ފްލޯޓިން ސިޓީގެ މާ ބޮޑު ތަފްސީލެއް އަސްލަމް އަށް ވެސް ނޭނގޭ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް؛ ވިދާޅުވީ ފްލޯޓިން ސިޓީގެ މާ ބޮޑު ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށް-- ފޮޓޯ: މަޖިލިސް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް؛ ވިދާޅުވީ ފްލޯޓިން ސިޓީގެ މާ ބޮޑު ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށް-- ފޮޓޯ: މަޖިލިސް

ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ މާ ބޮޑު ތަފްސީލެއް ނޭނގޭ ކަމަށާއި އެހެންނަމަވެސް އެ މަސައްކަތް ނުހުއްޓި ކުރިއަށް ދާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފްލޯޓިން ސިޓީ ފަޅުތައް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރެވުނު ފަހުން މިވީ ދިހަ އަހަރުގެ ތެރޭގައި އެއިން ފަޅެއްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މިފަހުން އެ ތަނުގައި ވިލާ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ބައިސަން މޯލްޑިވްސްއާ ހަވާލުކުރި ނަމަވެސް އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނުވެ އެވެ.

އޭގެ ފަހުން އެ މަޝްރޫއު އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކޮށް، ވަނީ މަސައްކަތް ފަށައިފަ އެވެ. އެހެންނަމަވެސް ދިގުލައިގެން ގޮސްފައިވާ މަޝްރޫއުގެ މިހާތަނަށް ނިމިފައިވަނީ މޮކަޕް އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު ހާޒިރުކުރުމުން މިކަމާ ގުޅޭ ސުވާލު ފްލޯޓިން ސިޓީ މަޝްރޫއުގެ މަޝްވަރާތައް ފެށި ފަޅުތައް ދޫކުރި އިރު ވެސް ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އަސްލަމްއާ ވަނީ އަމާޒުކޮށްފަ އެވެ.

ސުވާލު ކުރަން ލިބުނު ފުރުސަތުގައި ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު ވަނީ އެ މަޝްރޫއަށް ކިތައް ފަޅު ދީފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެ މަސައްކަތް ދަނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ހަނދާނަށް އަންނަނި "އެއް ފަޅު ނޫނީ ދެ ފަޅު" ދެވިފައިވާ ކަމަށެވެ.

އެ ސުވާލަށް އެދެވޭ ޖަވާބެއް ނުލިބުމުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ވެސް އަބްދުލްމުގުނީ ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. މުގުނީ އެއްސެވީ ފްލޯޓިން ސިޓީ ހަދަން ދޫކުރި ކިތައް ފަޅު ހިއްކާފައިވޭތޯ އާއި އެ ތަންތަން ވިއްކައިގެން އާމްދަނީއެއް ލިބިފައިވޭތޯ އެވެ.

އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފްލޯޓިން ސިޓީއާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ތަފްސީލް ދެއްވުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އެކަމާ ގުޅޭ ވީހާ ވެސް ބޮޑު ތަފްސީލެއް ދެއްވުމަކީ ވަރަށް ބޮޑަށް އަޅުގަނޑު ހިތުން މި މަޖިލީހަށް ލިބޭނެ، ވަޒީރަށް އެނގިވަޑައިގަންނަވާނެ އެކަމާ ގުޅޭ އެންމެހާ ތަފްސީލު،" އަޑަށް ބާރު ލައްވައި ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތުގައި ބަޔަކު އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެންމެ ފުރަތަމަ އެކަން ކުރަން އޮތީ ފަޅު ހިިއްކައިގެން ކަމަށް ހަނދާނަށް ނާންނަ ކަމަށެވެ.

"މޮކަޕްއެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާ ހަވާލުކުރިކަން ދެނަހުރިން، ސީދާ މިނިސްޓްރީގެ ދަށުން މިހާރު ހިނގާ ޕްރޮޖެކްޓެއް ނޫން އެއީ، އެހެންވީމާ އޭގެ ހުރިހާ ތަފްސީލެއް އެންމެ އެކިއުރޭޓް ލެވެލްގައި ނޭނގިދާނެ،" އަސްލަމް ވިދާޅުވި އެވެ.

"ހުއްޓިފައި އޮތް ކަމަކަށް ނުދެންނެވޭނެ، އެކަމަކު ވަރަށް ދުވަސް ވެއްޖެ," އަސްލަމް ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަމުގައި ސޮއިކުރެވުނު އެއްބަސްވުމާއެކު، ޑަޗް ޑޮކްލޭންޑްސްއަށް މާލެ އަތޮޅުން ފަސް ފަޅެއް ވަނީ ދޫކުރެވުނެވެ. މި ފަޅުތައް އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވަނީ 27 ޖެނުއަރީ 2011 ގަ އެވެ.

އެހެންނަމަވެސް އޭގެ ތެރެއިން ދެ ފަޅު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުއްޔަށް ދީފަ އެވެ.

ޑަޗް ޑޮކްލޭންޑްސްއާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ 2021ގެ މާޗުގަ އެވެ. "ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަން ދީފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނޭނެ ކަން އިއުލާނު ކުރި އެވެ.

ފުރަތަމަ ތަރައްގީކުރާނެ ކަމަށް ބުނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox