އަހަރުގެ މިހާތަނަށް 267،502 ފަތުރުވެރިން، އެންމެ ކުރީގައި ރަޝިއާ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް އެއާޕޯޓުގައި؛ ފާއިތުވި ތިން އަހަރާ އަޅާކިޔާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 29 އިންސައްްތަ އިތުރު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް އެއާޕޯޓުގައި؛ ފާއިތުވި ތިން އަހަރާ އަޅާކިޔާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 29 އިންސައްްތަ އިތުރު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި އަހަރުގެ މިހާތަނަށް 267،502 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް މި މުއްދަތަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަަތްކޮށްފައި ވަނީ މި އަހަރު އެވެ. 2021 ވަނަ އަހަރުގެ މި މުއްދަތަށް 142،125 ފަތުރުވެރިން ޒިޔާތްކޮށްފައިވާާއިރު، މިދިޔަަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 206،181 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ އަޅާކިޔާއިރު މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ކުރީގައި އޮންނަ އެއް ގައުމު ކަމަށްވާ ޗައިނާ ހުޅުވާލައި، އެ ގައުމުން ސީދާ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަންް ފެށުމާ އެކު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ 10 ގައުމުގެ ލިސްޓުގެ އަށްވަނައިން ޖާގަ ހޯދާފަ އެވެ. މި ލިސްޓުގެ އެއްވަނާގައި އޮތީ ރަޝިއާ އެވެ. ރަޝިއާއިން މިހާތަނަށް 34،128 ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައި ވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަކީ:

  1. ރަޝިއާ
  2. އިންޑިއާ
  3. އިނގިރޭސިވިލާތް
  4. އިޓަލީ
  5. ޖާމަނީ
  6. ފްރާންސް
  7. ޔޫއެސްއޭ
  8. ޗައިނާ
  9. ސްވިޒިލެންޑް
  10. ޕޮލެންޑް

ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 59،924 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި 172 ރިސޯޓުގެ 41،945 އެނދާއި، 13 ހޮޓެލެއްގެ 1640 އެނދާއި، 883 ގެސްޓްހައުސްއެއްގެ 14،282 އެނދު އަދި 152 ސަފާރީއެއްގެ 2953 އެނދު ހިމެނެ އެވެ.

ރާއްޖޭގެ 116 ރަށެއްގައި ގެސްޓްހައުސް ހިންގަމުންދެ އެވެ. އެގޮތުން، އެންމެ ގިނައިން ގެސްޓްހައުސްތައް ހިންގަމުން އަންނަ އަތޮޅުތަކަކީ ކ، އއ، އދ އަދި ވ އަތޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox