ހަސަންފުޅު ހޯދުމަށް މާލޭގެ ސީސީޓީވީ ފޫޓޭޖުތަކެއް ބަލައިފި، އޭނާ އަދިވެސް ނުފެނޭ

މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ހަސަން އަލީ (ހަސަންފުޅު)

މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ހަސަން އަލީ (ހަސަންފުޅު)

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ އއ. މަތިވެރިން ގެއްލިފައިވާ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު)، 73 ހޯދުމަށް ކުރާ ތަހުގީގަށް ލިބުނު ބައެއް މައުލޫމާތާ ގުޅިގެން މާލޭ ސަރަހައްދުތަކެއްގެ ސީސީޓީވީ ފޫޓޭޖު ބަލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ބުނީ ހަސަންފުޅު ހޯދުމަށް ގެއްލޭ މީހުންގެ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން ރާއްޖޭގެ ހުރިހާ ފުލުސް މަރުކަޒުތަކަށާއި އިންޓެލިޖެންސަށް މައުލޫމާތު ހިއްސާކުރި ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާ ހޯދުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އަދިވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި އޮޕަރޭޝަނުގެ ތަފުސީލު ދެމުން ފުލުހުން ބުނެފައިވަނީ ހަސަންފުޅު ހޯދުމަށް މަތިވެރީގެ މީހުން އުޅޭ އަދި ފަޅު ހުރިހާ ގެއަކާއި ހުސްބިންތަކާއި ގެސްޓްހައުސް، ކެފޭތަކުގެ އިތުރުން ރަށުގެ ހޭޅިފަށާއި ގޮނޑުދޮށް އަދި ވަލުތެރެ ވެސް ބަލާ ފާސްކުރި ކަމަށެވެ.

އަދި އެ ރަށުގެ އެކި ސަރަހައްދުތަކުން ސީސީޓީވީ ފުޓޭޖުތައް ހޯދާ އެކި މީހުންނާ ސުވާލުކުރެވުނު ކަމަށާއި އެ ރަށުގެ އޮޑި ދޯނިފަހަރުގެ އިތުރުން ހަސަންފުޅު ގޮސްދާނެ ކަމަށް ބެލެވޭ ކައިރި ރަށްތަށް ވެސް ބަލާ ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުން ބުނީ އޭނާ އާންމުކޮށް ދާ ރަށްރަށުގައި ހުރި އޭނާ ގޮސްދާނެ ކަމަށް ބެލެވޭ ގެތަކުގެ މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި މަތިވެރީގެ ގޮނޑުދޮށުން ފެށިގެން ފަޅާއި ކަނޑުގެ ސަރަހައްދު ފީނައިގެން އަދި ވައިގެ މަގުން ވެސް ބަލާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް ހަސަންފުޅު ހޯދުމަށް ކުރި މަސައްކަތުގައި 157 ގަޑިއިރުގެ ސީސީޓީވީ ފޫޓޭޖް ހޯދާ ބެލި ބެލުމުން ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ 31 ޖެނުއަރީ 2023 ގެ 09:30 ހާއިރު މަތިވެރީގެ ފިހާރައަކަށް ވަދެ ނުކުމެގެންދާތަން ކަމަށެވެ.

މި ތަހުގީގުގައި މިހާތަނަށް 199 މީހެއްގެ ފަރާތުން މައުލޫމާތު ހޯދާ 29 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ތަހުގީގުގެ އެންމެފަހުގެ މައުލޫމާތު ހަސަންފުޅުގެ އާއިލާއަށް ފޯރުކޮށްދެމުންދާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅާ ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox