ސިންގަޕޫރު ފައިނަލަށް، މެލޭޝިއާ އާއި ރާއްޖެ ސެމީގައި

Feb 25, 2023, 11:03 AM
ެމެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސިންގަޕޫރު ކުޅުންތެރިން އުފާފާޅުކުރަނީ. ---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ެމެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސިންގަޕޫރު ކުޅުންތެރިން އުފާފާޅުކުރަނީ. ---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ސިންގަޕޫރުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، ދެ ވަނަ އަށް ދިޔަ މެލޭޝިއާ އާއި ތިން ވަނައިގައި އޮތް ރާއްޖެ ސެމީ ފައިނަލުގައި ވާދަކުރަން ޖެހިއްޖެ އެވެ.

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގެ ލީގު ބުރުގެ ކުޅުން ނިމިފައިވާއިރު، ދެ މެޗުން މޮޅުވެ، ސިންގަޕޫރު ވަނީ އެއް ވަނަ ހޯދައިފަ އެވެ. ސިންގަޕޫރުން މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ވާދަކުރާއިރު އަންހެން އަދި ފިރިހެން ޓީމުގެ ކޯޗަކަށް ހުރީ މީގެ ކުރިން ރާއްޖޭގެ ގައުމީ ފިިރިހެން ޓީމުގެ ކޯޗަކަށް ހުރި ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.

ދެ ވަނަ އަށް ދިޔަ މެލޭޝިއާ އިން ވަނީ ލީގު ބުރުގައި ފަސް ސެޓު ކުޅެގެން ރާއްޖެ ބަލިކޮށްފަ އެެވެ. ރާއްޖެ އޮތީ ތިން ޓީމު ވާދަކުރާ މި ޑިވިޝަނުގެ ތިން ވަނައިގަ އެވެ.

މެލޭޝިއާ އާއި ރާއްޖެ ކުޅޭ ސެމީ ފައިނަލް އޮންނާނީ މާދަމާ ހަވީރު 16:30 ގަ އެވެ. އަދި އެ މެޗުން މޮޅުވާ ޓީމެއް ހޯމަ ދުވަހު ހަވީރު 16:30 ގައި ކުޅޭ އަންހެން ޑިވިޝަނުގެ ފައިނަލުގައި ސިންގަޕޫރާ ބައްދަލުކުރާނެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު މެޗު ފަށައިގެން ސިންގަޕޫރުން ވަނީ އިއްޔެ ރާއްޖެ އަތުން ތިން ސެޓުން މޮޅުވިއިރު، ދެއްކި ފަދަ ކޮންފިޑެންސެއްގައި ފުރަތަމަ ސެޓުގެ ކޮންޓްރޯލް ނަގައިގެން ކުޅެފަ އެވެ.

ފުރަތަމަ ސެޓުގެ މެޖޯރިޓީ ބައިގައި ސިންގަޕޫރުން ފަސް ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު، އެ ޓީމުން ސެޓު ނިމުމާ ހަމައަށް ކުޅެލީ މާ ބޮޑު ޕްރެޝަރެއް ނެތި އެވެ. ސިންގަޕޫރުން މި ސެޓު ގެންދިޔައީ 25-20 އިންނެވެ.

ސިންގަޕޫރު ކުޅުންތެރިއަކު ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން މެލޭޝިއާ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެލޭޝިއާ އިން ދެ ވަނަ ސެޓު ފަށައިގެން ކޮންމެ ވެސް ވަރަކަށް އެ ޓީމުގެ ރިސީވް ކުރުމުގެ ކަންކަން ރަނގަޅުކުރި އެވެ.

އެކަމަކު، މެލޭޝިއާ އަށް މައްސަލަ ދިމާވީ އެކަން ދަމަހައްޓައި ރަނގަޅަށް ކުޅެން ލިބުނު ވަގުތުގައި އެކަން ނުކުރެވުމުންނެވެ. އޭގެ ބަދަލުގައި ފުލުފުލުގައި ސިންގަޕޫރުން ކާމިޔާބުކުރި އެޓޭކިން ބޯޅަތަކާ އެކު އެ ޓީމުން ވަރަށް ރަނގަޅު ލީޑަކާ އެކު މި ސެޓުގެ ކޮންޓްރޯލް ނެގި އެވެ. އެ ގޮތުން، ސެޓުގެ މެދަކާ ހަމައިން ސިންގަޕޫރުން ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. އެއާ އެކު، މެލޭޝިއާ އިން ޓައިމްއައުޓެއް ވެސް ނެގި އެވެ. އެކަމަކު، ޓައިމްއައުޓަށް ފަހު ވެސް ފެނިގެންދިޔައީ ސިންގަޕޫރު ކައިރީގައި މެލޭޝިއާ އަށް ކުޅެން އުނދަގޫވި މަންޒަރެވެ. ނަތީޖާ އަކަށްވީ ސިންގަޕޫރުން ދެ ވަނަ ސެޓު، 25-14 އިން ގެންގޮސް ސެޓެއް ނުގެއްލި މެޗުން މޮޅުވާން އިތުބާރު ހޯދުމެވެ.

ތިން ވަނަ ސެޓުގައި މެލޭޝިއާ އިން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅުކުރި ނަމަވެސް، ސިންގަޕޫރުން ފެނުނީ މާ ވަރުގަދަކޮށެވެ. އެ ޓީމުން މުޅި މެޗުގައި ކުޅެލި ވަރުގަދަ ރޫހުގައި މި ސެޓު، 25-19 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

މުބާރާތުގައި މިއަދު، ދެން، އޮންނާނީ ފިރިހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުތަކެވެ. އެ ގޮތުން 16:30 ގައި އޮތީ ސިންގަޕޫރާއި މެލޭޝިއާ ކުޅޭ މެޗެވެ. އަދި މިރޭ، 20:30 ގައި ރާއްޖެ ކުޅޭނީ އަފްގާނިސްތާނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox