އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:02 ހާއިރު ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން އައްޑޫގައި ސިލްސިލާ ގޮތެއްގައި މާރާމާރީތަކެއް ހިންގައިފައި އެވެ.














