2.5 ބިލިއަން ޑޮލަރުގެ ޑީލެއް: އެމެރިކާ ލީގު އެޕަލް ޓީވީ އަށް!

Feb 25, 2023, 6:32 AM
އެމްއެލްއެސްގެ ޓޮރޮންޓޯ އެފްސީ އަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް ލޮރެންޒޯ އިންސީނިއޭ ބޯޅަ ފޮނުވާލަނީ.

އެމްއެލްއެސްގެ ޓޮރޮންޓޯ އެފްސީ އަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް ލޮރެންޒޯ އިންސީނިއޭ ބޯޅަ ފޮނުވާލަނީ.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 25) - ކުރިއަރަމުން އަންނަ އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ މެޗުތައް 2.5 ބިލިއަން ޑޮލަރުގެ އަގަކަށް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މުއްދަތަށް އެޕަލް ޓީވީ އަށް ވިއްކާލުމުގެ ޑީލް ފައިނަލް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

މި ޑީލް ހިނގައިފިނަމަ، އެމްއެލްއެސް ވެގެންދާނީ މުޅި ދުނިޔެ އަށް އެއް ޕްލެޓްފޯމެއްގެ ޒަރިއްޔާ އިން ސްޓްރީމް ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފުރަތަމަ ލީގަށެވެ.

އެމެރިކާގައި މީގެ ކުރިން އެމްއެލްއެސްގެ މެޗުތައް ދައްކާފައިވަނީ ފުރުސަތު ލިބޭ ޓީވީ ޗެނަލްތަކުންނެވެ. އެ ގޮތަށް މެޗުތައް ދައްކާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެލްއެސް މެޗުތައް އަޅުވަން ޓީވީތަކުން އެއްބަސްވަނީ އެމެރިކާގެ ފޯރިގަދަ ބާސްކެޓް ބޯޅަ މުބާރާތް، އެންބީއޭ ބާސްކެޓްބޯޅަ ލީގާއި އެންއެފްއެލް، އެމެރިކަން ފުޓްބޯޅަ ލީގުގެ މެޗުތައް ނުކުޅޭ ވަގުތުތަކުގައި ދައްކާ އެމްއެލްއެސް މެޗުތައް އަޅުވާ ގޮތަށެވެ. އެހެންވެ، އެމެރިކާގައި އެމްއެލްއެސް އިސްތިހާރު ކުރުމަށާއި މުޅި ދުނިޔޭގެ ނިސްބަތަށް ބެލިޔަސް އެމްއެލްއެސް ޕްރޮމޯޓްކުރަން ވަނީ ގޮންޖެހުން ބޮޑުވެފަ އެެވެ.

Advertisement

އެކަމަކު، އެޕަލް ޓީވީއާ އެކު މި ޑީލް ނިންމައި، މުޅި ދުނިޔެ އަށް ސްޓްރީމް ކުރެވޭ ގޮތަށް އެމްއެލްއެސް ކުރިއަށް ގޮސްފިނަމަ އޭގެ ނަތީޖާ އެކި ގޮތްގޮތުން ރަނގަޅުވާނެ ކަމަށް އެމްއެލްއެސް އިން ގަބޫލުކުރެ އެވެ.

އެމްއެލްއެސްގެ ކޮމިޝަނަރު، ޑޯން ގާބާ ބުނީ މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު، އެމެރިކާގެ ބައެއް ކްލަބްތަކުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ގެނެސްގެން ލީގު ފޯރިގަދަކުރެވޭތޯ ބެލި ކަމަށާއި އެކަމަކު އެކަށީގެންވާ ވަރަށް އެކަން ނުކުރެވުނު ކަމަށެވެ. އެހެންކަމުން، އެހެން ދިމާލަކުން ވިސްނާއިރު، މީގެ އެންމެ މުހިންމީ ގިނަ ބަޔަކަށް ލީގު ފެންނަ ގޮތަކަށް ކުރިއަށްދިއުން ކަމަށްވާތީ އެޕަލް ޓީވީއާ އެކު މި ޑީލް މަޝްވަރާކުރަން ފެށީ ކަމަށް ގާބާ ވަނީ ބުނެފަ އެެވެ.

އެމެރިކާގައި 1996 ގައި ފުޓްބޯޅަ ލީގު ފެށިގެން އައީ 10 ޓީމުގެ މެދުގަ އެވެ. އެކަމަކު، އެކި ބަދަލުތައް ގެންނަމުން އައިސް، މިހާރު އެމެރިކާ އާއި ކެނަޑާ ހިއްސާވާގޮތަށް ޕްރޮފެޝަނަލް 29 ކްލަބެއް ހިންގަ އެވެ. މީގެ ކުރިން ކްލަބްތަކުގައި ތިބީ ގިނައިން އެމެރިކާ އާއި ކެނަޑާ އަށް ނިސްބަތްވާ ކުޅުންތެރިން ކަމުގައި ވިޔަސް، މިހާރު އެމެރިކާ ލީގުގައި 80 އެއްހާ ގައުމަށް ނިސްބަތްވާ އެކި ކުޅުންތެރިން އެބަ ކުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox