ރާއްޖޭގެ 13 ރިސޯޓަކަށް ފޯބްސް ޓްރެވެލް ގައިޑުގެ ފަސްތަރި

ނިލަންދެ އަތޮޅު ދެކުނުބުރީގައި ދަ ސެއިންޓް ރެޖިސް މޯލްޑިވްސްއިން ހިންގަމުން އަންނަ ވޮއްމުލި ރިސޯޓު -- ފޮޓޯ: ބުކިން ޑޮޓްކޮމް

ނިލަންދެ އަތޮޅު ދެކުނުބުރީގައި ދަ ސެއިންޓް ރެޖިސް މޯލްޑިވްސްއިން ހިންގަމުން އަންނަ ވޮއްމުލި ރިސޯޓު -- ފޮޓޯ: ބުކިން ޑޮޓްކޮމް

ހިދުމަތާއި ވަސީލްތަކުގެ ފެންވަރު ވަޒަން ކުރުމަށްފަހު ފޯބްސް ޓްރެވެލް ގައިޑުންދޭ "ސްޓާ އެވާޑްސް" ގައި ރާއްޖޭގެ 13 ރިސޯޓަކަށް ފަސް ތަރީގެ ރޭޓިން ލިބިއްޖެ އެވެ.

މީގެ 65 އަހަރު ކުރިން މޮބިލް ގައިޑުގެ ނަމުގައި ދޭން ފެށި އެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެފަދަ އެންމެ ޝަރަފުވެރި އެވޯޑެވެ.

މިއަހަރުގެ ސްޓާ އެވޯޑުގައި ރާއްޖެއިން ފަސްތަރި ލިބިފައިވަނީ:

  1. ޗެވެލް ބްލެންކް
  2. ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް އެޓް ކުޑަ ހުރާ
  3. ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
  4. ޖޯލި ބީންގް
  5. ޖޯލި މޯލްޑިވްސް
  6. ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް
  7. ވަން އެންޑު އޮންލީ ރީތި ރަށް
  8. ޕެޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް
  9. ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑް
  10. ސޮނޭވާ ޖާނީ
  11. ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  12. ވެލާ ޕްރައިވެޓް އައިލެންޑް
  13. ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

އޭގެ ތެރެއިން ޖޯލި ބީންގް އާއި ޕެޓީނާ މޯލްޑިވްސް އާއި ފަރި އައިލެންޑްސް އާއި ދަ ރިޓްޒް ކާލްޓަން މޯލްޑިވްސްގެ އިތުރުން ސޮނޭވާ ޖާނީއަކީ މިއަހަރު އަލަށް ފަސްތަރި ލިބުނު ރިސޯޓުތަކެވެ.

އެ ގައިޑުގެ ހަތަރު ތަރީގެ ރޭޓިން ރާއްޖޭގެ ހަ ރިސޯޓަކަށް ލިބިފައިވެ އެވެ. އަދި ރިކޮމެންޑެޑް ރޭޓިން ލިބިފައިވަނީ ރާއްޖޭގެ ތިން ރިސޯޓަށެވެ.

އެމެރިކާގެ އެންމެ ދުވަސްވީ ޓްރެވެލް ގައިޑު، ފޯބްސް ޓްރެވެލް ގައިޑުގެ މުވައްޒަފުން ކޮންމެ އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅަށް ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރެ އެވެ. އެ ދަތުރުތަކުގައި އެކި ހޮޓާތަކުގައި އެމީހުން ތިން ދުވަހާއި ދެ ރޭ ހޭދަ ކުރެ އެވެ. ރޭޓިންއެއް ކަނޑައަޅަނީ އެ މުއްދަތުގެ ތެރޭގައި 900 އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ހަދާ އިވެލުއޭޝަންއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ އެތަންތަނުން ފޯރުކޮށްދޭ ހިދުމަތަށްދޭ 75 ޕަސެންޓާއި ތަނުގެ ވަސީލަތްތަކަށްދޭ 25 ޕަސެންޓެވެ.

މިއަހަރުގެ ސްޓާ އެވޯޑުގެ ފަސްތަރި ރާއްޖޭގެ 13 ރިސޯޓަކަށް ލިބުނުއިރު، މިދިޔަ އަހަރު ރާއްޖޭން ވަނީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަނުގެ މަގާމު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައި އެ އެވޯޑު މިލްކުކޮށްފަ އެވެ.

ކޮވިޑުގެ ބަލިމަޑުމަކަށްފަހު ރާއްޖޭގެ ފަތުރުވެރިމަށް އަނެއްކާވެސް ދިރުން އައިސްފައި ވާއިރު، މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓަރީން ވަނީ އަމާޒު ހިފައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox