ނީލަން ފިހާރަ ހިންގުމަށް އިންޑަސްޓިރިއަލް ޒޯނުން ބިމެއް ނުދިން

ނީލަންފިހާރަ ހިންގި ވިޔަފާރިވެރިން ސިޓީ ކައުންސިލާ ބައްދަލުކުރަނީ؛ އެމީހުން ވަނީ އެމަސައްކަތް ހުއްޓިފައިވާތީ ސިޓީ ކައުންސިލަށް ކަންބޮޑުވުންތައް ހިއްސާކޮށްފައި -- ފޮޓޯ: މާލެސިޓީ ކައުންސިލް

ނީލަންފިހާރަ ހިންގި ވިޔަފާރިވެރިން ސިޓީ ކައުންސިލާ ބައްދަލުކުރަނީ؛ އެމީހުން ވަނީ އެމަސައްކަތް ހުއްޓިފައިވާތީ ސިޓީ ކައުންސިލަށް ކަންބޮޑުވުންތައް ހިއްސާކޮށްފައި -- ފޮޓޯ: މާލެސިޓީ ކައުންސިލް

ނީލަން ފިހާރަތައް ހިންގުމަށް މާލޭ އިންްޑަސްޓްްރިއަލް ޒޯނު ސަރަހައްދުން ބިމެއް ހޯދުމަށް އެދުމުން އެކަމަށް ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިދިޔަ މަހުގެ ނުވަ ވަަނަ ދުވަހު ނީލަން ފިހާރަތައް ހިންގަމުން ދިޔަ ބިމުގައި އަލިފާން ރޯވެ އެނދައިގެން ދިޔަ ހާދިސާއަށް ފަހު މާލެ ސިޓީ ކައުންސިލުން ނިންމީ އިތުރަށް އެ ބިމުގައި ނީލަން ފިހާރަތައް ހިންގުމުގެ ހުއްދަ ނުދިނުމަށެވެ.

އިއްޔެ ނީލަންފިހާރަ ހިންގި ވިޔަފާރިވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަކީ އެފަދަ މަސައްކަތްތަކަށް ހާއްސަ ސަރަހައްދެއް ކަމަށާއި، އެތަނުގައި ނީލަން ފިހާރަ ހިންގުމުގެ ހުއްްދައަށް އެދުމުން ޕްލޭނިން މިނިސްޓްރީން ވަނީ އެކަމަށް އިންކާރުކޮށްފައި ކަމަށެވެ.

"މިގޮތަށް ދެންނެވުމުން [އިންޑަސްޓްރިއަލް ޒޯނުން ބިމެއް ހަމަޖައްސައިދިނުމަށް އެދުުމުން] އެކަމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ޖަވާބުދެއްވާފައިވޭ, އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫން ކަމަށްވެފައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ކަމަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ." ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މުއިއްޒު ވިދާޅުވީ، ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރިކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާ ކަމަށާއި، އެހެން ނަމަވެސް ނީލަން މުދާ ވިއްކާ ފަރާތްތަކުގެ އަޑުއަހައި ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނީލަން ފިހާރަތަކުގެ ވިޔަފާރިކުރި ފަރާތްތަކުން ވަނީ އަލިފާނުގެ ހާދިސާއަށް ފަހު ނީލަން ފިހާރަތައް އެ ސަރަހައްދުގައި ހިންގުމުގެ ހުއްދަ ނުދޭން ނިންމުމާ ގުޅިގެން އެމީހުން ކުރި ވިޔަފާރި ހުއްޓިފައިވާތީ އެ ކަންބޮޑުވުންްތައް ސިޓީ ކައުންސިލަށް ހިއްސާކޮށްފަ އެވެ.

2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބޭއްވި ކައުންސިލްގެ މި ދައުރުގެ 12 ވަނަ އާންމު ޖަލްސާގައި ނީލަން ފިހާރަތައް މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ނިންމާ އެކަން ސަރުކާރުގެ ރަސްމީ އިދާރާތަކަށް އެންގުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމި އެވެ.

އަލިފާނުގެ ހާދިސާގައި ނީލަން ފިހާރަ ހިންގި ބިމުގައި ހުރި ހުރިހާ މުދަލެއް އަނދައިގެން ދިޔަ އެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކެއް ވެސް އަނދާ ހުލިވެގެން ދިޔަ އެވެ.

ނީލަން ފިހާރައަކީ އެތައް ޒަމާނެއް ވަންދެން އެކި ކަހަލަ މުދާ ވިއްކަމުން ދިޔަ ބިމެކެވެ. އެތަނުގައި ދަގަނޑު، ލަކުޑި، ބޭނުންކޮށްފައި ހުންނަ ފަރުނީޗަރު ފަދަ ސާމާނު ވިއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox