަޕޫރު ފޯ ނޭޝަންސް ކަޕްގައި ވާދަކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނަމަވެސް ފަހު ވަގުތު މުހައްމަދު ފަހުމީގެ ބާރު ހަމަލާތަކުން މެލޭޝިއާ އިން 25-22 އިން މި ސެޓު ކާމިޔާބުކުރި އެވެ.

ދެ ވަނަ ސެޓުވެސް މެލޭޝިއާ އިން ފެށީ ފޯމުގަ އެވެ. ހަތަރު ޕޮއިންޓްގެ ލީޑެއް ސެޓު ފެށި ގޮތަށް ނަގައި މަޑު މަޑުން އެ ލީޑު ފުޅާކޮށް ހިފެހެއްޓި އެވެ. އެޓީމްގެ ދެ ބްލޮކަރުންކަމަށްވާ ޝޮން ޝިއަން އާއި ރަޔަން ޓޭންގެ މޮޅު ކުޅޫމާއިއެކު މެލޭޝިއާ އިން މި ސެޓު ހޯދީ 25-18 އިންނެވެ.

ތިން ވަނަ ސެޓު ފަށައިގެން އެއްވަރުކޮށް ދިޔަ ނަމަވެސް ސިންގަޕޫރުން ލީޑު ނެގި އެވެ. އެ ޓީމުގެ ޖޯޑަން ރްޔާން އާއި އަޖޭ ސިންގްގެ ބާރު ހަމަލާތަކުން ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައި ސެޓުގެ ފަހުކޮޅާ ހަމައަށް އެ ލީޑު ދެމެެހެއްޓި އެވެ. މި ސެޓުގައި މެލޭޝިއާގެ ޑިފެންސް ފެނުނީ ތަންކޮޅެއް ދަށްކޮށެވެ. އެ ގޮތުން، 16-21 އަށް ސްކޯ ދިޔުމާ އެކު މެލޭޝިއާ އިން ޓީމު ހަމައަކަށް އަޅުވަން ޓައިމްއައުޓެއް ވެސް ނެގި އެވެ.

ޓައިމް އައުޓަށް ފަހު އަރައި، ސްކޯ 20-23 އަށް ކައިރިކުރުމުން ސިންގަޕޫރުން ވެސް އެ ޓީމުގެ ޓައިމްއައުޓްގެ ބޭނުން ކުރި އެވެ. ދެން އައި ދެ ޕޮއިންޓް ހޯދައި 20-25 އިން މި ސެޓު ސިންޕޫރުން ކާމިޔާބުކުރި އެވެ.

ހަތަރު ވަނަ ސެޓުވެސް ލީޑުގައި އޮވެ ފެށީ މެލޭޝިއާ އިންނެވެ. ސެޓު ފެށިގޮތަށް ބާރު ހަމަލާތަކާއި ވަރުގަދަ ބްލޮކްތަކާ އެކު އެޓީމުން ލީޑު ދެމެހެއްޓި އެވެ. ސެޓުގެ މެދުތެރެއިން ލީޑު ފަސް ޕޮއިންޓަށް ފުޅާކުރުމާ އެކު ސިންގަޕޫރު ޓީމަށް އެނބުރި އައުމަށް އުނދަގޫތައް ކުރިމަތިވި އެވެ. ނަތީޖާ އެއްގެ ގޮތުން މެލޭޝިއާ އިން މި ސެޓު 25-17 އިން ކާމިޔާބުކޮށް މެޗުން މޮޅުވި އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލް ދެ މެޗު މާދަމާ އޮންނާނެ އެވެ. މި ދެ ޓީމު ސެމީ ފައިނަލުގައި ކުޅޭނެ ޓީމެއް އިނގޭނީ މިރޭ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އާއި އަފްގާނިސްތާން ވާދަކުރާ މެޗުގެ ނަތީޖާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox